ފ. މަގޫދޫގެ އެއާޕޯޓް މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޑިޒައިން އެންޑް ބިލްޓް އުސޫލުން މި މަޝްރޫ ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ޕްލޭނިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫގެ އެއްބަސްވުމުގައި އެމިނިސްޓްރީ އާއި އެމްޓީސީސީއާއެކު ސޮއިކޮށްފައިވަނީ އެކަމަށްޓަކާ ހާއްސަކޮށް މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސީއީއޯ އާދަމް އާޒިމް އެވެ.

ފ. މަގޫދޫގައި އެއާޕޯޓް އަޅަން އެމްޓީސީސީއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާރުގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މިއީ 231,548936.34 (ދުއިސައްތަ ތިރީސް އެއް މިިލިއަން ފަސްލައްކަ ސާޅީސް އަށްހާސް ނުވަސަތޭކަ ތިރީސް ހަ ރުފިޔާ ތިރީސް ހަތަރު ލާރީ)ގެ މަޝްރޫއެކެވެ.

މި މަޝްރުއޫގެ ދަށުންް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 15،00 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި، ފަސެންޖަރ ޓާމިނަލް އިމާރާތެއް އެޅުމާއި، ފަޔަރ ސްޓޭޝަނެއް (ކޮންޓްރޯލް ޓަވަރަކާއެކު) އެޅުމާއި، ނެވިގޭޝަން އިކިއުޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހިމެނެއެވެ.

އަދި އޭގެ އިތުުރުން، މެޓް އިކިއުޕްމަންޓް ސަޕްލައިކުރުމާއި އިންސްޓޯލް ކުރުމުގެ އިތުރުން ގްރައުންޑް ހޭންޑަލިންގ އިކިއުޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކުންފުންޏަށް ދީފައިވާ 550 ދުވަހުގެ މުއްދަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޢަލީ

    ތުޅާދޫގަ ނޫނީ ހުރިހާ ރަށަކު އަޅާނެ.

    • Sarukaaroa

      ނިލަންދޫ ވެސް

  2. Anonymous

    2023 އަށް ހުރިހާ ރަށެއް ރަނުން ޖަރީ ކުރައްޗޭ.

    • އަސަ

      މާލެ ނޫންވީމަ ކަމުނުދިޔައީ ދޯ

  3. Anonymous

    ހުރިހާ ރަށެއްގަ އެއަރޕޯޓް އެޅުމަކީ ބޭނުންތެރި ކަމެއްކަމަށް ނުފެނޭ

  4. އަބްދޫ

    މަގޫދޫ ގަ އެއާޕޯޓެއް އެޅުމަކީ ފައިދާ ހުރިކަމެއްނޫން. އެއީ ގެއްލުން ބޮޑުކަމެއް. ގައުމު ތަރައްގީ ކުރާނަމަ އެއާޕޯޓް ވެސް ނިލަންދޫގަ އެޅުމަށް ފަހު އަތޮޅުގެ ރައްޔިތުން ނިލަންދޫގަ ވަޒަންވެރިކޮށް ރަނގަޅުއާބާދީ އެއް ނިލަންދޫގަ ގާއިމްކުރަންވީ. އޭރުން ސިއްހީފަރުވާއާއި ތައުލީމު މާލެއިން ލިބޭ ފެންވަރުގަ ނިލަންދޫގަ ގާއިމްކޮށް ހުރިހާރައްޔިތުންނަށް ހަމަހަމ ގޮތުގަ ހިދުމަތް ފޮރުކޮށް ދެވިދާނެ. އެމްޑިޕީން ކަންކުރާގޮތުން ގައުމުގެ އަތޮޅުރައްޔިތުން މިދަނީ ދުވަހުންދުވަހަށް ބިކަވަމުން.