މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި މަޝްހޫރު އިލްމުވެރިޔާ މުފްތީ މެންކުގެ ދަރުސް ބާއްވާ ވަގުތާއި ދިމާކޮށް ހުޅުމާލޭގައި ބާއްވަން ނިންމި މިއުޒިކް ޝޯ ފަސްކޮށްފިއެވެ.

މުފްތީ މެންކުގެ ދަރުސް ބާއްވާ ރޭ "ޗަނާޗާ" ގެ ނަމުގައި ބާއްވަން ތާވަލުކޮށްފައި އޮތް ބޮޑު މިއުޒިކް އިވެންޓް މި މަހުގެ 29 އަށް ފަސްކޮށްފައިވާކަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

ބައިސްކޯފުން އިންތިޒާމު ކޮށްގެން ޔޫތު މިނިސްޓްރީއާއި ވެސް ގުޅިގެން ބާއްވާ މި އިވެންޓް ފަސްކުރުމާ ބެހޭ ގޮތުން ބައިސްކޯފުން ބުނީ ވަރަށް ދުރާލައި "ޗަނާޗާ" އަށް ތައްޔާރުވެ، މި މަހުގެ 28 ގައި އިވެންޓް ބާއްވަން ނިންމި ނަމަވެސް ހަމަ އެ ތާރީހުގައި ހުޅުމާލޭގައި އެހެން އިވެންޓެއް ބާއްވަން އުޅޭކަން ސަމާލު ކަމަށް އައިސްފައިވާތީ މިއުޒިކް ޝޯ 29 އަށް ފަސްކުރީ ކަމަށެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ މިއުޒިކީ ފަންނާނުންނާއި ބޭންޑްތަކުގެ ހުށަހެޅުންތައް ފެނިގެންދާނެ "ޗަނާޗާ" ބާއްވަން ހަމަޖެހިފައި އޮތީ ހުޅުމާލޭގެ ސްޓޭޑިއަމްގަ އެވެ. ޝޯ ދެ ދަންފަޅިއަކަށް ގެންދާނެ އެވެ. އެއީ ހަވީރު 4:00 އިން 6:00 އަށް ރޭގަނޑު 8:00 އިން 12:00 އަށެވެ. މި އިވެންޓްގައި ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑި ސިލްވާ ވެސް ޕަފޯމްކުރާނެ އެވެ.

މިއުޒިކް ޝޯ ފަސް މިކުރީ މުފްތީ މެންކުގެ ދަރުހާއި ދިމާކޮށް މިއުޒިކް ޝޯއެއް ބާއްވާތީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އޮކްޓޯބަރ މަހުގެ 28 އިން 31 އަށެވެ. މި ދަތުރުފުޅުގައި އޭނާ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ކޮސް މާހޭ

    މިއުޒިކަކީ ހަރާމް އެއްޗެއް. މުޅި މިގައުމުގައި މިއުޒިކް މަނާ ކުރަން ޖެހޭ. މި ލާދީނީ ސަރުކާރާއި ހެދި ދީނަށް ނިކަމެތިކަން ލިބިއްޖެ. ގައުމު ދަރާ ވިކިއްޖެ. 2023 ގައި މިމީހުން ބޭރުކުރަން ޖެހޭ

    44
    9
    • މޮޔަ

      މޮޔަޔާ މިސަރުކާރޭ ކިޔާއިރު ކުރީގެ ކަލޭ ހިތާވި ޔާމީނުގެ ސަރުކާރުން މިޔުޒިކު ކުޅުން އޯކޭ ކަމަށް ހެދިގެން އުޅެފަ މިހާރު ތިގޮވަނީ ………

      8
      22
      • ގަމާރު

        މިހަރަ ކުރޮޅި ލާދީނީ ރީދޫހުމާ ކުރީ ސަރުކާރުން ކުރިޔަސް ގޯސްކަމެއްވާނީ ގޯސްކަމަކަށް ރައްޔިތުން ބަދަލްކުރީ ކަމުނުދާތީ އެއަސްވުރެ ހުރިހާކަމެއް ހައްދުންނެއްޓިފަ އެއްވެއް ހައްދެއް އިމެއްނެތި މުންކަރާތްތަކާ ފާޅުގަ ދީނާ ﷲ ރަސޫލާ އަށް ފުރައްސާރަކުރުމާ ފަޅުގަ ޒިނެކުރުމާ މަސްތުވާތަކެތި ހައްދުން ނެއްޓިފަ ލިވާތު ކުޅި ފާޅުގަ ކުރުން އާންމުވެފަ މިސަރުކާރުގެ އަނެއްދިވެހިރާޖޭގެ ދަތުރު ބާރު ސްޕީޑްގަ މިދަނީ

