މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ދަރުސް ދެއްވުމަށް ރާއްޖެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ވިދާޅުވީ މިއަދުގެ މެންދުރުގެ ވަގުތެއްގައި މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މުފްތީ މެންކަށް މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ އަޙްމަދު ޒާހިރު އަލީ އާއި މިނިސްޓްރީގެ އިސްވެރިން ކަމަށެވެ.

މުފްތީ މެންކް ރާއްޖެ ވަޑައިގެންފައިވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ދަތުރުފުޅުގައި އޭނާ މާލެ އާއި އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީއަށް ވަޑައިގަންނަވާނެއެވެ.

މާދަމާ ސަލްމާން މިސްކިތުގައި ހުކުރު ނަމާދު އިމާމުވެ ކުރެއްވުމަށް ހަމަޖެހިފައިވަނީ މުފްތީ މެންކެވެ.

މީގެ ކުރިންވެސް އިސްލާމިކް މިނިސްޓަރުގެ ދައުވަތަކަށް މުފްތީ ރާއްޖެ ވަޑައިގަތެވެ. އަދި އެފަހަރު ރާއްޖެ އައިސް އެކި ކަންކޮޅުތަކުގައި ދަރުސް ވެސް ދެއްވިއެވެ.

އަދި 2018 ވަނަ އަހަރު ތެރޭގައިވެސް އޭނާ ރާއްޖެ ވަޑައިގަތެވެ.

ޒިމްބާބްވޭގެ ހަރާރޭއަށް އުފަންވެ ވަޑައިގެންނެވި މުފްތީ މެންކް އަކީ ދުނިޔޭގައި މިހާރު ތިއްބެވި އެންމެ ނުފޫޒުގަދަ 500 އިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މުފްތީ މެންކް ފާހަގަ ކުރެވެނީ ދީނީ ހަރުކަށި ފިކުރާ ދެކޮޅަށް ވަރަށް ބޮޑަށް ތަގުރީރު ކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އޭގެ އިތުރުން ކްރިސްޓިއަން ދީނާއި އަދި އެހެން ދީންތަކުގެ މީހުންނާއި ދެކޮޅަށް ވެސް ހަމަނުޖެހުން ނުހިންގާ ސުލްހަވެރިކަން އިސްކުރަން އޭނާ ވަރަށް ގިނަ ދަރުސްތަކުގައި ނަސޭހަތްތެރިވެ ވަޑައިގަންނަވައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޓިނޭ

    ސަލްމާން މިސްކިތްތަ ނޫނީ އިސްލާމީ މަރުކަޒުތަ ؟

  2. އަހުމަދު

    ކާފަރުން ރުހޭ ގޮތަށް ދަރުސްދޭ ޕަޕެޓެއްތީ......

    6
    18
    • ފޮސް

      ސޯ ހެޕީ

  3. އަމާ

    ތަންކޮޅެއް ސައްޙަ މަޢުލޫމާތު އާންމުންނަށް ފޯރުކޮއްދޭން ވެއްޖެނޫންތަ..އެއްފަހަރު އިސްލާމީ މަރުކަޒުގަ، އަނެއްފަހަރު ސަލްމާނުގަ، ސަފާ އާއި މަރުވާ ދެމެދު ދުވި ގޮތަށް އަހަރުމެން މިޖެހެނީ މާދަން އިސްލާމީ މަރުކަޒުގަ އާއި ސަލްމާން މިސްކިތާ ދެމެދު ދުވަން..

    9
    2
  4. ގިނި

    ޕަޕެޓެއް ތިއީ، މަޝްހޫރު ކަނ ނޫން އެއްޗެއް ބޭނުމެއް ނުވާނެ.
    ޑެންމާކްގެ އޮފިސަރަކާ ދައްކާ ފަ އޮތް އިންޓަވިއު އަޑުއަހާލަބަ މިކަލޭގެ ފެންވަރު އެނގޭނެ

  5. ބޯދިގުޒައީމް

    ޢިންޑިއާ ފުރާންސް އެމެރިކާ އިޒްރާއީލް ކުޅުނުގޭމް ކޯލިޝަންވެސްހެދި ކުދިޕާޓީތަކާ މިއަދުއެމަންޒަރު ބަލާލީމަ ފެއްނާނެ ދެފުއް އެމީހުންގެ ވޯޓްހޯދަން ކޮއްމެކަމެއްވެސް ކޮއްފަނާއެމީހުންވެސް 2008 2018 އަށް އަދާލަތުގެ އެކިލީޑަރު އެކިޕޯޑިއަމްތަކުގަދައްކާފަ ހުރިވާހަކަތައް އަޑުއަހާލީމަ ވަރައްސާފުވާނެ އެމީހުން ދުއްވާމަސްދޯނި ތަކުގެ މަފުލަރުގަ ހުއްނަތަފާތު އަޑު ޓާބޯނުޖެހި ހުއްނައިރު

  6. ޙުސެމްބެ

    ޚިޔަންވާ އެއްޗިހިލިޔެއިސްލިކް މިނިސްޓަރ މުފްތީއާއި ހަވާލުކުރީ އުތަ

  7. އޯއި

    ތިބޭފުޅުން ބޭނުން ނުވާގޮތަށް ދަރުސްދޭ މީހުންނަކީ ކާފަރުން..ފުރަތަމަ ހެޔޮގޮތުގަ ޢިލްމު އުގެނިބަ…ބަޔަކު މީހުން ޖަހާ ޗިޕު ތަކަށް ހެއްލޭ މީހުން ތިގޮތަށް މީހުން ކާފަރު ކުރަމުން ދުވަނީ…ހެވާއި ނުބައި ވަކިކުރަން ނޭގޭމީހުން ތީ…

    1
    2
  8. މަޖާ

    މި ޑްރާމާއިން މި ފެންނަނީ މާ ދީނަށް ލޯބިކުރާ ސަރުކާރެއްކަން ރައްޔިތުންނަށް ދެއްކުން. ދެން އަހަރެމެން ކިޔަންވިއްޔޯ ސަރުކާރުގައި ލާދީނީ ކަމެއް ނެތޭ.