އެހެން ދީނެއްގެ ކަންކަމަށް ހިތްވަރުދީ އެ ދީނުގެ ކަންކަން ރާއްޖޭގައި ކުރަން އޮތީ މަގުފަހިކޮށްދީފައި ކަމަށް ސަލަފް ޖަމިއްޔާގެ ޗީފް މާކެޓިންގ އޮފިސަރ އަދި ސަލަފް ޖަމިއްޔާ އިން ހިންގާ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރާ އަލީ ރަމީޒު ވިދާޅުވެއްޖެ އެވެ.

އަލީ ރަމީޒު އެފަދައިން ވިދާޅުވީ އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އަޅަން ހަވާލު ކޮށްފައިވާ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސް އިންފްރާސްޓްރަކްޗާއިން އެ މަސައްކަތް ފަށަން ހިންދޫ ދީނުގެ އަޅުކަން ކުރި މައްސަލައާ ރާއްޖޭގައި ސަލީބުތަކެއް ބޭނުންކޮށްގެން ހެލޮވީން ފާހަގަކުރި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށެވެެ.

އެ މައްސަލަތަކާއި ގުޅިގެން މާބޮޑަށް ފާޑުކިއުންތައް އަމާޒުވުމުން އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ބަޔާނެއް ނެރެފަ އެވ.ެ

އެ ބަޔާނުގައި ބުނީ ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށްވާއިރު ރާއްޖޭގެ ރަށެއްގައި އެހެންދީނެއްގެ ޝިއާރެއް ބޭނުންކޮށްގެން އެއްވެސްކަމެއް ކުރުމަކީ ޤާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށެވެ.

އަދި ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖޭގެ އަމަންއަމާންކަމާއި ސުލްޙަ މަސްލަހަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއްކަމަށްވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމްވެގެންވާ ކަމެއްކަމަށް އެ ބަޔާނުގައި ވެެއެވެ.

އަދި އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރއަޙްމަދު ޒާހިރު އެކަން ކުށްވެރިކުރައްވާ އެ މައްސަލަ ބައްލަވަން ފުލުހުންނަށްވެސް ހުށަހަޅުއްވާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިނިސްޓްރީގެ ވާހަކަތަކަށް ފާޑުވިދާޅުވި އަލީ ރަމީޒް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ޝިއާރުތައް އާންމުކޮށް ފާޅުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންކަމަށް އިންކާރު ކުރާ ކަމަށް އަޑަށް ބާރުލާފައި ބުނަނީ އެފަދަ ކަންކަމަށް ހިތްވަރުދީ އެ ޖަރީމާތައް ހިންގުަށް ފަހި ކޮށްދީފައި ކަމަށެވެ.

ފަހަކަށް އައިސް އިސްލާމްދީނާއި ހިލާފު ކަންކަން ކުރުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. ނަމަވެސް އެފަދަ ކަންކަމާއި ގުޅިގެން ސަރުކާރުން ފިޔަވަޅެއް ނާޅާ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. މަހާރެހެންދިއަކަށްވެސް ނުވެވުނު ޖުއްލާބު ކަދުރު ފަޒުނާއަށް ނޭޅުނު ވަގު މިސްކިތް

    އައްޔަ ތިބުނީ ތެދެއް، މިމީހުން ގޮތްގޮތަށް އުޅެން ޔޫރަޕައް ދާންވީ ކުއްތާ ދުއްވަން ކޮންމެހެން މި ބިން ހަލާކުކުރަން އުޅޭނެކަމެއްނެތް

    19
    1
    • Anonymous

      ދިވެހިންގެ ތެރޭގައި ގިނައީ ނަފުސާނީ ބަލިމަޑު ކަމުގައި އުޅޭ ނަފުސާނީ ބަލީގެ މީހުން އެމީހުނަށް ރަގަޅުފަރުވާ ލިބެންޖެހޭ !

  2. Anonymous

    މިހާރު ވަރަށް ޖޭވާނެ ބައެއްމީހުން ޢަލީ އެއްޗެކޭ ބުނެފިއްޔާ. ކަލޭމެން ހަމަޖައްސާލާ. އެ ގޮތަކަށް ލަވަ ވެސް ނުކިޔޭނެ،އޭނާ އާއި އެއް ފެންވަރަކަށް ވެސް ނުދެވޭނެ ހަޖަމުކޮށްލާ

    24
    4
  3. ރާކަނި ސައްތާރު

    ޢަވަރ ފިއުޗަރ ޕްރެސިޑެންޓް ލަވަ އަލީ

    2
    4
  4. ދިވެހި މުސްކުޅިން

    ތިގޮތަށް އަލީ ރަމީޒު ބުނީމާ ތިބުނެވުނީ ނުހައްގު ބުނުން ގޯސް ބުނުމެއް އަދި ތި ބުނުން ތިވާނީ ބަޔަކު ހިންގި ގޯސް ކަމަށްވުރެ ގޯސް އަދި ނިޔަތުގައި ކުރާ އިސްތިހާރަކަށް އެބަހީ ތިކަމަށް ތިޔަ ދެވޭނީ ހިތްވަރު ކޮންތާކުން އުނގެނޭ ބައެއް މީ. އިންސާނީ އަޚްލާގަށް ވާންޖެހޭނީ އިސްލާމްދީން

    1
    6
  5. ނަމަސްތޭ

    ވެއިޓް އަ މިނިޓް . . ހޫ އާ ޔޫ

  6. ދިވެހި ޒުވާނުން

    ރާއްޖޭގެ ދަނޑުތަކުގައި އިސްލާމްދީން ގަބޫލުކުރާ މީހުންވެސް ކުޅޭ މެޗަކުން މޮޅު ލިބުނީމަ އެޖައްސާ ވައްތަރު ތައް ޖައްސާއިރުވެސް މިއޮތްހާ ޒަމާނަށް އަތްޖަހާލަން ތިބީމެއްނޫން.

    3
    1
  7. Anonymous

    ދައްޖާލުގެ އެއްލޮލަށް ނުފެންނަ ވާހަކައަކީ މަޒާޖީ ބަހެއް. ވަކިވެރިކަމެއްގަ ކުރާކަންކަންފެނިފަ ތިމާ ތާޢީދުކުރާ "ވަގުންގެ" ވެރިކަމުގަ ކަންކަން ނުފެންނާނީވެސް ދައްޖާލުންނަށް. ވަﷲ އަޢުލަމް!

    2
    4
  8. ޕާސްދޮންނަން

    ކާށިބިންނަން އިންޑިޔާއަށްދޭ
    އެހެންދީންތަކައް އުޅެން އެކަހަލަ ގައުތަކައްދޭ
    ޕާސްދޮންނަން ކަލޭގެ ދެއަތް ކުޑަހޭ

  9. ކޯޓު

    އައްޑޫގަ އެއްވެސް ކަމެއް ނުކުރިއްޔާ ރަނގަޅީ އެއީ މިރާއްޖޭގައޮތް އެންމެ ހިތުން މޮޅު އެކަމަކު ކަމުން އެންމެ ގިނަ ބެކްވާޑެޑް މީހުން އުޅޭތަން. ގިނަމީހުންނަކީ ވަރަށް ވަރިހަމަ ބައެއް ،މިހާރު ކާޑު އަގުބޮޑުވެގެން، ސަރުކާރުން ވައްކަންކުރާތީ، ކަންކަން ނުވާތީ ގަނޑު ހިފައިގެން މަގުމައްޗަކައް އެމީހުން ނިކުންނާކަށް ނުކެރޭ ކުރެވޭހާވެސް ކަމަކީ ގަސްގަހާގެއްސާއި ކާވެނިވުން ރައްޔަތުންގެ ލާރިން ތިންފައްފިލުވުން

  10. Anonymous

    ކާށިބިނދެ މަސްހުނި މޮޑެ އެ ހުރިހާ ކަމެއް ކުރިއިރު ވީޑިއޯ ކުރި ބަޔަކަށް ވެދުމާއި ސަލާމާއި އައްސަރިބަސް. ތީ ވަގުތުން ވަގުތައް ހުއްޓުވާ ން ޖެހޭ ކަމެއް

  11. Anonymous

    އާދެ ރާއްޖޭގެ ގާނޫނު އަސާސީގަ އެބަބުނޭ ރާއްޖެ އަކީ %100 މުސްލިމު ގައުމެކޭ، އެހެންދީންތަކައް ޖާގައެއްނެތޭ، އެހެން ކަމަށް ވާނަމަ މިކަހަލަ ލާދީނީ ކަންކަން ކުރަން ހިތްވާ ބަޔަކު އެފަދަ ކަންކަން ކުރެވޭ ކަހަލަ ގައުމަކަށް ގޮސް ވައްތަރުވައްތަރަށް އުޅެންވީ
    މިގައުމުގަތިބެގެން ވެންވައްތަރު ޖައްސާނެކަމެއްނެތް

  12. މުހައްމަދު

    އައްޔަ އަކީ ގައުމު ބައިކުރުމަށް މަސައްކަތް ބާރަށް ކިރިއަށް ގެންދާ ބޭފުޅެއް

    2
    12
    • ޙީރޯ

      އަލީއަކީ މިގައުމުގެ ހީރޯއެއް ޒުވާނުންނަަށް ނަމޫނާބޭފުޅެއް އިސްލާމްދަިނަަށް ނަސްރު ދިން މުސްއަބު ބުނު އުމޭރު ފަދަ ފަހުލަވާނެއް އަލީ ތިކުރަަ މަސައްކަތުގާ ބަރަކާތްލައްވާށި އަަމީން

      7
      2
  13. ކިސަޑު

    އެފަދަ ކަންތަކަށް މަގިފަހިކޮއްދިން މީހުންނަށް ﷲ ގެ ލައުނަތްލިބޭނެ ޔާ ﷲ އަޅަމެންނާއި ދަރިން މި މުސީބާތުން މިންޖުކޮއްދެއްވާނދޭވެ

  14. ނާރު

    އެފަދަ ކަންތަކަށް މަގިފަހިކޮއްދިން މީހުންނަށް ﷲ ގެ ލައުނަތްލިބޭނެ ޔާ ﷲ އަޅަމެންނާއި ދަރިން މި މުސީބާތުން މިންޖުކޮއްދެއްވާނދޭވެ އަދި މި ވެރިކަން ދެއްވިފަރާތުން ގެންދެވުން އަވަސް ކުރައްވާށި އާމީން

  15. ބަބޫ

    މިކަހަލަ ދީނީ އިލްމު ނުކިޔަވާ ތިބި ރޯނުއެދުރުން ދީނީ ވާހަކަ ދައްކާތީ މީހުންގެ މެދުގައި އޮންނަ ދީނީ ލޯބި ކުޑަވަނީ. އަލީރަމީޒު ދީނީ އިލްމު ކިޔެވި ތަނެއް މިދުނިޔެމައްޗަކު ނެތް. ނުކިޔަވާ ފިތުނަފަސާދަ ނޫންކަމެއް ނުވާނެ. މިކަހަލަ ރޯނު އެދުރުން ހުއްޓުވަން އެބަ ޖެހޭ

    2
    8
    • ލޮލް

      ކަލޭ ތީ ރޯނު އެދުރެއް، ކަލޭ ކައިރީ ކޮންމެހެން ބުނަން ވާޖިބެއްނޫން ޢަލީ ރަމީޒު މާސްޓަރސް އާ ހަމައަށް ކިޔެވިކަން، ކަލޭ ވެސް ޒާތީ ނުވެ ކިޔަވަންވީ ދީން އުނގެނެންވީ

      10
  16. ވިކިލީކްސް

    މިދެން ކާކުތަ އަޅެ މާ ދީނީ ކަމަށް ހެދިގެން މިއުޅެނީ؟
    ފިތުނަ އުފެއްދުން ނޫން ކމެއް ނެތީތަ އަލީ؟
    އަންނަ ވެރިކަމުގަ މަގާމަކަށް ދަހިވެތިވެގެން...؟

    1
    6