ފޯޅަވައްސާ ގުޅޭ ގޮތުން ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ބަދަލުކޮށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އައިލެންޑްސް (ފޯޅަވަހި) މައްސަލާގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުދޭން ރާއްޖެއިން ނިންމި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ)ގެ ލީޑަރު އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި ފޯޅަވަހީގެ މައްސަލައިގައި މީގެ ކުރިން ރާއްޖެއިން މޮރީޝަސްއާ ދެކޮޅަށް ވޯޓު ދިނީ އެ މައްސަލަ އެ ގައުމަށް ކާމިޔާބު ވެއްޖެނަމަ ރާއްޖޭގެ ސަަރަހައްދުން ބައެއް އުނިވެދާނެ ކަމަށް ބަލައިގެން ކަމަށެވެެ. އެހެން ނަމަވެސް އެ ނިންމުމާއެކު ރާއްޖޭގެ ސަރަަހަދުން ބައެއް ގެއްލިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ހަމަ އެހެންމެ ރާއްޖޭގެ ސިޔާސަތު ބަދަލުކުރި އިރު ރާއްޖޭގެ ސަރަހައްދަކަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެބައި ވޯޓުން ކަން ވެސް ފާހަގަކޮށްފައި ވެއެވެެ.

ގަރާރުގައި ބުނެފައިވާ ގޮތުގައި ރާއްޖެެއިން ކުރީގެ ސިޔާސަތު ދެެމެހެއްޓީ އައްޑު އަތޮޅަކީ އަބަދުވެސް މީހުން އުޅުނު ސަރަހައްދެއް ކަމަށް ވެފައި ފޯޅަވައްސަކީ އަބަދު މީހުން ދިރިއުޅުނު ތަނެއްކަން އެނގެން ނެތް ކަން އެނގޭ އިރު ރާއްޖެއަކީ މަސްވެރި ގައުމަކަށް ވެފައި ކަނޑުގެ ސަރަހައްދު ބެހުމުގައި އިސްކަން ދޭން ޖެހޭކަމަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެފައި ވެއެެވެ.

އެހެން ނަމަވެސް ރާއްޖޭގެ ސިޔާސަތު ބަދަލު ކުރި އިރު އެކަމާ ގުޅޭ ގޮތުން ސަރުކާރު ތެރޭގައި ވެސް މަޝްވަރާކޮށްފައި ނުވާތީ އެކަމާ މެދު ސުވާލު އުފެދޭ ކަމަށެެވެ. އެހެންކަމުން އެކަމާ ގުޅޭ ގޮތުން ސަރުކާރުން ޖަވާބު ދާރީ ކުރުވަން ޖެހޭނެ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

އަދި އެ މައްސަލައިގެ ތެރެއަށް ފައިސާގެ ނުފޫޒު ނުވަންނަކަން ކަށަވަރުކޮށް އެ ނިންމުން ނިންމު ސަބަބު ދެނެގަނެ އެކަން ކުރީ ގާނޫނުގެ ތަރަހައިގެ ތެރެއިންތޯ ބަލައި އަދި އޭގެން ވާނެ ފައިދާާއާއި ގެއްލުން މަޖިލީހުން ބަލަން ގަރާރުގައި ގޮވާލައިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވާނުވާ

    ތިޔައީ ސީދާ އަންނި އަޑީގައި ހުރެގެން މިޤައުމަށް ދޭ ގެއްލުން. ބަލަން ތިބޭތި ތިޔަ މައްސަލަވެސް މަޖިލީހުން ބޭރުކޮށްލާނެ އަންނިގެ ބާރުގަ.

    10
  2. މާމީ

    ކުޑަ ގޮހޮރައް ކައިގެން އެތިބީ...

  3. ދިވެހި މުސްކުޅިން

    ބުނަން ޗާގޯސް (ފޯޅަވަހީގައި) އެންމެ ފުރުތަމަ އުޅުނީ އެވޭލޭ ޒަމާނުގެ ދިވެހިން އެދިވެހިން އެތަނުން އެހެން ތަނަކަށް ބަޔަކު ޖަހައިގަނެގެން ގެންދިޔަ އޭގެ ފަހުން އެތަނަށް މަހައްދާންވެސް ދިވެހިންގޮސްއުޅޭ އޭގެ މާފަހުން އެހެން ދިމަދިމާލުން އެތަނަށް ބަޔަކު އައިސް އެތަނުގައި 5000 އެއްހާއެއް މިހުންގެ އާބާދީ އެއްއޮތްވާ އެތަން މިލިޓްރީ ތަނަކަށް އެތަން ހެދީ އޭރު އުޅުނު މީހުން ރެފިއުޖީންގެ ގޮތުގައި މޮރިޝަސް އަށް ބޭލީ

    9
    1
  4. ބުއްޅަބޭ

    ރަނގަޅު ގަރާރެއް، އެކަމަކު އިބޫގެ ޓީމުން ތީތި ބޭރު ކޮށްލާނެ!

    10
  5. ޒާ

    އަބްދުﷲ ޝާހިދަކީ ބޮޑު ޣަޢްދާރެއް

    14
    1
  6. ޙުސެންބެ

    މަޖްލިސްތެރެއިން ރާވައި ނިންމާފަ އަޅުން މީހުންގެ ލޯމައްޗައް މައްސަލަ މަޖުލިހައް ކޯއްޗެއް މިހަދަނީ އަޅެފަހެ

    3
    1
  7. ޢަބްދޫ

    ފޯޅުވައްސަކީ ރާއްޖޭގެ އަތޮޅެއް ކަން ޔަގީން. ޢެވޭލާ ޒަމާނުގަ ދިވެހި ރަސްކަމާ ގުޅުން ނެތި އައްޑޫ ފުވައްމުލައް ހޔވަދޫ އަތޮޅު ން ބަންގާޅު ކާލީކޯޓު ކޮޅުބު އަސޭ ފަދަ ތަންތަނަށް ދަތުރުކޮށް ވިޔަފާރީގެ ގުޅުން އިފެދިފަ އޮތުމަކީ މިއަތޮލުތައް ލަންކާ އިންޑިޔާ ބަންގާޅުގެ ތަންތަނަކަށް ނުހެދޭނެ. ހަމަ އެހެންމެ ފޯޅުވަހިން ވިޔަފާރި ދަތުރު މޮރިސަސް އަށް ކުރުމަކީ ފޯޅުވެހި މޮރިސަސް ގެ ބަޔަކަށް ވާންޖެހޭ ސަބަބެެއް ނޫން. ދިވެހިން ކެނެޑާ އޮސްޓްރޭލިޔާ ނިޔުޒީލެންޑްގަ ރައއޔިތުންގެ ގޮތުގަ ވަޒަންވެރިވުމަކި ދިވެހިގައުމު އެތަންތަނުގެ ބަޔަކަށް ވެދާނެ ސަބަބެއްނޫނެ. އެހެންމެފޯޅުވެހިގެ ރައްޔިތުން މޮރިސަސް އަށް ހިޖުރަ ކުރުމަކީ ފޯލުވަހި މޮރިސަސް ގެ ބަޔަކަށް ވާން ޖެހޭ ސަބަބެއްނޫން. ގުދުރަތީގޮތުން މޮރިސަސް އޮތީ ފޯލުވަެްސާއި އެތައްހާސް ކިލޯމީޓަރުގެ ދުރުގަ ރާއއޖެ އަށް ބަލާއިރު ފޯޅުވައްސާއި ރާއްޖެ ވަނީ އިގްތިސާދީ ފުށުއެރުމުގަ..ވީމަފޯޅުވެއްސަކީ ރާއްޖެގެ އަތޮޅަކަށް ނުވާންވީ ސަބަބެއް ނެތް.

  8. Anonymous

    ރާއްޖޭގެ އަތޮޅެއް ވިއްކާލީ ފައިސާ ހޯދަން !

  9. Anonymous

    ބަޔަކު މީހުން ފައިސާގަޑެއް ކާލަން އަންބުރާ ގޭސްގަޑެއް، ކުރިން ރަސްކަން ކުރިބަޔަކުވެސް ވަނީ ތިއަތޮޅު ވިއްކާލާފަ ފައިސާ ކާލާފަ، ހިކިފަސްކޮޅު ވިއްކާ ހުސްވެގެން ކަންޑު ވެސް ވިއްކަނީ ދެން ޖައްވު ވެސް ވިއްކާލާނެ !

