އައްޑޫ ސިޓީގައި ކުރިން ހިންގަމުން އައި ޝަންގްރިއްލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ ރިސޯޓް އަލުން ހުޅުވޭނެ ދުވަހެއް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅެއް ނުވި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އައްޑޫގެ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ރިސޯޓާއި ކެނަރީފް ރިސޯޓު ބަންދު ކުރިއެވެ. ނަމަވެސް ކޮވިޑުގެ ހާލަތު ރަނގަޅުވުމުން ކެނަރީފް ރިސޯޓު ވަނީ އަލުން ހުޅުވައިފައެވެ.

މިނިސްޓަރު މައުސޫމް މިދިޔަ ޖޫން މަހު ވިދާޅުވީ ޝަންގްރިއްލާ މި އަހަރު ހުޅުވޭނެކަމަށް ނުބެލެވޭ ކަމަށެވެ

އެ ރިސޯޓް ނުހުޅުވާތީ އައްޑޫ ސިޓީގެ މަޖިލިސް މެމްބަރުން ވަަރަށް ގިނައިން ޝަކުވާ ކުރަމުންދާ އިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެމްބަރު ވަނީ ޝަންގްރިއްލާ އަލުން ހުޅެވޭނީ ކޮން ދުވަހަކުންތޯ ސުވާލު ކުރައްވައިފަ އެެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ޝަންގްރިއްލާގެ 30 ޕަސެންޓް ހިއްސާ އޮންނަ އިރު ހިއްސާތައް ބަަދަލުކުރޭވެ ގޮތަށް ގާނޫނަށް އިސްލާހު ގެނައި ކަމަށާއި އަދި އެއާއެކު ހިއްސާ ބަދަލުކުރަމަށް ފިނޭންސް މިނިސްޓްރީން ގަވައިދެއް އެކުލަވާލި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ގަވައިދުގެ ދަށުން ހިއްސާ ބަދަލުކުރަން ހަދަން ޖެހޭ މިނިމަމް އިވެލުއޭޝަން ހަދާ ނިމި ފައިނަލް ރިޕޯޓް އަންނަ ހަފްތާގެ ތެރޭގައި ފައިނަލް ރިޕޯޓް ނިންމާލައި ފޮނުވާނެ ކަމަށެވެ. އެއާއެކު ހިއްސާ ބަދަލުކރުަން ސަރުކާރުން ދޭންޖެހޭ ލާރިއާއި ކަނޑަން ޖެހޭ އަދަދު ހައްލުކޮށް ނިމޭނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޝަންގްރިއްލާ އަލުން ހުޅުވަން އެތަން މަރާމާތުކުރަން ޖެހޭ ކަމަށް އެތަން ހިންގާ ފަރާތުން ބުނެފައިވާ ކަމަށެވެ.

"ދެން އެ ބޭފުޅުން [ަޝަންގްރިއްލާ ހިންގާ ފަރާތުން] ވަކިން އިއުލާންކޮށްގެން ޖޮއިންޓް އިންވެސްޓަރުން ހޯދުމުގެ މަސައްކަތެއްވެސް އެބަ ކުރިއަށް ގެންދޭ ޝަންގްރިއްލާގެ ފަރާތުން. ވަކިން އެ ހުރިހާ ކަމެއްގެ ތެރެއިން އެނގެނީ އެ ބޭފުޅުން އެކަމަށް ހައްލެއް ގެންނަން އެބަ ބޭނުންވާކަން، ކޮންމެ ކުއާޓާއަކަށް ސަރުކާރަށް ދެ ލައްކަ ޑޮލަރު ސަރުކާރަށް ދައްކަން ޖެހޭ. އެހެންވީމަ އެ ދައްކަ ދައްކާ ތިބުމަށް ވުރެ އެ މީހުން ވެސް އެ [ރިސޯޓް] ހުޅުވައިގެން ކުރިއަށް ގެންދަން މަސައްކަތް ކުރާން" މިނިސްޓަރު ވިދާޅުވި އެވެ.