މެދުޒިޔާރަތުގައި ދިދަ ނެގުުން ހުއްޓާލިތާ އެތައް އަހަރެއް ފަހުން އިއްޔެ އެތަނުގައި ދިދަ ނެގުމުން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކާއި ގުޅިގެން އަނެއްކާ ވެސް ދިދަ ބާލައިފިއެވެ.

މެދު ޒިޔާރަތަކުގައި މިއަދު ދިދަ ނަގާފައިވަނީ 30 އަހަރަށް ފަހުއެވެ. މެދު ޒިޔާރަތުގެ އިތުރުން ބޮޑުތަކުރުފާނުގެ ޒިޔާރަތްވެސް އާބާތުރަ ފިލުވައި ދިދަ ނެގުމަށް ނިންމާފައިވާ ކަމަށް ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

މެދު ޒިޔާރަތުގައި ދިދަ ނެގުމާއި އެކީ މީސްމީޑިއާގައި ބައެއް ދީނީ އިލްމުވެރިން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަމާއި ގުޅިގެން އެފަރާތްތަކުން ވަނީ ސަރުކާރަށް ވެސް ފާޑު ކިޔާފައެވެ.

އެގޮތުން ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ޒިޔާރަތަށް ނަދުރު ބުނުމާއި އެކަމަށް މަގުފަހިވާ ފަދަ ކޮންމެ ކަމަކީ ޝިރުކުގެ އަމަލެއް ކަމަށެވެ.

މެދު ޒިޔާރަތުގެ މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު އިރުއޮއްސެނިކޮށް މެދުޒިޔާރާތުގައި ހުރި ދިދަ ވަނީ ބާލައިފައެވެ.

ނަމަވެސް މިކަމާއި ގުޅިގެން ސަގާފީ ތަރިކަ ރައްކާތެރި ކުރާ ގައުމީ މަރުކަޒުގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މެދު ޒިޔާރާތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. އަދި 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.

މެދު ޒިޔާރަތް ކިޔަން ފެށީ އިހު ޒަމާނުގައި މާލޭގެ ބޮޑުމިނުގެ ނިސްބަތުން އެ ޒިޔާރަތް މާލޭގެ މެދުގައި ހުރުމުން ނެވެ. މެދު ޒިޔާރަތަކީ ކުރިން ނަދުރު ބުނެ އެތާ ކައިރިން ދާއިރު ހަމްދުއަޅަމުން އައި ތަނެކެވެ. އެކަން މަނާކުރީ 1957 ވަނަ އަހަރުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އުގުރި

    އަދާލަތު... ދެން ބާރަށް އައިޖަހާ

    13
    1
  2. ހުރުމަތް

    ދިދަ އަވަހަށް ނަންގަވާ،
    އިރުއޮއްސުނީމަ ބާލާނީ!

  3. Anonymous

    މީއަބަދުވެސް ކުރިން ބުނާއެތި ކެންސަލު ކުރާބައެއް.

    12
    1
  4. ދަރަނި ދަންތުރަ

    ހަރަދު ކުޑަ ކުރާށޭ ކިޔަ ކިޔާފައި ކޮންކަމެއް މި ކުރަނީ ، ދިދަ ފަހާފައި ރުފިޔާ ތަކެއް ޕަކަޅާ ކޮށްލީދޯ ވަށްކަމެއް ނުކުރާނެ އިރާ ވީދާ ނޮޅާ ކަނީ ދޯ ޗޯރު އިބޫ

  5. ކިޔު

    ހަރުކަށި، ކޮންމެ ކަމެއް ބިދުއައޭ ކިޔާ ބައެއް ބުނާއިރަށް ދިދަ ބާލާކަށް ނުޖެހޭ. ދިދަ ނެގުން ރަނގަޅު

    3
    5