28 އޮކްޓޯބަރުގައި އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރު 28 އިން 31 އަށެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭގޮތުގައި، މި ދަތުރުފުޅުގައި އޭނާ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު މިރޭ ވިދާޅުވީ، 28 އޮކްޓޯބަރު ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ކުރައްވާނީ މުފްތީ މެންކް ކަމަށެވެ.

އަދި ޚުތުބާގެ މައުޟޫއަކީ "ﷲ ސުބްހާނަހޫ ވަތައާލާ އާއި އޮންނަ ގުޅުން އިޔާދަކޮށްލާ" ށެވެ.

މީގެ ކުރިންވެސް އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތެވެ. އަދި އެފަހަރު ރާއްޖެ އައިސް އެކި ކަންކޮޅުތަކުގައި ދަރުސްވެސް ދެއްވިއެވެ.

އަދި 2020 ވަނަ އަހަރު ތެރޭގައިވެސް އޭނާ ރާއްޖެ ވަޑައިގަތެވެ. އެ ފަހަރު ރާއްޖެ ވަޑައިގެންވެސް އިސްލާމީ މަރުކަޒުގައި ހުތުބާ ދެއްވިއެވެ.

ޒިމްބާބްވޭގެ ހަރާރޭއަށް އުފަންވެ ވަޑައިގެންނެވި މުފްތީ މެންކް އަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދީދީ

    އައްޑޫ އިމާމްމީހާ އައްޑޫ ބަހުން ހުތުބާ ކިޔައިގެން މައްސަލަޖެހިއްޖެ. މުފްތީ މެންކް އިނގިރޭސިބަހުން ހުތުބާކިޔައިގެން ވާނީ ކިހިނެއްބާ؟ ހަމަ ގައިމުވެސް މުފްތީ މެންކް ވިދާޅުވާ ހުތުބާ އަޑުއަހަންތިބޭމީހުން ދެބައިކޮށްފައި އެއްބައިމީހުންނަށް އެކިޔާ އެއްޗެއް ފުރިހަމަކޮށެއްނޭގޭނެ.

    14
    1
  2. ަޢަލީ އިސްމާއިލް

    މުފުތީ އަކައް ވިޔަސް ޙުތުބާ އިގިރޭސިބަހުން ނުކިޔޭނެ. ޙަނދާންކުރާތި. ދިވެހިބަސް ނޭގެންޏާ ހުތުބާނުކިޔޭނެ ސާފުވެއްޖެތަ.

    6
    3
    • ގޮޅާބޯ

      ބަރާބަރު! މިނިސްޓަރު ވަގުތުން އިސްތިއުފާ!

  3. ބަދަވި

    ކީއްވެބާ ސަލްމާން މިސްކިތުގައި ހުކުރު ނުކުރުވީ

  4. ޖުއްބާ

    ވަކި އެވެނި މިވެނި މީހަކު ރާއްޖޭގަ ހުކުރު ކުރިއްޔާ މިރާއްޖޭގެ މީހުން އިސްލާހުވާނެތާ؟؟!؟؟!

  5. ޖަމަލު ފޮޑި

    މެންކް ޚުޠުބާ ކިޔާނީ ދިވެހި ބަހުން... އެހެން ބަހަކުން ޚުޠުބާ ކިޔައިފިނަމަ މިނިސްޓްރީން މެންކް ސަސްޕެންޑްް ކުރާނެ...