ފ. މަގޫދޫގެ މަގުތައް ހެދުމުގެ މަސައްކަތް، ކުރިޔަށް އޮތްތަނުގައި އިސްކަންދޭ ރަށްރަށުގެ ލިސްޓުގައި ސަރުކާރުން މިހާރު ހިމަނާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލހް މިހެން ވިދާޅުވީ މިއަދު ހެނދުނު މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ރަށްރަށުގެ ތަރައްގީއާ ގުޅުންހުރި ކަންކަމުގައި ކައުންސިލްތަކާއި މަޝްވަރާ ކޮށްގެން ރައްޔިތުންގެ ބައިވެރިވުން އޮންނަ ގޮތަށް ކުރިޔަށް ދިޔުމަށް ކަމަށެވެ.

ބައްދަލުކުރެއްވުމުގައި ކައުންސިލްތަކަށް ލިބޭ މާލީ ތަނަވަސްކަން އިތުރުކުރުމާ ގުޅޭގޮތުން މަގުދޫ ކައުންސިލުން ރައީސް އާއި މަޝްވަރާކުރެއްވިއެވެ. އަދި ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާ ގުޅޭގޮތުންނާއި، މަގޫދޫ ސިއްހީ މަރުކަޒުގައި 24 ގަޑިއިރު ހިދުމަތް ދިނުމަށް މިހާރު ހުރި ދަތިތައް ހައްލުކުރުމާއި، ރަށްގިރުމުގެ މައްސަލައާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވެވި އެވެ.

ރައީސް ވިދާޅުވީ މަގޫދޫ ސްކޫލާއި ސިއްހީ މަރުކަޒަށް ދިމާވެފައި ހުރި މައްސަލަތައް ހައްލުކުރުމަށް ހާއްސަ ގޮތެއްގައި ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، ރަށުގެ ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރިޔަށް ގެންދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަޔާން

    އިސްކަން ދޭ ރައްތަކޭ ؟؟؟؟؟ އިސްކަން ނުދޭ ރައްތައް ވެސް ހުންނަނީތަ؟ ތީ އެހެންވިއްޔާ ގައުމެއްގެ ރައީސެކޭ ނުބުނެވޭނެ ދޯ؟ ފައިބާ !!!!

    2
    1
  2. ޜައްޔިތުމީހާ

    ދައުލަތައް 40އަހަރު ހިދުމަތްކުރާމީހަކައް ލިބޭ ޕެންސަން ފައިސާއައްވުރެ އެތައްގުނައެއް އިތުރު އަދަދެއް 1 އަހަރު މަޖިލިސްގަ އިނަސް އެބަލިބޭ މުޅިއާއިލާއައް އޭސިއާގެ ކޮންމެގައުމަކުން ބޭސްކުރެވޭ އެއާޕޯޓް ވީީއައިފީ މިހިންގޮސް އެތައްކަމެއް ނަމަވެސް މިހުރޮހާކަމަކައް ހަރަދުމިކުރަނީ ތައްޔިތުންގެ ޓެކްސްފައިސާއިން ސިޔާސީމީހުން ރައްޔިތުންނައް ކަމެއް ކޮއްދެވޭނީ ހެޔޮނިއަތުގަ އަމިއްލަ އެދުމުންއެއްކިބާވެ މަސަތްކަތްކުރިދުވަހަކުން މިހާރުމިކުރާހާވެސް ކަމަކީ އަމިއްލަފައިދާއައް ރައްޔިތުންގެ މާލިއްޔާ ދަވާލަނީ

  3. ފީކޯތް އައިލެނޑް

    ކަލޭ މިފަސްއަހަރު ކުރަހާފަ ދެއްކި ހޮސްޕިޓަލްތައް ހުރީހިސާބެއް ދައްކަބަލަ ރައްރަށައް ގޮސް ރައްޔިތުން ގުނބޯ ނުހައްދާ

  4. ޑައެލޯގް

    މަގޫދޫ އިސްކަންދޭ ރަށެއްކަމަށް ރައީސް ބުނެފިއެވެ. އަނެއްދުވަހު ބުނާނެ އެއްވެސް ރަށެއް ތަފާތުނުކޮށް ކަންކަންކުރާނަމެވެ. މިއީ ހާސްވާންޖެހޭކަމެއްނޫނެވެ. އިބޫއަކީ ރަލުގެ މައްސަލަ އެއްގައި ހުކުމް ތަންފީޒުކޮށްފައިވާ މީހެކެވެ، ވެދާނެ ހަމައިގާނެތީކަމަށެވެ.

    2
    1