ފ. އަތޮޅު ހޮސްޕިޓަލް ތަަރައްގީ ކުރަން ބަޔަކާއި، ހަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު މެންދުރު ފަހު ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެެވެ. އެގޮތުން ފ. ނިލަންދޫ އަތޮޅު ހޮސްޕިޓަލްގައި ސެންޓްރަލް އޮކްސިޖަން، މެޑިކަލް ކެއަރ، އަދި ވެކިއުމް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވެއެވެ.

އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ މެޑްލޭންޑް ޕްރައިވެޓް ލިމިޓެޑާއި އެވެ.

އޭގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދެ މިލިއަން ދެ ލައްކަ ރުފިޔާއެވެ.

އެ މަސައްކަތް ކުރުމަށް އެ ކުންފުންޏަށް ދީފައި ވަނީ 150 ދުވަހުގެ މުއްދަތެކެވެ.

އޭގެ އިތުރުން ވަށަފަރު ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، ވަށާފާރު ރޭނުގެ މަސައްކަތް ކުރުމަށް ވަނީ ސަމާޒް މޯލްޑިވްސް އާ ހަވާލުކޮށްފައެެވެ. 150 ދުވަސް ތެރޭގައި ނިންމާ ގޮތަށް އެ ކުންފުންޏާއި މި މަޝްރޫއުގެ މަސައްކަތަށް އެއް މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބުނެފައެވެ.