ތ. ވިލުފުށީ ކައުންސިލުން އެރަށުގެ ގޮނޑުދޮށުން ވެލި ނަގައިގެން ވިއްކަމުންދާ ކަމަށް ތުހުމަތުކޮށްފިއެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަގުތު"އަށް ބުނީ ރަށު ކައުންސިލުން އެރަށުގެ ހިއްކި ސަރަހައްދުގެ މޫދުން ވެލި ނަގައިގެން ވިއްކަމުންދާ ކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

ކައުންސިިލުން ވެލި ވިއްކަމުން ދަނީ ގޯންޏެއް ހަތް ރުފިޔާގެ ރޭޓުން ކަމަށާއި، ވެލި ގަންނަނީ އެރަށުގައި ގެދޮރު އިމާރާތް ކުރުމަށް މަސައްކަތް ކުރާ މީހުން ކަމަށް އޭނާ ބުންޏެވެ.

"ދުވާލެއްގެ މައްޗަށް 500 ނުވަތަ 600 ގޯނި ވެލި ނަގާ ދުވަސް ވެސް އެބަ އާދޭ. އެކަން ކުރަމުންދާތާ މިހާރު މަހަކަށް ވުރެ ގިިނަވެގެން މިދަނީ" އެމީހާ ބުންޏެވެ.

ނަމަވެސް ވިލުފުށީ ކައުންސިލް ރައީށް ހުސެއިން ޖަބީން ވިދާޅުވީ އެއ ހިޔާލު ތަފާތުވާ ބަޔަކު ފަތުރަމުންދާ ދޮގު ވާހަކައެއް ކަމަށެވެ. އަދި އެއްވެސް ތަނަކުން ވެލި ނަގައިގެން ވިއްކަމުން ނުދާ ކަމަށާއި، އެފަދަ އެއްވެސް ނިންމުމެއް ނުވަތަ އިއުލާނެއްވެސް ކޮށްފައި ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖަބީން ވިދާޅުވީ އެ ރަށުން ވެލި ނެގުމުގެ ހުއްދަ ކުރިން ދީފައި ވަނީ އެރަށް ހިއްކި އިރު ވެލި ނެގި ތަނުން ކަމަށާއި، އެއީ އަގަކަށް ކުރާކަމެއް ނޫން ކަމަށެވެ. ކޮންމެ ރައްޔިތަކަށްވެސް އެތަނުން ވެލި ނެގުމުގެ ހުއްދަ އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގަ ހިންގާ ޕްރޮޖެކްޓަކަށް އަމީން ކޮންސްޓްރަކްޝަނުން އެމީހުން ހަވާލުކޮށްގެން ބަޔަކު ވެލި ނަގާ. އެތަނުން ވެލި ނަގަނީ ހަމައެކަނި އެމީހުންނެއް ވެސް ނޫން" ޖަބީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އައްނި

    ޔާމީންސަޕޫޓަރުންނައް ހަޖަމުނުވަނީ އެރަށުގާ ވެލިފުނި އޮންނަތާ ކިތަންމެ ދުވަހެއް ދެން އެތާއުޅޭ ބަޔަކު އެވިއްކުމަކުން ކޮބާމައްސަލައެް އެރަށުގެ އެއްކޮޅު އަމީނުކޮންޓްރަކްޜަރުންވެގެން ކިއްކާވެސް ނިއްމާލަދީފި ދެން ލަލަލަ