އިދިކޮޅު ލީޑަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދުކުރާތީ އިމިގްރޭޝަންގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން އަމުރުކުރިތާ ދެމަސް ދުވަސް ވީއިރުވެސް އިމިގްރޭޝަނުން އަލުން އަނބުރާ ވަޒީފާ ދީފައި ނުވާކަމަށް އޭނާ ބުނެފިއެވެ.

ސިޔާސީ ފިކުރަށް ބަލާ އިމިގްރޭޝަންގެ ވަޒީފާއިން ވަކިކޮށްފައިވަނީ 2008 ވަނަ އަހަރުން ފެށިގެން އިމިގްރޭޝަންގެ އޮފިސަރެއްގެ މަގާމު އަދާކުރަމުން އައި މުހައްމަދު ޝަމްއާން ވަހީދެވެ. އޭނާ "ވަގުތު" އަށް ބުނީ އޭނާ އިމިގްރޭޝަންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާތީ ކަމަށާއި އަދި އޭނާގެ ސްޓޫޑެންޓް ލޯން ވެސް ސަރުކާރުން ކެންސަލްކޮށްފައިވާ ކަމަށެވެ.

އޭނާ ބުނި ގޮތުގައި ކުރީ ސަރުކާރުން އޭނާ ކިޔަވަން ހަމަޖައްސައިދީފައިވާ ސްޓޫޑަންޓް ލޯން ސިޔާސީ ލީޑަރަކަށް ތާއީދު ކުރާ ކަމަށް ލޭބަލްކޮށް ކެންސަލްކޮށް، ކިޔަވަމުން ގެންދިޔަ މާސްޓަރސް ޕްރޮގްރާމުން ކެނޑި އެނބުރި ގައުމަށް އައިސް އޮފީހަށް ނިކުތުމަށް މަޖުބޫރުކޮށް، އޮފީހަށް ނިކުތުމުން މަސައްކަތާއި ގުޅުމެއްވެސް ނެތް އިދާރާ އަކަށް (އެޗްއީއޯސީ)އަށް ގަދަ ކަމުން ބަދަލުކުރިކަމަށެވެ.

އަދި، އެޗްއީއޯސީ ގައި މަސައްކަތުގެ މާހައުލުގައި ހިނގަމުން ގެންދިޔަ ޖިންސީ ފުރައްސާރަ އާއި އެހެނިހެންވެސް ކަންކަން ބަޔާންކޮށް އެފަދަ މާހައުަލަކަށް މަސައްކަތު ދިއުމަށް އުޒުރުވެރިވެ، އެނޫން މަގެއް ފަހި ކޮށްދިނުމަށް އެދި އާދޭހާއެކު އެދުމުން، އުލިގަމުގައި ހުންނަ އިމިގްރޭޝަންގެ އޮފީހަށް ފޮނުވާލާށޭ ބުނެ، މީގެން އެއްވެސް ކަމަކަށް ބަލާލުމެއް އަދި އަޑު އެހުމެއް ނެތި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހަޢްމަދު އަޙްމަދު ހުސައިން (ހަނަފީ) ގެ ސީދާ އެންގުމަށް ކަމަށް ޝައްމާން ބުންޏެވެ.

މި މައްސަލައިގާ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި އެޗްއީއޯސީގެ މަސައްކަތަށް ހަމަ އެ ސަބަބާއިހުރެ ދިޔުމަށް އުޒުރުވެރިވި ބައެއް އެހެން މުވައްޒަފުންނަށް އިމިގްރޭޝަނުން ވަނީ ބަދަލުގައި އެހެން މުވައްޒަފުން ހަމަޖައްސައިދީފައެވެ.

ޝަމްއާން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާޢީ އަދުލުވެރިކަން ގާއިމްކުރުމެއް ނެތި ކަމަށް ފެންނާތީ އޭނާ މަގާމުން ވަކިކޮށްފައިވަނީ ބޭއިންސާފުން ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޓްރައިބިއުނަލްގެ އަމުރުގައި ވަނީ އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބަލާ އަދާކުރަމުން އައި ވަޒީފާ އަނބުރާ ރުޖޫއަކޮށްދީ، މަގާމުން ވަކިކުރި ތާރީހުން ފެށިގެން މިއަދާއި ހަމައަށް ލިބެންޖެހޭ އެންމެހާ މުސާރައާއި އިނާޔަތްތައް 30 ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް އަމުރުކުރާކަމަށެވެ.

ޝައްމާން މިއަދު ބުނީ އޭނާ މިގްރޭޝަންގެ ވަޒީފާއިން ވަކިކުރީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކަމަށް ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލް އިން ސެޕްޓެމްބަރ 01 ގައި ނިންމައި، އޭނާއަށް ވަޒީފާ އަނބުރާ ރުޖޫޢު ކޮށްދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށާއި އިމިގްރޭޝަންގެ މައްޗަށް ކޮށްފައިވާ އަމުރަށް މިއަދާ ހަމަ އަށް ވެސް ތަބާވެފައި ނުވާ ކަމަށެވެ.

މި އަމުރު ތަންފީޒުކޮށްދިނުމުގެ އަމުރަކަށް އެދި ހުށަހަޅަން މިހާރު ނިންމާފައިވާ ކަމަށް ޝައްމާން ބުންޏެވެ.

ޝައްމާން ބުނީ މިއަދު ސިވިލް ސަރވިސް ކޮމިޝަނާއި މޯލްޑިވްސް އިމިގްރޭޝަން މި ފެންނަނީ ސިޔާސީ ނުފޫޒުން ފޯވެފައިވާ މުޢައްސަސާތަކެއްގެ ގޮތުގައި ކަމަށެވެ. ބޭއިންސާފަށް ލޯބިކުރާ މި ސަރުކާރު ބަދަލުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝައްމާނަށް ވަޒީފާ ދޭން އަމުރު ކުރުމުން ވެސް އަމުރަށް ތަބާނުވާ ސަބަބެއް އިމިގްރޭޝަނުން ސާފުކޮށެއް ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ރޮޒޭ

    ދޭނެ ކަމެއްނެތް..

    3
    11
  2. ބަމަށިން

    ޝައްމާން އިމިގްރޭޝަންގެ ވަޒީފާއިން ވަކިކުރީ އޭނާ އޮފަިސްތެރޭގައި ވަރަށް ވަސްނުބައި ފޮޑިޖަހާތީ އެކަމާހުރެ އެހެން މުވައްޒަފުން މަސައްކަތްކުރުމަށް ދަތިވާތީ

    2
    9
  3. ޙަނދުކޭތަ

    ސާބަހޭ ކަލޯ މިހާރުވެސް ސޯލިހައް ތާއީދު ކޮއްބަލަ ތިކަން ހައްލުވީ ސޯލިހަކީ ދުވާދީފަހުރި .....ކާޅެކޭ ބުނާތީ އަޑުއަހަން ލޮޕް ރަސޫލާ ހިންގެވިމަގުންނޯލަ ހިނގަނީވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ ލޮލް

  4. ނިއުމާ

    ލޯއެންފޯސްމެންޓް ކުރާ މުވައްޒަފަކު އެއްވެސް ޑިސިޕްލިންއެއް ނެތި ތަނތަނުގެ ވެރިންނައް ފުރައްސާރަކުރަންޔާ އެއީ ކޯޑްއޮފްކޮންޑަކްޓްއާ ހިލާފްވީ.

    5
    1
  5. ނަމަ

    ނުފޫޒުގަދަ ބާރުހުރި ވެރިން އެބައިގޭތާ