ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) އަކީ ވައްކަން ކުރައްވައިގެން ހުންނެވި ބޭފުޅެއް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވުމުން، އޭގެ ދެ ބޭފުޅުންގެ ބޮޑު ކޯޅުމެއް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގައިފިއެވެ.

ފަނޑިޔާރުންގެ ގާނޫނަށް މިއަދު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހަށް ބަހުސް ކުރައްވަމުން ޖާބިރު ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ މަންފާ ލިބިފައިވާ 16 މެންބަރުން މަޖިލީހުގައި އެބަތިބި ކަމަށާއި އެހެންވެ، އެ ބަލި އޭނާގެ ގަޔަށް އަރާފާނެތީ ބިރުގަންނަ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް ހޮވިފައި މިތިބަ އިއްޒަތްތެރި ބޭފުޅުން ވައްކަން ކޮށްގެން ތިބެންޏާ ދެން ކޮން ކޯޓެއްގެ ވާހަކަ މިތާ ދައްކަންވީ. ކޯޓަށް މީހުން ކަނޑައަޅަނީ މިތަނުން ވިޔަ. މިތާ ތިބެގެން 16 ވަގުންގެ ވޯޓާއެއްކޮށް މިތާ އެއްވެސް ކަމެއް ނުހިނގާނޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އެބަޖެހޭ ވިދާޅުވާން. ވަގުންގެ ލިސްޓަކީ ކޮބައިތޯއޭ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހިޔާނާތުގެ މަންފާ ލިބުނު މެންބަރުންގެ ތެރޭގައި އައްޑު އަތޮޅު މެންބަރު ޝަރީފް ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި، އެއީ ލަދެއް ކަމަށް ބުނެ ވަނީ ފާޑު ވިދާޅުވެފައެވެ.

ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލީސް
ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލީސް

"އައްޑު އަތޮޅު މެންބަރު ޝަރީފް 88 މިލިއަން ވިއްޔާ ނެގީ. އެއީ ދެން ތަންކޮޅެއް ބޮޑުވަރެއް ނޫންތޯ. ކުލި ނުދެއްކިގެން މީހުން މިއުޅެނީ. 88 މިލިއަން ރުފިޔާ." އޭނާ ވިދާޅުވިއެވެ.

ޖާބިރުގެ ވާހަކައިގެ އެހިސާބުން މަޖިލީހުގެ ރިޔާސަތުގައި އިންނަވާ ރައީސް މުހައްމަދު ނަޝީދު ވަނީ އެވާހަކަ ހުއްޓުވާފައެވެ. އަދި، މަޖިލީހުގެ މެންބަރުންނާއި މުހާތަބު ކުރާއިރު އެކަން ކުރަން އޮންނަ ގަވާއިދުގެ ތެރެއިން މުހާތަބު ކުރުމަށް ވަނީ ނަސޭހަތް ދެއްވާފައެވެ. އަދި، މެންބަރުންނަށް ވައްކަމުގެ ތުހުމަތު ނުކުރެއްވުމަށް ވެސް އެމަނިކުފާނު އެންގެވިއެވެ.

އެއަށްފަހުގައި ޖާބިރު ވަނީ މަވޯޓާ އޭނާގެ ގެ ހަދާފައިވަނީ ވެސް ވަގު ލާރިން ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި، އެވަރަށް ވައްކަން ކުރެއްވުމުން ނަމުގެ ކުރިޔަށް އިއްޒަތްތެރިއޭ ނުކިޔޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ މަރަދޫ ރައްޔިތުން ވެއްޖެ އެއްނުން ޝަރީފް މިތަނުން ބޭރުކުރަން. 16 މެންބަރުން ބޭރުކޮށްގެން ނޫނީ އަޅުގަނޑަކަށް ދެން މިތާކަށް ނާދެވޭނެ. އަޅުގަނޑު ދެން ދަނީ" ޖާބިރު ވިދާޅުވިއެވެ.

