ފ. މަގޫދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރެވެމުންދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

މި އެއަރޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަސް ތެރޭގައެވެ.

އެ ކުންފުނިން އިއްޔެ ހިއްސާ ކުރެއްވި މައުލޫމާތަށް ބަލާއިރު، އެ އެއަރޕޯޓްގެ ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސްގެ އެޅުމުގެ މަސައްކަތް މިހާރު 78 އިންސައްތަ ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި، ޓެކްސީވޭ އާއި ސަރވިސް ރޯޑްގެ ސަބްގްރޭޑް އަދި ސަބްބޭސް އެޅުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން، އެއަރޕޯޓް ރޯޑް ހެދުމުގެ މަސައްކަތް 96 އިންސައްތަ ފުރިހަމަކުރެވިފައިވާއިރު، ޓާމިނަލް ބިލްޑިންގް އާއި ފަޔަރ ބިލްޑިންގްގެ އެޅުމުގެ މަސައްކަތް ސައިޓުގައި ދަނީ ކުރިއަށެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދަނީ

މި މަޝްރުއޫގެ ދަށުންް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 1،500 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހެދުމާއި، ފަސެންޖަރ ޓާމިނަލް އިމާރާތެއް އެޅުމާއި، ފަޔަރ ސްޓޭޝަނެއް (ކޮންޓްރޯލް ޓަވަރަކާއެކު) އެޅުމާއި، ނެވިގޭޝަން އިކިއުޕްމަންޓް ސަޕްލައިކޮށް އިންސްޓޯލް ކުރުން ހިމެނެއެވެ.

އަދި އޭގެ އިތުުރުން، މެޓް އިކިއުޕްމަންޓް ސަޕްލައިކުރުމާއި އިންސްޓޯލް ކުރުމުގެ އިތުރުން ގްރައުންޑް ހޭންޑަލިންގ އިކިއުޕްމަންޓް ސަޕްލައިކޮށް އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 231 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙަފޯ

    ތީ ޒަމާންވީ އަތޮޅުވެރިކަން ބަދަލުކުރި މައްސަލައިގަ ނިލަންދޫ ރައްޔިތުންގެ ކަންފަތްމަތީ މި ސަރުކާރު އައިސް އަޅާލި ތަފާލެއް. ދެމީހުންނާއި ފަޅިއެއް ހަމަނުވާ އާބާދީއަކަން ތި އެއަރޕޯރޓް އެޅުންތީ. ނިލަންދޫ މީހުން މި ސަބަބައްޓަކައި މި ރީނދޫ ބައިގަނޑަށް ނޫނެކޭ ބުނަންޖެހޭ.

    • އަސް

      އެއަރޕޯޓް އަޅަނީ ޓޫރިޒަމަށް ބަލާފަ.

  2. ހުސޭނުބޭ

    މި 10 ދުވަހު ނިކަން ކަންކަން ހަލުވިވާނެ! ދެން އިސާހިތަކު ހުއްޓިދާނެ!