ސިޔާސީ މަގުސަދެއް ނެތި ކުރީގެ އެއްވެސް ސަރުކާރަކުން ރަށްތަކަށް ކަންތައްކޮށް ނުދޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މަގޫދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ, މަގޫދޫ އަކީ އަޅާނުލެވި ދޫކޮށްލެވިފަ އޮތް އެއް ރަށެއް ކަމަށާއި ރަށުގެ އާބާދީ ކުޑަވީމަ ކުރީގެ ސަރުކާރުތަކުން މާ ބޮޑު އަހަންމިއްޔަތު ކަމެއް ނުދޭ ކަމަށެވެ. އެސަރުކާރުތަކުން އަބަދުވެސް ބަލަމުން ދިޔައީ ގިނައިން ވޯޓު ލިބޭނެ ރަށްތަކަށް ކަމަށާއި އެގޮތުގެ މަތިން ބޮޑު އާބާދީއެއް އޮންނަ ރަށްތަކަށް ކަންތައް ކޮށްދެމުން ދިޔަ ކަމަށެވެ.

އަދި ކަންތައް ކޮށްދޭއިރު, ސިޔާސީ މަގުސަދެއް ނެތި ކުރީ ސަރުކާރުތަކުން ރަށްތަކަށް ކަންތައް ކޮށް ނުދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިތަނުގަ ދިރިއުޅޭ 285 މީހުންގެ ވޯޓަކީ އެވެރިންނަކަށް އެހާ މުހިންމު ކަމަކަށް ނުވޭ. ސިޔާސީ މަގުސަދެއް ނެތި, ސިޔާސީ ބޭނުމެއް ނެތި, ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ އެއްވެސް ރަށަކަށް އެއްވެސް ކަމެއް ކޮށްދީފައެއް ނުތޭ. ބޭނުން ވަނީ ކުރިއަށް އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން" ރައީސް ވިދާޅުވިއެވެ.

މަގޫދޫގައި ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ބޭއްވި ޖަލްސާ-- ފޮޓޯ: ކެމްޕޭން ޓީމް

ރައީސް ވިދާޅުވީ, އެހެން ސަރުކާރުތަކާއި އަޅާބަލާއިރު, މި ސަރުކާރުގެ ވިސްނުން ތަފާތު ކަމަށާއި ވެރިކަމަށް 2018 ގައި އައުމަށްފަހު, މަގުސަދަކަށްވީ, ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފުރަތަމަ ފޯރުކޮށްދިނުން ކަމަށެވެ.

މަގޫދޫއަށް ކެމްޕޭނަށް ދެ ފަހަރު ދެވުނު ކަމަށާއި މިއީ އެރަށަށް އާދެވުހު ތިން ވަނަ ފަހަރުކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ, 2008 ވަނަ އަހަރުގެ ކެމްޕޭނަށް އައުމުން އެރަށުގެ ރައްޔިތުން ސަރުކާރުން އަޅާފައިވާ މިސްކިތެއް ނެތް ކަމަށް ބުނެ އެކަން ކޮށްދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް 2 ވެރިން ވެރިކަމަށް އައިސް ވެސް އެކަން ކޮށް ނުދެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

"އޭގެ 15 އަހަރު ފަސް މިވީ. ދެން ވެސް ސަރުކާރުތަކެއް ބަދަލުވެގެން ހިނގައްޖެ. ދެ ވެރިން އޭގެ ފަހުން އައި. އެހެން ނަމަވެސް އެކަން ވެސް ނުކުރެވި އެއޮތީ. މި ސަރުކާރުގެ ކެމްޕޭނުގައި އަޅުގަނޑުމެންގެ 2018 ގެ ކެމްޕޭނަށް މިތަނަށް އައީމްވެސް ރައްޔިތުންގެ އެންމެ ބޮޑު އެދުމަކަށްވީ އެކަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ, އެއްވެސް ސަރުކާރަކަށް ނުކޮށްދެވުނު އެކަން މިސަރުކާރުގެ ފުރަތަމަ މަސައްކަތްތަކުގެ ތެރޭގައި އެކަން ހިމަނައި ކޮވިޑުގެ ދަތި އުނދަގުލުގެ ތެރޭގައި އެ މަސައްކަތްކޮށް ނިންމާ, އެންމެ ފުރަތަމަ ހުޅުވި މިސްކިތެއްގެ ގޮތުގައި އެރަށުގެ މިސްކިތް ހިމަނާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މަންކީ

    ﷲ މީނަގެ ދުލުހަ ގޮއްނުޖައްސަވާކަން މިވަރުގެ ދޮގުހަދާ ހަޔާތްކުޑަ މީހެއް މަ ނުދެކެން

    25
    1
  2. މުއިއްޒު 2023

    އެހެންވީމަ ދޯ ވޯޓައް ދެހަފްތާއައްވީމަ ހުރިހާ ރަށަކަށް ގޮސް ދޮގު ވައުދުތައްވެ، ނުނިމޭ ޕްރޮޖެކްޓްތައްވެސް ނިމުނުކަމަށް ބުނެ ރިބަން ކަނޑާ، ޕްރޮޖެކްޓްތަކުގެ 10 ޕަސެންޓުވެސް ނުނިމޭ ރައްތަކަށް ގޮސް ހަމަ 2018ގެ ވައުދުތައް އަނެއްކާ ތި ވަނީ

    25
    1
  3. މުހުސިން

    އަންނަނީ އަންނަނީ....
    ދެން ދާނީ ދެން ދާނީ...
    އަހުރެން ދެން ދާނީ......
    އަންނަ ދައުރު ފެށުމާ އެކީ....
    އަހުރެން ދެން ދާނީ... ދެން ދަނީ...
    ބުނެވޭ ގޮތުގާ ކުޑަ ގޮޅިޔަށް.....
    ދެން ދާނީ ދެން ދާނީ.....

