ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މަގާމުން ވަކިކޮށްދޭން މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިން އެދިވަޑައިގެންފިއެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ސްލޮޓެއްގައި މަގާމަށް އައްޔަންކޮށްފައިވާ ޝިމާޒް ވަކިކޮށްދޭން މިނިސްޓަރު އެދިވަޑައިގަތީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިގޮތުން، ޝިމާޒް ހިމެނޭހެން ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީގައި ހިމެނޭ މެމްބަރުންތަކެއް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރާއްޖޭގައި ދުއްވާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރުމަށް ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރި މައްސަލައެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ދާދިފަހުން ވަނީ ބަލާފައެވެ.

އަދި، އެ މައްސަލައިގާ ޝިމާޒްގެ އިތުރުން ފަސް މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ވެސް އޭސީސީން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.

މީގެ އިތުރުން އޭސީސީން ބުނި ގޮތުގައި ފިނޭންސް މިނިސްޓްރީން ވަނީ އެ މައްސަލަ ބަލައި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑާ ބޯޑުންކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް އަންގާފައެވެ. އަދި، މިދިޔަ އޭޕްރިލް މަހުގެ 15ގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑާއެކު ގާއިމްކޮށްފައިވާ އެއްބަސްވުން ބާތިލްކޮށްފައެވެ.

މިނިސްޓަރ އައިޝަތު ނަހުލާ މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް
މިނިސްޓަރ އައިޝަތު ނަހުލާ – ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރައީސް އޮފީހަށް ފޮނުވި ސިޓީގައި ނަހުލާ ވަނީ، ޝިމާޒްއާ ގުޅޭ ހިޔާނާތުގެ ސީރިއަސް މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށް ވިދާޅުވެފައެވެ. މިގޮތުން، ގަވާއިދާ ޚިލާފަށް އުޅަނދުތައް ރަޖިސްޓްރީކޮށްދީގެން ނާޖާއިޒު ފައިދާ ހޯދުމުގައި ޝިމާޒްގެ ބައިވެރިވުން އޮތް ކަމަށް ވެސް ނަހުލާ ވަނީ ތުހުމަތުކުރައްވާފައެވެ.

ރާއްޖޭގައި ދުއްވާ ހުރިހާ ވެހިކަލްތަކުގެ ނަމްބަރު ޕްލޭޓް ބަދަލުކުރަން ވަސާޖިއޯ ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކުރީ ރާއްޖޭގައި ދުއްވާ 120،000 ވެހިކަލްގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން އެ ކުންފުންޏަށް 68 މިލިއަނަށް ވުރެން ގިނަ ރުފިޔާ އަދި އޭގެ ފަހުން ވެސް އެ ކުންފުންޏަށް އެ މަސައްކަތުން ފައިދާވާ ގޮތަށް ކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލައިގައި އޭސީސީން ޝިމާޒްގެ މައްޗަށް ދައުވާކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޚަލީލް

    ތިޔަ ނަހުލާއަކީ ވަކި ސަހަލު މީހެއްތަ؟ އޭނާއަކީ އެ ތަނުގައި ހިނގި ކޮރަޕްޝަނުގެ މައްސަލަތަކެއް ކަމާބެހޭ އިދާރާއަށް ރިޕޯޓުކުރި މުވައްޒަފުން ހޯދަން ފުލުހުންނަށް މައްސަލަ ހުށަހެޅި މީހެއް ކަމަށް އެތަނުގެ ބައެއް މުވައްޒަފުން ބުނޭ. އެކަމުން އެނގެނީ އޭނާއަކީ އޭނާއާ ގުޅޭ މުވައްޒަފުން ހިންގާ ކޮރަޕްޝަނުގެ ޢަމަލުތަކުގައި ބައިވެރިވާ މީހެއްކަން. އަދި ކޮރަޕްޝަނުގެ އެތައް މައްސަލައެއްގެ ތުހުމަތު ކުރެވޭ މީހަކު އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށް ހަދަން އެތައް މަސައްކަތެއް ކުރި މީހެއް އޭނާއަކީ. އެތައް ފަހަރަކު އެދިގެން ވެސް ސިވިލް ސަރވިސް ކޮމިޝަނުން އެކަން ކޮށް ނުދިނީމާ އެކަން ނުވީ. އަދި އޭނާއަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާކަން ސާބިތުވެފައިވާ މީހެއް.

  2. ޑައެލޯގް

    މިސަރުކާރުއައީ ޒީރޯޓޮލެރަންސް ކިޔާފައެވެ. ނަމަވެސް އެންބެ ބޮޑެތިވައްކަންކޮށްފައިވަނީ އަދި ފިޔަވަޅުނޭޅިވަނީ މިސަރުކާރަށެވެ، އެކަންދާދިފަހުން އިބޫވެސް އެއްބަސްވެފަވެއެވެ. ނަހުލާވެސް އެކަމުގައި ހިމެނެއެވެ. ނަމަވެސް ގާސިމުގެނުފޫޒުގައި ފިޔަވަޅެއްނޭޅޭނެއެވެ. ގާސިމުޕާޓީގައި މުޅިންވެސް އުޅެނީމިކަހަލަމީހުނެވެ. ގާސިމުގެ ނުފޫޒުއެގެނީ ދާދިފަހުން ގާސިމުގެ ދަރިއަކު މީހެއްގެ ކަރަށްވަޅިޖެހިތުހުމަތު އޮތްހިނދު ފުލުހުން އެއަށްވީގޮތްވެސް ބުނެނުދެވުމުންނެވެ. އެވަރުގެ ލޮނުމަޑުމީހެއްއިބޫއަކީ އެހެންވެ ކޯލިޝަނުގެ މީހުނާއި އިންޑިޔާއިން އިބޫބަހައްޓަން ބޭނުންވެގެންއެއުޅެނީ ފޯޅަވަހިވެސް ގެއްލުނީއެވެ.

  3. ސިފާން

    ސިމާޒް ތިޔަ ބުނާ ވައްކަން ކުރި ދުވަސްވަރު، ނަހުލާ އާ އެއްދާން ނުކުރާކަން އެކެނި، އެހާ ގާތުން އުޅުނީ، އޭރު މިނިސްޓަރު މިކަން ނުބެލީ ކީއްވެބާ ؟ މިނިސްޓަރުގެ ބައިވެރި ވުން އޭގަ ނެތި ނުދާނެކަން ޔަގީން

    • އެއްދާން

      އެއްދާން ނުކުރާކަމެއްވެސް ޔަގީނެއްނޫން.