ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީގެ ހުޅުމީދޫއަށް ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.

މެޓް އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ 20 ސަރަހަށްދަކަށް ވާރޭވެހިފައިވާ މިންވަރުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

މެޓް އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ 11 ސަރަހަށްދަކަށް ވާރޭވެހިފައިވާ މިންވަރުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.

އެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫ ހުޅުމީދޫ އަށެވެ. އެއީ58.9 މިލިމީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ލ. ކަލައިދޫ އަށެވެ. އެއީ 51.4 މިލިމީޓަރުގެ ވާރޭ އެވެ. އެ ލިސްޓުގެ ތިންވަނައިގައި އޮތީ އދ. މާމިގިލި އެވެ. އެ ރަށަށް 48 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފަ އެވެ.

ސައުވީސް ގަޑިއިރު ތެރޭގައި ބައެއް ރަށްތަކަށް ވާރޭ ވެހިފައިވާ މިންވަރު:

  • ވ. ރަކީދޫ - 46 މިލިމީޓަރު
  • ރ. އަލިފުށި - 46.5 މިލިމީޓަރު
  • ރ. ދުއާފަރު - 42.1 މިލިމީޓަރު
  • ށ. ކޮމަންޑޫ - 38.7 މިލިމީޓަރު
  • ހުޅުލެ - 37 މިލިމީޓަރު
  • ފުވައްމުލަކު ސިޓީ - 27.5
  • ސ. ގަން - 22.9

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް ތިން ދުވަހު މުޅި ރާއްޖެއަށް ވިއްސާރަ ވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.

ވިއްސާރައިގައި ލިބިދާނެ ގެއްލުންތައް ކުރިއާލައި ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެ އެވެ. އަދި ކަނޑު ދަތުރުކުރާ ފަރާތްތަކުން ވެސް މޫސުމަށް ބެލުމަށް އިލްތިމާސް ކުރެ އެވެ.