އެއަށްފަހުގައި އޭނާ މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަންނަވަން އުޅުން އަނެއްކާވެސް ރިޔާސަތުން ވަނީ އެގޮތަށް ކުއްލިއަކަށް ވާހަކައިގެ ތެރެއިން ތަޅުން ދޫކޮށް ނުދެވޭނެ ކަމަށް ވިދާޅުވެ، އެކަން ހުއްޓުވާފައެވެ.

އެއަށްފަހުގައި ދެވަނަ ފަހަރަށް ޖާބިރު ވާހަކަދައްކަވަން ފެއްޓެވުމާއެކު މަވޯޓާ ވަނީ ނިޒާމީ ނުކުތާ ނަންގަވާ ޖާބިރަށް ނިސްބަތްކޮށް ލިވާތު ކުރާ ކަމުގެ ތުހުމަތު ކުރައްވާފައެވެ.

"ރާއްޖޭގައި އުފެދުނު ފުރަތަމަ އަލަމްގީރް. ދިވެހި ރާއްޖެއިން ވައްކަން ކޮށްގެން މި މަޖިލީހުގައި މިހާރު އަރުވާލާފައި ހުރި ހަމައެކަނި އިއްޒަތްތެރި މެންބަރު. އަރިއަތޮޅަށް އަރުވާލާފައި ހުރި އިއްޒަތްތެރި މެންބަރު" ޖާބިރަށް ނިސްބަތްކޮށް މަވޯޓާ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) – ފޮޓޯ: މަޖިލިސް

އެއާއެކު ބަހުސް ކުރިޔަށް ގެންދަވަމުން ޖާބިރު ވިދާޅުވީ ވައްކަން ކުރީމާ ވާނީ ވަގަކަށް ކަމަށެވެ. އަދި، ޝަރީފަށް ވަގަށް ގޮވަނީ އޭނާ ކަމެއް ނުކުރައްވާ ހުންނަވަނިކޮށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކިތަންމެ ބާރަށް ވިދާޅުވިޔަސް ޝަރީފަކީ ވަގެއް ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.

އެހެންވެ، ކޯފާ އިސްކުރައްވާ، ނިޒާމީ ނުކުތާއެއް ނަންގަވާ މަވޯޓާ ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު ވަގަކީ ޖާބިރު ކަމަށެވެ. އެއަށްފަހުގައި އަނެއްކާވެސް އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތު ކުރެއްވުމުން ރިޔާސަތުން ވަނީ އެކަން ހުއްޓުވާފައެވެ.

"ދިވެހިރާއްޖޭގައި ހުރި އެންމެ ބޮޑު ވަގު. އިޓަލީ ފިރިހެނަކާ ހިތާ ވެގެން އިޓަލީއަށް ދިޔަ ވަގު" ޖާބިރަށް ނިސްބަތްކޮށް މަވޯޓާ ޝަރީފް ތުހުމަތު ކުރެއްވިއެވެ.

ދެ ބޭފުޅުންގެ ތުހުމަތުތަކާއި ގުޅިގެން ރިޔާސަތުން ވަނީ އެފަދަ ތުހުމަތުތައް ނުކުރުމަށް އަންގަވާފައެވެ. އަދި، ހުތުރު ތުހުމަތުތައް ކުރައްވާނަމަ މަޖިލީހުގެ ތަޅުން ދޫކޮށް ވަޑައިގަންނަވަން ޖެހޭނެ ކަމަށް ވެސް ރިޔާސަތުގައި އިންނަވާ ރައީސް ނަޝީދު ވަނީ އިންޒާރު ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ހަސަނާ

    ދެމީހުންނަކީވެސް އެމްޑިޕީ ފިކުރުގެ މީހުން! އެކައަނެކަށްވަގަށް! ކޮންމެވެސްކަމެއް ިބަވޭ! މާތްﷲ ހައްޤު ދަމަހައްޓަވާނެ ބާތިލް ނެތި ކުރައްވާނެ!