        14
        2
  2. ޖާހިއްލޯ

    ޔޫތު މިނިސްޓުރީގަ އުޅޭ މަކްރޫފް، ދީނީ އިލްވެރިންނަށާއި އިސްލާމްދީނަށް ޖެއްސުންކުރުމުގެ ސިލްސިލާ ތަކުގެ ތެރެއިން ރޭވިގެންދާ ކަމެއް. ޔޫތުން މިކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމުކަމެއް. މިގޮތަށް ރައްޔިތުންނަށް ޖެއްސުން ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

    38
    4
    • ޖާހިލު

      ބަލަ އިސްލާމިކް މިނިސްޓްރީން އުޅެނީ މެންކުގެ ކަންތަކާ. ނާޗަރަންގީ އާ ހެދި އުޅެނީ އަމިއްލަ ބަޔަކު. ހޭބަލި ވިޔަސް ބޮޑު ވަރު.

      7
      3
      • ޖާހިލު 2

        ޔޫތުންމިނިސްޓުރީ އާއި ގުޅިގެން ކުރާކަމެކޭނޫންތަ އެ އޮތީ ލިޔެފަ

  3. ކޮރަލް

    މިއީ އަލަށް ވާކަމެއް ނޫނެވެ. ބައެއް ފަހަރު ކަރަންޓް ކެނޑީފަ ވެސް އެބަ ހުއްޓެވެ.

  4. ޖައިލާން

    މިއުޒިކު ހަރާން ކުރަނީ ވިސްނުމެއްނެތް ބަޔަކު އަމިއްލަށް ބޮޑޭވާންވެގެން. ސާފު ދަލީލެއް އޮވެގެނެއްނޫން. ދީނީގޮތުން ރަނގަޅު ތައުލީމެއް ލިބިފައިވާ މީހަކު އެހެނެއްނުބުނޭ. މިއުޒިކު ކުޅުމުގައި ދީނާއި ޚިލާފުކަންކަން ކޮށްގެނެއްނުވާނެ.

    6
    20
  5. ޖައިފަރު

    މިއީ މަހްލޫޕް ނުމޭއިރު ދަރިފުޅު ޕްރޮމޯޓްކުރަން ވީޑިއޯވެސް ހަދާފަ ނިންމާލާނީ

    13
  6. ހޮނޮލޫ

    ޔާމީނު ވެސް ބެލެންސު ކުރީ ހަމަ މިގޮތަށް. އެއްރޭ ގުރުއާން މުބާރާތް. އަނެއް ރޭ މޯލްޑިވިއަން އައިޑަލް. ސޭހުންތައް ތިބީ ހަމަ ސޮނިވެއްޓިފަ

    3
    4
  7. Anonymous

    ތީ އެންމެ ރަނގަޅެއް ނޫން. މިފަހަރު މިއުޒިކް ޝޯ ބައްވާއިރު އެންމެންގެ ނަބިއްޔާ ދިފާއުގައި ދެކޮޅަށް މުޒާހަރާ ކުރަންވީ ހަމަ ޔޯގާއެއްގެ ގޮތަށް

    4
    2
  8. މުހައްމަދު

    ތިއެއް ރަނގަޅު ނޫން، އެންމެން މިއުޒިކް ޝޯ ބައްވާއިރު އެންމެންގެ ނަބިއްޔާގެ ދިފާއުގައި ދެކޮޅަށް މުޒަހަރާ ކުރަންވީ

  9. Anonymous

    ކޮންމެ ތާކު ކޮންމެ މީހަކު ކޮންމެ ވާހަކައެއް ދެއްކިއަސް ޙަރާމްކަމެއް ވާނީ ހަރާމްކަމަކަށް. މިއުޒިކަކީ ޤުރުއާނާއި ސުންނަތުގައި ޙަރާމްކުރައްވާފައިވާ ކަމެއް