ދުނިޔޭ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ދިރިއުޅުން ބަދަލުކުރައްވާނަމަ ދިރިއުޅުއްވާނީ ހުޅުމާލޭގައި ކަމަށް ވިދާޅުވެއްޖެ އެވެ.

މުފްތީ މެންކް އެހެން ވިދާޅުވީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސިންތެޓިކް ޕާކްގައި ދެއްވި ދަރުހުގައެވެ. އެ ދަރުސް އިންތިޒާމް ކުރީ އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީއާއި ގުޅިގެނެވެ.

މުފްތީ މެންކް ވިދާޅުވީ ކުރިން ރާއްޖެއަށް ވަޑައިގެންނެވި އިރުގައި ހުޅުމާލޭ ކައިރިން ދަތުރުކުރެއްވި ކަމަށެވެ. ނަމަވެސް މި ފަހަރު ހުޅުމާލޭ ބަލާމުގެ ފުރުސަތު ލިބުނު ކަމަށެވެ. "އަޅުގަނޑަށް ހުޅުމާލޭ ވަރަށް ރީތި. ރާއްޖެއަށް އަޅުގަނޑުގެ ދިރިއުޅުން ބަދަލުކުރާނަމަ ދިރިއުޅޭނީ ހުޅުމާލޭގައި." މުފްތީ މެންކް ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން އެޗްޑީސީއިން ބުނީ މުފްތީ މެންކް ދެން ފަހަރަކުން ރާއްޖެއަށް ވަޑައިގެންފިނަމަ އެ ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލެ ދައްކާލާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ޒިމްބާބުވޭގެ ދީނީ އިލްމުވެރިޔާ މެންކް ހުޅުވާލޭގައި ދެއްވި ދަރުހަށް 5000 އަށްވުރެ ގިނަ މީހުން ދިޔަ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

މީގެ ކުރިންވެސް މުފްތީ މެންކު ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން މާލެ އާއި އަދި އެހެން ބައެއް ރަށްތަކުގައި ދަރުސްތައް ދެއްވާފައި ވެއެވެ.

ޒިމްބާބްވޭގެ ހަރާރޭއަށް އުފަންވެ ވަޑައިގެންނެވި މުފްތީ މެންކް އަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މުފްތީ މެންކް ފާހަގަ ކުރެވެނީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ވަރަށް ބޮޑަށް ތަގުރީރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ އިތުރުން ކްރިސްޓިއަން ދީނާއި އަދި އެހެން ދީންތަކުގެ މީހުންނާއި ދެކޮޅަށް ވެސް ހަމަނުޖެހުން ނުހިންގާ ސުލްހަވެރިކަން އިސްކުރަން އޭނާ ވަރަށް ގިނަ ދަރުސްތަކުގައި ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ނޏ

    ވަރަށް ސަލާމް.
    މާލެ،
    ފުވައްމުލައް.
    އައްޑޫ
    ހުޅުމާލެ
    ހުޅުލެ

    ރާއްޖޭގެ އެހެން ރަށަކަށް ވަޑައި ގަތިން ތޯ
    ،

    10
    1
  2. ސައިދާ

    ސޭޙު އިމުރާން ވެސް ބޭނުމޯ ހުޅުމާލޭ ބިމެއް

  3. ކޮމެންޓޫ

    މި ސޮރަށް ހިޔާ ފުލެޓެއް ދޭންވީނު

    8
    2
  4. ހާދަހެއްވައޭ

    މި މަނިކުވެސް މިތާއީދު މިކުރަނީ ރައީސް ޔާމީން އައްތާ

    14
    1
  5. ނަން

    ރާއްޖެއަށް ދިރިއުޅެން އަންނާނެ ކަމެއް ނެތް ކޮންމެހެން ކަލޭ. ކަލެއަށްވެސް އިތުރު އެއްޗެއް ބުނާކަށްނޭނގޭ. ކަލޭ ބުނާއެއްޗެއް އަހާކަށްވެސް މަމެންނެއް ނެތިން. ވަރަށް ސަލާމް.

    3
    14
  6. އިޒާދު

    ހުޅުމާލޭއަކީ ގޭންގު އައްޑާ އެއްކަން ޝޭޚައް އެގިނުލައްވާ. އިސްލާމިކުމިނިސްޓުރީން އެ ދެއްކީ ދަޅައެއް!

    12
  7. ހަސަން ފޭދޫ

    މުފްތީއަށް އަދި ރާއްޖެ އެއް ނުފެނޭނު އެހެންވީމަ.

  8. ފޭކް ޝައިޚުން!

    މެންކެއް ކަމަކު ފިތުނަ އުފައްދަނ ނޫޅުއްވާ.

    1
    9
  9. މުހައްމަދު

    ހުޅުމާލެއަކީ ވަރަށް ރީތި ރަށެއް. ރަށުގެ ރީތިކަން މިހާރަށްވުރެ ރީތިކުރެވޭނެ. އެރަށުން ގޯތި ދިނުުމުގެ ބަދަލުގައި ރީތި ބިލްޑިންގތައް އަޅަންވީ. އެރަށުގައި މިހާރު މަދުވެފައި އޮތް ކަމަކީ ގާނޫނާއި ގަވާއިދާ އުސޫލުތައް ތަންފީޒުކުރުން. މަގުމަތީގައި ހޮޓާ ހަދައިގެން ތިބުން މަނާކުރުން. ސިގިރޭޓް ބޯންތިބުން މަނާކުރުން. ބިލްޑިންގ ކޯޑާ ޚިލާފަށް ގެދޮރު ހަދައިގެން ފިހާރައާއި ހޮޓާ ހަދައިގެން ތިބުން މަނާކުރުން. ސާފުތާހިރުކަން އިތުރުކުރުމަށް އިތުރަށް މަސައްކަތެއް ކޮށްލުން. މިކަންކަން ފުރިހަމަ ކޮށްފިއްޔާ ދުނިޔޭގައި އެންމެ ރިތީ ޖަޒީރާ ހިތްގައިމު ރަށަކަށް ހުޅުމާލެ ވާނެ ކަމާމެދު ޝައްކެއްވެސް ނެތް.

    14