ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތުގެ ގައުމީ ދިރާސާއެއް ކުރިއަށްގެންދިއުމަށް އޭސީސީއިން ވިލާ ކޮލެޖާއެކު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެކަމަށް ޚާއްޞަކޮށްގެން އޭސީސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނެގަތުމުގެ ގޮތުން ދިވެހިރާއްޖޭގައި ކުރެވޭ ފުރަތަމަ ދިރާސާގެ މަސައްކަތުގެ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ޑިރެކްޓަރު ޑރ. އަހްމަދު އަންވަރުއެވެ. އަދި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ސެކްރެޓަރީ ޖެނަރަލް މުޙައްމަދު ސަލީމް އެވެ.

އޭސީސީއިން ބުނީ އެ ދިރާސާއަކީ ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ދެނަގަތުމުގެ އިތުރަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި ކޮރަޕްޝަންގެ ޓްރެންޑާއި އެކަމާ ގުޅުންހުރި ކަންކަން ދެނެގަނެ އިތުރަށް ދިރާސާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ ދިރާސާއެއް ކަމަށެވެ.

އެރަސްމިއްޔާތުގައި އޭސީސީގެ މެންބަރު ޝިޔާމާ މުހައްމަދު ދެއްކެވި ވާހަކަފުޅުގައި ތޯތޯ ވާހަކަތަކުގެ މައްޗަށް ބުރަވުމުގެ ސަޤާފަތް ދޫކޮށްލައި ޢިލްމީ ހަޤީޤަތާ އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ކަމުގައި ވިދާޅުވިއެވެ.

"އެއްމަގުން ކަންކުރާން ނުތިބެ ހުރިހައި ދިމާލެއްގެ ހިންގުން ދީލާލާން ވަނީ ޖެހިފައި. މިއަދު މި ފެށުނު މަސައްކަތާއެކު ހެދިގެންދާ ދިރާސާގެ އަލީގައި ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތަކީ "އެވިޑެންސް ބޭސްޑް" މަސައްކަތަކަށް ހެދުމަށް އޭސީސީގެ ހިންގުން ބައްޓަންކުރާނަން." ޝިޔާމާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ޑިރެކްޓަރު ޑރ. އަހްމަދު އަންވަރު ވިދާޅުވީ ކޮރަޕްޝަން ފަދަ ނޭދެވޭ ކަންކަން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި އާންމުން ބައިވެރިކޮށް އެމީހުންގެ ޚިޔާލު ހޯދުމަކީ މުހިއްމުކަމެއްކަމަށާއި، އެފަދަ ދިރާސާއެއް ކުރިއަށްގެންދިއުމުގައި ބައިވެރިވެވުމަކީ ވިލާކޮލެޖުގެ ރިސާޗްގެ މަސައްކަތްތަކަށްވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.

އެ ރަސްމިއްޔާތުގައި އޭސީސީގެ މެންބަރުންނާއި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ އިތުރުން ވިލާ ކޮލެޖްގެ ބައެއް އިސްފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޑރ އަންވަރުވެސް ވަގުންނާއި އެކު މޮޅަށް ވައްކަން ކުރަން ދިރާސާވެސް ހަދަން ފެށީތޯ ؟

  2. ޙަނދުކޭތަ

    ކޮރަޕްޝަނާ މެދު ދެކޭގޮތް މަބުނެދީފާނަން އެހެން ސަރުކާރެއް އޮތިއްޔާ އެއި ކޮރަޕްޝަން އެމްޑީޕީ ވެރިކަމުގަ އޮތިއްޔާ ހަލާލު މީ ތިތާގަތިބޭ ވެރިންގެ ވެސް ވިސްނުން ރަތްލާޖެހި އެމްޑިޕީ މީހުންގެ ވެސް ވިސްނުން ސާފުވެއްޖެތަ ރައްޔެތުންގެ ހިޔާލު ހޯދާނެކަމެއް ނެތް ދެން

  3. ކެހުރި

    ކޮރަޕްޝަނަކީ ވަރަށް ޕޮރޮފެޝަނަލް ސަރުކާރުގެ އެންމެ މަތީ ފަނޑީގެ ބޭފުޅުންނަށް ޙާއްސަކުރެވިފައިވާ ޝަރަފުވެރި އެފަދަ މީހުންގެ މެދުގައި މަގްބޫލުވެފައިވާ ކުރަން ކޮންމެހެންޖެހޭ ފައިދާހުރި މަސައްކަތެކެވެ. މަޖްލިސް މެމްބަރުން ހިމެނޭހެން. އެމީހުންނަށް ނޭނގި އާދައިގެ މުވައްޒަފެއް އެކަމެއް ކޮށްފިނަމަ ޤާނޫނު އެމީހަކާއަރާ ހަމަކުރުވަން ދައުލަތުން ޚާއްޞަ ޕީޖީ ޝަމީމުކިޔާ މީހަކު ހުންނާނެ. މިސާލު އެމްޕީއެލްގެ ތެޔޮ ވައްކަން. ވެންޓިލޭޓަރުގެ ވައްކަން، އޮކްސިޖަންފުޅީގެ ވައްކަން މިހެންގޮސް ކިތައްމެ ދުރަކަށްވެސް ދެވިދާނެ.

  4. ަސސސ

    މިގައުމުގަ ކުރަންޖެހޭ މުހިއްމަ ޤައުމީ މަޝްރޫއެއް.

  5. ޢަޒްރާ

    ދިރާސާ ކުރިވަރަކަށް ޤާސިމް ދާނީ ކޮރަޕްޝަން އުފައްދަމުން