ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާ އެއްގޮތަށް "މަގުމަތީގައި އުޅޭ ޕާޓޭއަކުވެސް" ވެރިކަން ކުރާނެކަމަށް ކުރީގެ ނައިބުރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދާ ގޮތުން ދާނަމަ މިހާތަނަށް ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ވެރިއަކު ގައުމަށް ގެއްލުން ދީފައި ނުވާ މިންވަރަށް ރައީސް ސޯލިހްގެ މި ވެރިކަމުގައި ގެއްލުން ދޭނެ ކަމަށެވެ.

"ކުންފުނިތައް ބަނގުރޫޓުވެއްޖެ. ޚަރަދު އަދިވެސް މައްޗަށް. މަޤާމްތައް އިތުރުވަނީ" ޑރ. ޖަމީލްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ޑރ. ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ރައްޔިތުން ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ދިނީ ވައުދުތައް ފުއްދުމަށް ކަމަށާއި، އެއީ ރައްޔިތުންގެ ތަކްލީފް އިތުރަށް ބޮޑުކުރާކަށް ނޫން ކަމަށެވެ.

އެ ޓްވީޓުގައި ވަނީ ރައީސް ސޯލިހް ވެރިކަން ކުރާގޮތަށް "މަގުމަތީގައި އުޅޭ ޕާޓޭއަކުވެސް" ވެރިކަން ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ ބިލް އޮތް ގޮތަށް ފާސް ކުރަން އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ:

  • ޖީއެސްޓީ- 6% އިން 8%އަށް ބޮޑުކުރުމަށް
  • ޓީޖީއެސްޓީ- 12% އިން 16% އަށް ބޮޑުކުރުމަށް

ޓެކްސް ބޮޑު ކުރަން ސަރުކާރުން ނިންމިއިރު ރާއްޖޭގެ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން އެންމެ ރަނގަޅީ 2024 ވަނަ އަހަރު ކަމަށާއި އެ އަހަރު ވެސް ޓެކްސް ބޮޑުކުރަން ވާނީ މިހާރު ކުރިމަތިވެފައިވާ އިންފްލޭޝަންގެ ހާލަތު ހަމައަކަށް އެޅުމުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފައި ވެއެވެ.

ރާއްޖޭގެ ޖީއެސްޓީ ހަރުދަނާ ކުރުމާ ގުޅޭ ގޮތުން އައިއެމްއެފްއިން ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އިންތިހާ އަށް އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކްސް ބޮޑުކުރުން ރަނގަޅެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ގިރި

    ޑރ. ޖަމީލް. މަނިކުފާނަށް ސެލިއުޓްއަރުވަން. ތިޔަވިދާޅުވީ ހަމަ ހަގީގަތުގަވެސް ތެދެއް. ހާދަ އުފާވެއްޖޭ، ރައީސެކޭ ކިޔަންވެސް ލަދުގަނޭ، ނަމަވެސް ޑިމޮކްރަސީ ވީމާ ކިޔަން ޖެހޭނީ އެހެންތާ. މިގައުމުގައި މިހާރު ވެރިކަން ކުރާ ރައީސަކީ މަނިކުފާނު ތިޔަ ވިދާޅުވި ލެވެލްގެ މީހެއް. ސާބަހޭ ދަރިއާ. އައިލަވްޔޫ. ވަތަނީ ލޯބި ހިތުގައި ބިންވަޅު ނެގިފަތިބި ދަރިން ގައުމުގައި އުފެދިފަތިބުމަކީ ކިހާ ބޮޑު ނިއުމަތެއް. ޑޮކްޓަރު ޖަމީލާ ، ކުރީގެ ރައީސް ޔާމީނުގެ ނަންފާހަގަ ކޮށްލަމެވެ.

    5
    5
  2. ފާތުން

    ޔާމިނައް ދަންނަވަން އޮތީ މީނަ އާއި ގާތްނުވާށޭ ވޯޓު ބޭނުމިއްޔާ. މީބޮޑު އަނގަ.....

    5
    5
  3. ނަމަ

    އެކަމަކު ޑރ. ޖަމީލް ބޮޑިބަތް ކައްކާ ގޮތައް ކައްކާ ކައް ނޭގޭނެ

    5
    4
  4. މުހައްމަދު

    މުނާފިގުންގެ ގައިގައި ހުންނަ ހުރިހާ ސިފައެއް މީނަ ގައި ގައި އެބަހުރި

  5. 2023

    އަނގަބޮޑު ދެއުޅިއެއްނުވާ މީހެއް، ރައީސް ސޯލިހް ހިނގިމަގަކުންވެސް ކަލެޔަކަށް ނުހިނގޭނެ. ކަލޭ އެކޭ މޮޔަޔެކޭ އެއްވަރު، ބުނެފަ ކަލޭ ރުޅިއަރުވާލާނަން.