  10. ދިވެހި މުސްކުޅިން

    ފޯޅަވައްސަކީ ދިވެހި ރާއްޖޭގެ ޑ (ޑަވިޔަނި) އަތޮޅު އެެއީ ދެކުނަށްޕޮޅު އަތޮޅު މި އަތޮޅުގައި ހުރި ހުރިހާ ރަށްތަކަށް ބަލާއިރު ރާއްޖޭގެ ރަށްތަކުގެ ވެށީގެ ސިފަ ވަރަށް ސާފުކޮށް ފެނޭ އަދި އަޑީން މިރަށްތައް ހުރީ ރާއްޖޭގެ ރަށްތައް ހުރި ފަށަލުގައި ހަމަ އެގޮތަށް މަލިކު (މަލިކަތޮޅު) މި އަތޮޅާއި މިއަތޮޅާއި ކައިރީގައި ހުރި އެހެން އަތޮޅުތަކާއި ރަށްތައްވެއް އެއީ ދިވެހި ރާއްޖެގެ ރަށްތައް އެތަނުގައި ރާއްޖޭގެ އާމިނަ ކިޔާ މީހަކަށް ނިސްބަތްވާ ރަށެއްވެސް އޮންނާނެ އެއީ އެ އާމިނަ އާއި އާމިނަގެ އާއިލާ އެރަށުގައި ފުރަތަމަ ވަޒަންވެރިވީ މިކަން ފެންނަން އެބަހުރި ރަށްތަކަށް ކިޔާފަ ހުރި ނަންތަކުން އަދި ރާއްޖެއަށް އެއްކޮށް ނިސްބަތްކޮށް ލަކްޝަދީބުވެސް ކިޔުނު ވަކި ހިސާބަކުން މަހަލްދީބު އަށް ބަދަލުވީ ލަކްޝަދީބުގެ މާނައަކީ ލައްކަ (ބައިވަރު) ރަށްތަކެއްގެ މައްޗަށް އޮތް ރާއްޖެއެއްކަން ބަޔާންވުން ވީމާ ބިމު އަޑީގެ އެއްފަށަފަލައެއްގާ ރާއްޖޭގެ ރަށްތައް ފަދައިން ހުރި ހުރިހާ ރަށެއް އެއީ ދިވެހިރާއްޖޭގެ މިލްކު ސިޔާދަތީ ބާރު ދެމިގެންދާނެ ރަށްތަކެއް، މި ރަށްތައް ކުރީ ޒަމާނުގެ ރަސްކަލުން ކޮންމެވެސް ސަބަބަކާހުރެ އެރައްތަކާމެދު ދޭންވާ ސަމާލުކަން ނުދެވި އެތައް ހިމާޔަތްކޮށް ބެލެހެއްޓުން އެގާބިލުކަން ނެތިގެން އެހެން ބައެއްގެ އަތްދަށަށް ދިޔަ ނުވަތަ ފޭރިގަތީ، ވީމާ މިގޮތަށް ހުރި ހުރިހާ ރައްތައް އަދު ޖީލުތަކުން އެބަޖެހޭ ރާއްޖޭގެ ބާރުދަށަށް ގެންނަން. މިކަން ކުރެވޭނެ މިއީ ސައިންޓިފިކް ހަގީގަތްތައް ގަބޫލުކުރާ ޖީލެއް ދުނިޔޭގައި އޮތް ތަހްޒީބީ ޒަމާނެއް. ޝުކުރިއްޔާ ! ބައިނަލް އަގުވާމީ ކޯޓްތަކަށް މި މައްސަލަތައް ވައްދައި މިކަން ސަރުކާރުގެ ޒިންމާއެއް މި ޒިންމާއަށް ފަސްނުޖެހޭ !

  11. ލަވް

    އިބަރާހިން ސާލިހު ތީ ދެން ބޮޑުވަރު އަޅެ ފަހެ ބަލާލީމަވެސް ނޭގޭތޯ ފޯޅަވަހި މީހުން ވައްތަރީ ރާއްޖެ މީހުނާތަ ނޫނީ މޮރިޝަސް މީހުނާ ތަ؟ މީނާ ދެކެ ހިތް ކެނޑެން ފަށައިފި!! އަމިއްލަ ފައިދާއަށް ކަނޑުރޯދި ގެއްލުވާލާ ރައީސް!