ދައުލަތުގެ އޮފީސްތަކާއި އިމާރާތްތައް ހިންގުމަށާއި އަދި ގުދަން ކުރުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުގެ އިމާރާތްތައް ދައުލަތުން ކުއްޔަށް ހިފުމަށް ގިނަ ފައިސާ ހޭދަކުރަން ޖެހޭތީ އެކަމަށް އަވަސް ހައްލެއް ހޯދަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި އެންމެ ކުރިއްސުރެ ވެސް ދައުލަތުގެ އޮފީސްތަކާއި އިދާރާތައް އަދި ގުދަންކުރުމުގެ ބޭނުމަށް އިމާރާތް ކުއްޔަށް ހިފަމުންދާތީ ގިނަ އަދަދެއްގެ ފައިސާ ހޭދަކުރަމުންދާ ކަމަށެވެ. އެގޮތުން އެކަމަށް މަހަކު 8.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުވަތަ އަހަރަކަށް 102 މިލިއަން ރުފިޔާ ހޭދަކުރަމުންދާ ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ.

އެ ނުރަނގަޅު އާދަ ދެމިގެން ދާގޮތަށް އޮތުމަކީ ދައުލަތުގެ ފައިސާ މެނޭޖް ކުރުމުގައި އިސްރާފު ބޮޑު، އަދި ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށާއި އަދި ދައުލަތުގެ އޮފީސްތަކާ އިދާރާތައް ހިންގުމަށް އެކަށީގެން ނުވާ ތަންތަނުގައި އެ ތަންތަން ހިންގުން ހުއްޓުވުމަކީ ބޭނުންތެރި ކަމެއް ކަަމަށް މުއިއްޒު ހުށަހެޅުއްބި ގަރާރުގައި ބުނެފައި ވެއެވެ.

"[އެހެންކަމުން] ކުއްޔަށް ހިފާ ކުއްޔަށް ހިފޭ އިމާރާތްތައް ވަކި މުއްދަތެއް ނެތް ގޮތަށް ދިގު މުއްދަތަށް ދެމިގެންދާ ގޮތަށް ދައުލަތުން ކުއްޔަށް ހިފައި އަހަރެއްގެ މައްޗަށް ދައުލަތުން މި ހޭދަކުރާ ފައިސާއަކީ މި ކަމަށް ހައްލެއް ގެނެވިއްޖެނަމަ ދައުލަތުގެ އެހެން ތަރައްގީގެ މަޝްރޫއުތަކުގެ އިތުރުން އާންމު ރައްޔިތުންނާ ސީދާ ގުޅުން ހުރި ހޭދަކުރެވޭ ފައިސާ ކަމަށްވާތީ އަދި އެކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ވިސްނުމާއި ޕްލޭނެއް އޮތް ކަމަށް ނުބެލެވޭތީ، ކޮރަޕްޝަނަށް މަގުފަހިވާތީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތައް މި މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށް މިކަމަށް އަވަސް ހައްލެއް ހޯދޭނެ ގޮތް ގޮތް ދެނެ[ގަންނަން ޖެހޭ] މުއިއްޒު ހުށަހެޅުއްވި ގަރާރުގައި ވެއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިސް

    ވަރައް މުހިންމު ބަހުސެއް....އޭގެ މިސާލެއް، ކުރީގެ ސްޓާރ ސިނަމާ ހުރި ބިމުގައި ޓުރާންސް ޕޯރޓު ހިންގުމްކީވެސް..އެކަށީގެން ނުވާ ބޮޑުއަގުގައި ހިފާފަ ހުންނަތަނެއް ސްޓާރ ސިނަމާ އަކީ. އެއްވުރެ މާމުހިންމުސަރުކާރުން ބިމެއް ނަގައި ގެން އޮފީށް އިމާރާތެއް އެޅުންވެސް

  2. Anonymous

    ޖުޑިޝަރީ އިސްލާހު ކުރަން އައި ޖޭއެސްސީވެސް ހިންގަނީ ކޮމިޝަން މެމްބަރުންނަށް ފައިދާ ވާގޮތަށް ބޮޑު ކުލިދީގެން ތަނެއް ހިފައިގެން !

  3. Anonymous

    އަދުއިންސާފު ޤާއިމް ކުރަން އުޅޭ ޖޭއެސްސީ އާއި ކޮރަޕްޝަން ހޯދަން އުޅޭ ކޮމިޝަން އެހިންގަނީ ބޮޑު ކުލިދީގެން ކޮންމެސް ބަޔަކަށް މަންފާ އެބަލިބޭ !