އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރު ހިމެނޭހެން ގިނަ ތަންތަނުގައި "އިންޑިއާ އައުޓް" ޖަހައިފިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އައްޑޫ ހިތަދޫ ފާރުތަކުގައި އިންޑިއާ އައުޓް ޖަހާފައި ވަނީ ރައީސް ޔާމީން އެ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވިތަނާ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ އަލީ ނިޒާރު "ވަގުތު" އަށް ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫގެ ގިނަ ތަންތަނުގެ ފާރުގައި ސްޕްރޭ ބޭނުންކޮށްގެން އިންޑިއާ އައުޓް ޖަހާފައިވާކަމަށެވެ.

އިންޑިއާ އައުޓް ޖެހި ތަންތަނުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފާރުވެސް ހިމެނޭކަމަށް ނިޒާރު މައުލޫމާތު ދެއްވިއެވެ.

"ބޮޑަށް އަޅުގަނޑަށް ގަބޫލުކުރެވެނީ އިންޑިއާއާ ދެކޮޅަށް ރައީސް ޔާމީން ކުރައްވާ ކެމްޕޭންގެ ތެރެއިން ހިނގިކަމެއް ކަމަށް މިއީ ވެސް. ފިތުނަވެރި ވިސްނުން ރައްޔިތުންގެ ތެރޭގައި ފެތުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހިނގާ ކަމެއް ކަމަށް މިއީ" މޭޔަރ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ މި މައްސަލަ މިއަދު ކައުންސިލުން ވާނީ ފުލުހުންނަށް ހުށަހަޅާފައި ކަމަށެވެ.

"ވަގުތު"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައްްޑޫ ސިޓީގައި ހުންނަ ރައީސް މުހައްމަދު ނަޝީދުގެ އޮފީހުގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފައެވެ.

މީގެ ކުރިންވެސް ބައެއް ރަށްރަށުގައި އަދި މާލޭގައި ވެސް މި ކެމްޕޭނުގެ ދަށުން އިންޑިއާ އައުޓް ޖެހުމުން އެ މައްސަލަ ފުލުހުން ބަލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރީންދޫ ލޭ

    މި ޕިންކީ ކުދިންމީ ހަމަރަނގަޅަށްވެސް މޮޔަވެފަތިބި ބައެއް

    4
    30
    • އެނޮން

      ގައުމު ބަނގުރޫޓު ވެއްޖެ... އަދިވެސް ޕާރޓީ ދިފާޢު ކުރާތި.. މޮޔައީ ތި މ.ޑ.ޕ ދިފާއު ކުރާމީހުން

      19
      3
  2. ތ

    ކޮންމެހެން ޕިންކީންގެ ބޮލުގަ އަޅުވާނެކަމެއްނެތް. ތީ އެއްބަޔަކު ވަކި މަގުސަދެއްގަ ހިންގާ ކަމެއް. ބައެއް ގޭގެ ފާރުތަކުގަވެސް ތިހެން ޖެހީ އެ ގޭގެ މީހުނައް އެނގިގެނެއް ނޫނޭ ތީ ހަމަ ހަސަދަފިލުވަނީ

    12
    • Anonymous

      ތީ އެއުޅޭ ޔަސްރިފު އަޑީގަހުރެގެން

  3. ބަދަވި

    ތިޔަވާނީ ޔާމީނަށް އައްޑޫއިން ލިބޭ ތާއީދު ފެނި ހަޖަމް ނުވެގެން އެމްޑީ ޕީ ކުދިން ބޮލުރޮދި ކެނޑުނީކަމަށް

    17
    3
  4. Anonymous

    ތީ ޕޮރޮޕެގެންޑާ ފަތުރަނީ ކަމެއް ނުވާތީ ދެން މިކަހަލަ ކަމެއް ކޮއްގެން ރައްޔިތުންގެ އެޓެންޝަން ޑައިވަރޓް ކުރަނީ

  5. Anonymous

    ލާދީނީމީހާ ހިތުހުރިހާ ގޮތަކަށް މިގައުމު ލާދީނީ ނުކުރެވޭނެ. ޔާﷲ، ލާދީނީމީހާގެ ނުބައިކަމާއި ނުލަފާކަމާއި އަނިޔާވެރިކަމާއި ލާދީނީކަމުން އަޅަމެން ސަލާމަތްކުރައްވާފާންދޭވެ. އާމީން.

  6. ޛިޖ

    ޢިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަށްނުޖެހޭނެ.
    އެއީ ފިތުބައެއްނޫން. އެއީ މިނިވަންކަން.

  7. މިސްޓާރ ޓޭ

    އިންޑިޔާ އައުޓް!