މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގޮންޖެހުން ބޮޑު ހަތަރު އަހަރު ކަމަށާއި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ކޮވިޑް-19ގެ އާލަމީ ވަބާ އާއި ޔޫކްރޭން- ރަޝިއާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ވެސް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުގެ ސަބަބުން ދިވެހިރާއްޖެއަށް ވެސް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވެފައިވާ ކަމަށެވެ. އަދި، 2023 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ މައިގަނޑު މަގުސަދަކީ އެ ގޮންޖެހުންތައް ކުޑަކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަންދާޒާ މިކުރަނީ އާމްދަނީގެ ގޮތުގައި އާއި ހިލޭ އެހީއާއި ހިމަނައިގެން ގާތްގަނޑަކަށް 32 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް. ޑެފިސިޓަކީ ގާތްގަނޑަކަށް 8.4 ބިލިއަން ރުފިޔާ" އޭނާ ވިދާޅުވިއެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި 2023 ވަނަ އަހަރުގެ ޑެފިސިޓަކީ ޖީޑީޕީގެ ނިސްބަތުން %8.1 ކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މަސައްކަތް ކުރަނީ އަހަރަކަށް ފަހު އަހަރެއް ޑެފިސިޓް ކުޑަކުރަން ކަމަށެވެ. އަދި، މިހާރު ހުރި ހުރަސްތަކުން އަރައިގަތުމަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށް އަމީރު ވިދާޅުވިއެވެ.

"ޖީއެސްޓީ އާއި ޓީޖީއެސްޓީގެ ޕަސެންޓޭޖް ބޮޑުކުރަން އަޅުގަނޑުމެން ހުށަހަޅާފައިވާނެ، އެއީ އަޅުގަނޑުމެން މި އަންދާޒާ ކުރަނީ ޖީޑީޕީގެ ނިސްބަތުން %3ގެ ކަރެކްޓިވް މެޝާއެއްގެ ގޮތުގައި." އޭނާ ވިދާޅުވިއެވެ.

އަމީރު ގަބޫލުކުރައްވާ ގޮތުގައި މިހާރު ހުރި އިގްތިސާދީ ހިރާސްތަކުން އަރައިގަތުމަށް ކަރެކްޓިވް މެޝާސްތަކުގެ އިތުރުން ހަރަދު ކުޑަކުރުމަށް ވެސް ސަރުކާރުން އަންނަނީ ގިނަ ކަންތައްތަކެއް ނިންމަމުންނެވެ. މިގޮތުން ސަރުކާރުން ކުރާ ބޮޑެތި ހަރަދުތައް ހުއްޓުވާ، އެ ކުޑަކުރެވޭނެ ގޮތްތަކެއް މިހާރު ވެސް ހޯދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ދިމާވި އެންމެ ބޮޑެތި ގޮންޖެހުންތަކާއި އިގްތިސާދީ ގޮންޖެހުންތަކާއި އަޅުގަނޑުމެންނާއި ކުރިމަތިލީ އަހަރުތަކެއް. ކޮވިޑް-19 އާއި އެއްކޮށް އަދި މިހާރު ޔޫކްރެން ރަޝިއާ ހަނގުރާމަ އެއްކޮށް. މިކަންތައްތަކާއި އެކުވެސް އިއްޒަތްތެރި މަޖިލީހުގެ މެންބަރުންނަށް ވެސް އަދި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވެސް ފާހަގަވެގެން ދާނެ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން އެންމެ ދެކުނަށް ހަމަ ހުރިހާ ރަށެއްގައި ހެން ބޭސިކް އިންފްރާސްޓްރަކްޗާ ޕްރޮޖްކްޓްސްތައް އެބަ ކުރިޔަށް ގެންދަން" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގެ ވެސް ބޮޑު ބަޔަކީ އިގްތިސާދު ކުރިއަށްދާނެ ބޮޑެތި އިގްތިސާދީ މަޝްރޫއުތަކަށް ހަމަޖައްސާފައިވާ ފައިސާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަސަން

    އަހަރެމެން ރަށުގައި ހަދައިފައިއޮތް ބަނދަރެއްގެ މަގަތު ތޮށި ޖަހަމުންދާތާ އަހަރުވަނީ! އެން،ެ އެކުސްއެވޭޓަރެއް! އެންމެ ލޮރީއެއް!މަސްރޫޢުތައް ބާރަށް ކުރިއަށްކަމަށް ދޮގުހަދާ އަމީރު ބުނަނީ! ވަރަށް މަޖާ!ބައްތިރީސް މިލިޔަން ނުވަތަ ތޭވީސް މިލޔަން ރުފީޔާ ކޯސޓް!އަލަށް ބަދަރެއްހަދާހާ އަގު! ވަރަށް ސަޅި!

    10
  2. އަހޫ

    ކޮން ގޮންޖެހުމެއް ތިކިޔަނީ ކޮވިޑުވާހަކަތަ ، އެކަމުގެ ސަބަބުން ލިބުނުފައިސާ އާއި ބަޖެޓަށް ކަނޑައެޅިފައިސާތައްވެސް ބަހާލީނު އެއްވެސް ކަމެއް ނުކޮށް.

  3. ހައްސާނު

    ބުހުތާން ތާކުންތާކުނުޖެހޭ ބުއްދިޤަބޫލުނުކުރާ ވާހަކަތައްނުދައްކާ. ކުޑަކުދިންކާރީދައްކާ ތިޔަކަހަލަވާހަކަތައް. ހުރިހާނޫސްތަކެއްގަނެގެން ތަރައްގީއޭ ތަރައްގީއޭ ކިޔާޚަބަރުތައްޖަހަނީ. މުޅިންވެސް ހުންނަނީ ފައިބަރ ނެޓްލައިފިވާހަކަޔާ ، ބަނދަރު މަރާމަތުކުރާވާހަކަ. މާތާހިރުވާނެ މި ހަތަރު ލައްކަމީހުނަށް ތިންއިރުކާން ކޮށްތުދިނިއްޔާ.

  4. Khalid Waheed

    ފޮނި ކެނޑުން ފިޔަވާ ހިންގޭ އެހެން މަޝްރޫއެއް ނުފެނޭ.
    ފޮނި ބައިސާ ކެނޑުމުގެ މަޝްރޫ ވަރަށް ބާރު ސްޕީޑްގަ އެބަދޭ ކުރިއަށް. ޚާއްސަ ކޮއް މިދުވަސްވަރު.

  5. ހުސޭނުބޭ

    ގޮންޖެހުންތަކުން އަރާގަނަން ދެން ކަލޭގެ އާއިލާއަށް ބަޖެޓުގައި ހުރި ލާރިކޮޅު ދީ. އެހެންނު ނުޅިން ތި ހެދީ