ތ. ވިލިފުށީ ކައުންސިލުން ކޮންމެ އަހަރަކު އެރަށުގެ ކޮންމެވެސް އެއް ރައްޔިތަކު ހައްޖަށް ފޮނުވުމަށް ނިންމައިފިއެވެ.

ތ. ވިލިފުށީ ކައުންސިލްގެ ރައީސް ހުސައިން ޖަބީން "ވަގުތު" އަށް ވިދާޅުވީ، މިކަން ކުރުމަށް ހަމަޖެހިފައި ކައުންސިލް ބަޖެޓުގެ ތެރެއިން ކަމަށާއި، މިހާރު ވާނީ ކައުންސިލްގެ އެހީގައި ހައްޖަށް ދާން ޝައުގުވެރިވާ ފަރާތަކަށް އެ ފުރުސަތު ދިނުމަށް ގެޒެޓުވެސް ކޮށްފައި ކަމަށެވެ.

މިއީ މިހާރު އޮތް ކައުންސިލުން އިންތިހާބުގެ ކުރިން ވެފައިވާ ވައުދެއް ކަމަށް އޭނާ ވިދާޅުވިއެެވެ.

ޙައްޖުދަތުރަށް އެދޭ ފަރާތުގެ ޝަރުޠުތައް:

ފަރުޟު ޙައްޖެއް އަދާކޮށްފައިވާ މީހެއްކަމުގައި ނުވުން.

  1. - ވިލުފުށީގެ ރަށްވެހީންގެ ރަޖިސްޓްރީގައި ހިމެނޭ މީހެއްކަމުގައިވުން.
  2. - އަމިއްލަ ޚަރަދުގައި ޙައްޖަށްދާނެ ތަނަވަސްކަން ނެތްމީހެއް ކަމުގައިވުން.
  3. - މީލާދީގޮތުން ޢުމުރުން 50 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  4. - އެހެންމީހެއްގެ އެހީއާނުލައި އަމިއްލައަށް އުޅެވޭ ފަދަ ޞިއްޙީ ޙާލަތު ރަނގަޅު މީހެއްކަމުގައިވުން.
  5. - ޖިނާއީ ކުށެއްގެ ތުހުމަތުގައި ތަހުޤީގު ކުރެވެމުންދާ މީހެއްކަމުގައި ނުވުން އަދި އެފަދަ ކުށެއް ސާބިތުވެ ޙުކުމް ތަންފީޒު ކުރަމުންދާ މީހެއް ކަމުގައި ނުވުން.

ޙައްޖުދަތުރަށް އެދޭ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް:

  1. - މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ދެފުށުގެ ކޮޕީ
  2. ފޮލިސް ރިޕޯޓް ( 3 މަސްނުވާ )
  3. - ފާއިތުވި 6 މަސްދުވަހުގެ ބޭންކް ސްޓޭޓްމެންޓް (ބޭންކް އެކައުންޓު ހުޅުވާފައިވާނަމަ)

މިކަމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މޭމަހުގެ 19 ވަނަ ދުވަހުގެ 2:00 އެވެ. އީ-މެއިލްމެދުވެރިކޮށް ފޯމު ހުށަހަޅާ ފަރާތްތަކުން މިފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފޮނުވާނީ ވިލިފުށި ކައުންސިލް އިދާރާގެ މެއިލް އެޑްރެސް [email protected] އަށް ކަމަށް ކައުންސިލުން ކުރި އިއުލާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މާޝާﷲ ވަރަށް ރަނގަޅުކަމެއް

  2. Anonymous

    އެންމެ މީހަކަށް ހައްޖު ދަތުރެއް ދިނުމަށް ވުރެ އެ ލާރިން ގިނަބަޔަކަށް ހެޔިކަމެއް ފޯރުކޮށް ދިނިއްޔާ މާސަޅިވާނެ..
    ހައްޖު ވަޖިބުވަނީ ކެރިކުޅަދާނަވެ އެހާ ފޯރުންތެރުކަން ހުރިނަމަ