    7
    1
  4. މުލޭ

    ތިކަން އެނގުނު ކޮމަންޑޫ ދާއިރާއާއި ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން ދުވަސްވަރު.

  5. ހުސޭނުބޭ

    ކަލެޔަށް ކޮން ކަމެއް ކޮށްދެވިގެން ތި އުޅެނީ! ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރި 25 އަހަރު ހިންނަވަރު ރައްޔިތުންގެ ހައްޤުގައި ކޮންދިނީ ކިތައް ކަންތައް؟

    7
    1
  6. ޑައެލޯގް

    ބަލަ ކުޑަރަށެއްވީމަ އަޅާނުލީކީނޫނޭ އިސްކަންދޭންވާނީ ބޮޑުރަށަށްވީމަ އަޅާލާފައިވަނީއެވެ. ދެންނުނިމިހުރި ރަށްތަކަށް ކަލޭމެން މަސައްކަތް ކޮށްދޭންވީއެވެ. އަޅާނުލިއްޔޭ ކިޔާފަ ފިތުނަ އުފައްދާނީކީނޫނެވެ. މީތަ ޝޭހު އިލިޔާސް އެބުނާ ދުވާދެއްވާ ރައީސެއްގައި ހުންނަ ސިފަޔަކީ ދޮގުހެދުމާއި ފިތުނަ

    6
    1
  7. އަލީ ހަސިނަް

    މިސަރުކާރުން ވެރިކަމަށްއަންނަންވެގެން ރަށްރަށުގައި ޓާސަރީ ހޮސްޕިޓްލްތައްއަޅަށް ވެފައި ހުރި ރަށްރަށުގެތެރެއިން 5 އަހަރު ނިމިގެންދިޔައިރުވެސް އެންމެކުޑަމިނުން ބިންގާވެސް އެޅިފައިނެތްކަން އެވައުދުވި ރަށްތަކުގެ ރަތްޔެތުންނަށްއެންގިލައްވާނެ މިީތެދެއްކަން ދެންވިދާޅުވަނީ ހިލޭ ޑިގްރީ ކިޔަވާވާހަކަ މީގެތެރެއިން ދެބައިކުޅަ އެއްބައި ކޮލެޖްތަކަށްދައްކަންޖިހެނީ އަމިއްލަ ޖީބުންކަ ދަންނަވާލަން މިއީހަމަހަގީ ތެދެއްކަން އެނގިލައްވާނެ ކިޔަވާދަރިވަރުންނަށް

  8. Anonymous

    ނުދޭނަން ވޯޓެއް ކަލެޔަކައް.

  9. ރައްޔިތު މީހާގެ އާދޭސް

    އަޅުގަނޑުމެން ވޯޓް ދޭނީ ރަށުގެ ބަނދަރު ބޮޑުހިލަ ޖަހާ، ޒަމާނީ ފެންވަރަށް ހަދާދިނީމަ – މިކަން ކޮއްދިނުމުން ދެން މިބުނަނީ، އަޅުގަނޑުމެން ވޯޓްދޭނީ ރަށްގިރާ ސަރަހައްދުގަ ބޮޑުހިލަޖަހާ ރަށްގިރުން ހުއްޓުވާ ދިނީމަ – މިކަން ކޮށްދިނުމުން ދެން މިބުނަނީ، އަޅުގަންޑުމެން ވޯޓްދޭނީ ރަށުގެ ޒުވާނުންނަށް ޒަމާނީ ފެންވަރަށް ރަށުގަ ފުޓްސަލް ދަނޑަކާއި ވޮލީކޯޓެއް އަޅާދިނީމަ – މިކަން ވެސް ކޮށްދިނުމުން ދެން މިބުނަނީ އަޅުގަނޑުމެން ވޯޓްދޭނީ ރަށުގެ ރައްޔިތުންނަށް ކަސްރަތު ކުރެވޭނެ އައުޓް ޑޯ ޖިމްއެއް އަޅާދިނީމަ. މި ހުރިހާ ކަމެއް މި ސަރުކާރުން ކޮއްދީފަ މި އަންނަ ދައުރު ރައީސް އިބޫއަށް ވޯޓްލާދޭން ބުނީމަ ބޮޑާހާކާކަށް ނުޖެހޭ!

    2
    8
  10. ޑޮ

    މީނަ ބާލަން އުޅެ ކަމަކު ވާކަނެތް

    6
    1
  11. ގުއިދައިތަ

    މީކީކޭ ކިޔާ މީހެއްތަ؟ މީނާގެ ފަހަތުން މީހުން އުޅޭތީވެސް މަ ހައިރާންވޭ