    26
  2. ސަމްކުޅިބޭ

    މަޖިލީހުގެ ރިޔާސަތުގައި އެއިންނަނީވެސް ވައްކަންކުރިކަންސާބިތުވެ ރ.އަނގޮޅިތީމަށް އަރުވާލިމީހެއް. އެމީހާގެ ވާހަކަ ނުދައްކަނީ ކީއްވެބާ؟

    28
    2
  3. ހަސަނު

    ފަޅުރަށަކަށް ގޮސް ތިޔަމަޖުލިސްކުރޭ. ޓީވީން ލައިވްވެސް ކޮށްގެންނުވާނެ. މުޅި މިޖީލު ހަލާކުކޮށްލައިފި ގޮތެއްފޮތެތްނެތްބަޔަކު ތިޔަމަޖުލީހޭކިޔާތަނަކަށް އައިފަހުން.

    27
    2
  4. އަބްދޫ

    ވައްކަމަކީ އިސްލާމްދީނުގަ ހައްދުކަނޑައެޅިފައިވާ ކުސެއްް. ގާނޫނުއަސާސީގަ ވަނީ އިސްލާމްދީނުގަ ހައްދު ކަނޑައެޅިފައިވާކުށެއް ސަރިއަތަށް ސާބިތުވެފައިވާ މީހަކަށް ރިޔާސީ ކެންޑިޑޭޓަކަށް ނުވެވޭނެ ކަމަށް. ނަމަވެސް ގ.ކެނެރިގެ މުހަންމަދު ނަސީދު އަށް ވައްކަމުގެ ހުކުމެއް ކޮށް އެ ހުކުމް ތަންފީޒު ކުރެވިފަ ވަނިކޮށް ސްޕްރީމްކޯޓުން ހުކުމެއްނެރެ ރިޔާސީ ކެންޑިޑޭޓަކަށް ނަސީދު ހަދާފައިވޭ. ވީމާ ޖާބިރު ގެ މައްސަލައެއް އޮތަސް ޖާބިރަށް ވެސް ކެންޑިޑޭޓަކަށް ވެވެންޖެހޭނެ. ދިވެހިރާއްޖޭގެ ގާނޫނުއަސާސިއަކީ ސިޔާސީމީހުންއަމަލުކުރުންލާޒިމް ދުސްތޫރަކަށް ނުވާހިސާބަށް ކަންކަން ވަނީ ގޮއްސަ.

    15
    • ޗާބީ

      ސިއްރުބކުރަން އުޅުނަސް އިބޫ އަކީވެސް ރާބޮއިގެން ހައްދު ޖަހައި އަރުވާލެވިފައިވާ މީހެއް. އިބޫއަށް ކެންޑިޑޭޓް ހުއްދަކުރި ޝަރީފުގެ މައްޗަށްވެސް ދަޢުވާ ކުރެވެންވާނެ. ޞައްޙަ ކެންޑިޑޭޓެއްބާ އިބޫއަކީ

  5. މުދިމު

    ނަޝީދު މެން ގެނައި ޑިމޮކްރެސީ މީ އެޅުންގަނޑެއް ނޫންތަ އަޅެފަހެ ؟ މީ ރައްޔިތުންގެ މަޖްލީހޯ ! އަދި އެބަބުނޭ ދެން ރަނގަޅުވާނީ ބަރުލަމާނީ ނިޒާމު ގެނައިމަޔޯ .

  6. ފާތި

    ބައެއްމެމްބަރުން އުޅުއްވާ ގޮތުން ވަރަށް ފޫހިވޭ.. ކުޑަކުދިންނޫނީއާއިލާގެހަރު މީހުން ސިޓިންގްރޫމް ގަ ތިބޭ ވަގުތެއްގައި ޗެނަލް ބަދަލު ކުރަމުން ދަނިކޮށްވެސް މަޖްލިސް ލައިވް އަށް އެޅުވިއްޖިއްޔާ އިވޭނެ އަޑަކާ ދޭތެރެ ޖެހިލުންވެ ބިރުގަނޭ. ތި ނަމުން އިއްޒަތްތެރި ބޭފުޅުން ހޮއްވަވާ ދެއްވާފައިވާ ލޮބުވެތި ނިކަމެތި ރައްޔިތުންގެ ހައްޤުގާ ވެސް ތަންކޮޅެއް ރަގަޅު ބަސްމަގުބޭނުންކުރައްވާ އަޚްލާޤީ ފެންވަރާ ދޭތެރޭ ވިސްނާލެއްވުން ރަގަޅުވާނެ.

