މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އިސްލާމް ދީނުގެ ސައްހަ މައުލޫމާތާއި ދީނީ އިލްމު ފެތުރުއްވުމުގައި މުފްތީ މެންކް އަދާ ކުރައްވާ މުހިންމު ދައުރު ފާހަގަ ކުރައްވައި ތައުރީފް ކުރައްވައިފައެވެ.

އަދި މުފްތީ މެންކަކީ ދިވެހިން ވަރަށް ބޮޑު އިހްތިރާމެއް ލިބިވަޑައިގަންނަވާފައިވާ ބޭފުޅެއް ކަމާ އަދި އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިން ވަރަށް އުންމީދު ކުރަމުން އައި ދަތުރުފުޅެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މުފްތީ މެންކުގެ ދަރުސްތަކުގައި މިހާރުގެ މުޖުތަމައުގައި ހުންނަ މުހިންމު މައްސަލަތަކަށް އަލިއަޅުވާލައްވާއިރު އެވާހަކަތައް ފަސޭހައިން ފަހުމުވާނެފަދަ ގޮތަކަށް ދަރުސް ކުރިޔަށް ގެންދަވާތީ އެކަމަށް ތައުރީފު ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން މުފްތީ މެންކް ވަނީ އެމަނިކުފާނު ކުރިޔަށް ގެންދަވާ ސިލްސިލާ ދަރުސްތަކާއި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއެކު ބޭއްވެވި ބައްދަލުވުންތަކާއި އަދި އެމަނިކުފާނުގެ ބައެއް ތަޖުރިބާ ހިއްސާކުރައްވާފައެވެ.

އެގޮތުން މި ޒަމާނަކީ ސޯޝަލް މީޑިޔާގެ ޒަމާންކަން ފާހަގަކުރައްވައި އެކަކު އަނެކަކެއްގެ ހުންނަތަފާތުތަކަށް އިހްތިރާމުކޮށްގެން ކުރިޔަށްދިއުމުގެ މުހިންމުކަން މުފްތީ މެންކްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވުމުން ދިވެހި ސަރުކާރުގެ ފަރާތުން އަދާކުރެއްވެވި ފުރިހަމަ މެހުމާންދާރީ ޝުކުރުވެރިކަމާއެކު އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި މުފްތީ މެންކް ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި މުޖުތަމައަށް މުހިންމު މައުޟޫއުތަކަށް ދީނީ ދަރުސް ދެއްވައިފައެވެ. އޭގެ ތެރޭގައި މާލެ، ހުޅުމާލެ، އައްޑޫ ސިޓީ އަދި ޏ. ފުވައްމުލައް ސިޓީގައި ދެއްވި ދަރުސްތައް ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މަނިކެ

    ތި ހޮވުނީ ދެން އޮތް ފަސް އަހަރަށް ވެސް ރައީސް މިއަންނަ އަހަރު ހުވާކުރައްވަން އަވަހަށް ރެޑީވެލައްވާ

    5
    5
  2. ޒުލޭ

    ކިތަންމެ ވަރަކަށް މުފްތީ މެންކަށް ތައުރީފް ކުރިއަސް ތިޔައީ ލާދީނިއްޔަތަށް ހިތްވަރުދޭ ބޭފުޅެއް

    13
    3
  3. ދަރަނި ދަންތުރަ

    ދެން މާދަމާ އައްޑޫގަ ފައްޅި އެއް އަޅާ ޗޯރު އިބޫ ގެ ވެރިކަމުގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމާ ކީރިތި ގުރުއާނުގެ ހުރުމަތް ކެނޑުން އާއްމުވެއްޖެ

    12
    3
  4. Anonymous

    ދެން ޔޮހާނީއަށް
    ދަރުސް ދޭ މީހާ ގެނެސް ލަވަ ކިޔާ މީހާ ގެނެސް ސާބަހޭ

    11
    1
  5. ހުސޭނުބޭ

    އެއީ އަދި ތަޢުރީފްގެ ކުޑަ އެތިކޮޅެއް. ބާކީބައި ޔޮހާނީއަށް ބާއްވާފައި އެބަ އޮތް

  6. ހަސަންބެ

    ރައީސް ގެ ތަޢުރީފު މުފްތީ މެންކްއަށް، މުފްތީގެ ތަޢުރީފް ބްރިޖް އެޅި މޭސްތިރިންނަށާއި އެ ޕްރޮޖެކްޓް ހަޤީގަތަކަށް ހެއްދެވި ދުރުވިސްނޭ ރައީސް އަށް. މާޝާﷲ!!!