    6
    1
  7. Anonymous

    ވަގުންތިބި މަޖިލިހަކުން ދެންކޮން އަދުލު އިންސާފެއްތޯ ޤާއިމު ކުރެވޭނީ، ފުރަތައިނުންވެސް މިތަން ސާފުކުރަންވީ އޭރުން އަދުލު އިންސާފު ލިބޭނީ ، އެމީހުން އެކަކު އަނެކަކަށްވެސް އެގޮވަނީ ވަގު !

  8. ޑައެލޯގް

    މިއީ އެމްޑީޕީ ދިވެހިރައްޔިތުންނަށް ކޮށްދީފައިވާކަމެކެވެ. ފިތުނައާއި އަވަގުރާނަގޮވުމާއި ހަޅޭއްލެވުމާއި، އަލިފާންބޯޅައުކުމާއި ތަންތާހުޅުޖެހުމާއި، ޓުވަރިޒަމް ބޯއިކަޓްކުރުމާއި ލިވާތުކުރުމާއި ހޯރައިއްބެ ދޫކުރުމާއި، ރޭޕްކުރުމާއި، މިކަހަލަ ތަރައްގީތައްވަނީ އެމްޑީޕީ ގެނެސްދީފައެވެ.

  9. Anonymous

    ވަގުންގެ ޖަގަހައިން މިއަދުވެސް އެކަކު އަނެކަކަށް ވަގަށްގޮވީ !

  10. ހުދުކާޅު

    އަދި، މަޖިލީހުގެ މެންބަރުންނާއި މުހާތަބު ކުރާއިރު އެކަން ކުރަން އޮންނަ ގަވާއިދުގެ ތެރެއިން މުހާތަބު ކުރުމަށް ވަނީ ނަސޭހަތް ދެއްވާފައެވެ. ކިޔަންވީ "ޢިއްޒަތްތެރި ވަގު މަރަދޫ ދާއިރާގެ މެމްބަރ" މިގޮތަށް.

    އަދި، މެންބަރުންނަށް ވައްކަމުގެ ތުހުމަތު ނުކުރެއްވުމަށް ވެސް އެމަނިކުފާނު އެންގެވިއެވެ. +++ އެހެންނުންވާނީ؛؛؛ އެތާ ތިބީ އަދީބު ކުޅިން ވައްކަން ކޮށްގެން ތިބި މީހުން ވިއްޔަ. ވައްކަންކުރި ތުހުމަތުން ބަރީއަވާން ވައްކަން ކުރިމީހުންގެ ނަންތައް ސިއްރުކޮށްގެން ބޮޑު ގޮނޑީގަ އިނީވެސް ވަގު ވިއްޔަ. ތުހުމަތު ކޮށްގެން ނުވާނެއެއްނު.

  11. ސަނީމް

    މިފަދަ ނުބައި އަނގަތައް އެބަޖެހޭ މަޖިލީހުން ނައްތާލަން. ކިހާބޮޑު ބަލާވެރިކަމެއް ދެންމީ. މަޖިލީހަށް ހޮވީކީ ކަލޭމެންގެ ޒާތީ ވާހަކަތައް ދައްކާކަށެއްނޫނޭ ހޭބަލިވެފަ ތިތިބެނީ. ނެގި ހުރިހާ މުސާރައެއް މިމީހުން އަތުން އަތުލުމަށް ގޮވާލަން. މިހެން ރައްޔިތުންގެ ލާރީ ބޭކާރުކުރާކަށެއް ދުލެއްނުކުރެވޭނެ.