އިއްޔެ ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިގަނޑުތައް ރާއްޖެ އިން ބޭރަށް ގެންދިއުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑުތައް ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރިން މިނިސްޓްރީއާއި އެގައުމެއްގެ އެމްބަސީ އަދި ފުލުހުން ގުޅިގެން ދަނީ ކުރަމުން ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ދިހަ މީހަކު ނިޔާވިއެވެ. އޭގެތެރޭގައި އިންޑިއާގެ ތިން އަންހެނަކާއި ބަންގްލަދޭޝް އަންހެނެއްގެ އިތުރުން އިންޑިއާގެ ހަތަރު ފިރިހެނަކާއި ބަންގްލަދޭޝްގެ ފިރިހެނަކު ހިމެނެއެވެ. ނިޔާވި އެކަކު އަދިވެސް ދެނެގުނަނެވޭ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުންނަ މ.ނިރުފެހިގެ (މ. ސެންޑްރޯޒްގެ ހުޅަނގު ބައި) ގައި ހިނގި އަލިފާނުގެ ހާދިސާއަކީ މިހާތަނަށް މާލޭގައި ހިނގި އެންމެ ގިނަ ބަޔަކު ނިޔާވި އަލިފާނުގެ ހާދިސާ އެވެ.

އަލިފާނުގެ ހާދިސާގައި ނިޔާވެފައި ވަނީ ގަރާޖުގެ މަތީގައި ލޭބާ ކުއާޓާސްގެ ގޮތުގައި ހަދާފައިވާ ދެ ބުރީގައި ކުދިކުދި ގޮޅިތަކެއްގައި ދިރިއުޅެމުން އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ބައެކެވެ. އެމީހުން ނިޔާވީ އަލިފާން ރޯވުމުން އެތަނުން ނިކުމެވޭނެ ގޮތެއްނުވެ، ތާށިވެގެންނެވެ.

އަލިފާނުގެ ހާދިސާގެ މައުލޫމާތު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ އިއްޔެ އިންޑިއާގެ ފޮރިން މިނިސްޓަރ ޖައިޝަންކަރު އާއި ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އަބްދުލް މޫމިން ދީފައެވެ. މިނިސްޓަރ ޝާހިދު ދެގައުމުގެ ފޮރިން މިނިސްޓަރުންނަށް އެމައުލޫމާތު ދެއްވީ އިއްޔެ އެދެބޭފުޅުންނަށް ފޯނުން ގުޅުއްވާފައެވެ.

އަލިފާނުގެ ހާދިސާގައި ގިނަ އަދަދެއްގެ ބިދޭސީން ނިޔާވެފައި ވާއިރު ބައިނަލްއަޤުވާމީ މީޑިއާތަކުގައި ވެސް ވަނީ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ހާލަތު ހުންނަ ގޮތް ސަމާލުކަމަށް ގެނެސްފައެވެ. އަދި ބިދޭސީންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގޮވާލާ ފަރާތްތަކުގެ ހުށަހެޅުންތަކަށް ސަރުކާރުން އިޖާބަނުދޭކަން ވެސް ބައިނަލްއަޤުވާމީ މީޑިއާގައި ފާހަގަ ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަކިކުރޭ

    ރައީސް އިބޫގެ ކައްޕަޅި ސަރުކާރު އިސްތިއުފާ ޖީވަނޭ ފޮރިނޭ މިނިސްޓަރު ކަމުން ވަކިކުރޭ އޭޖީ ކަމުން ވަގު ރިއްފަތު ވަކިކުރޭ ވަކިކު ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ ވަކިކުރޭ

    7
    2
  2. ވާނުވާ

    ތަމެންގެ ސަރުކާރުގެ މިނިސްޓަރުންނަކީ އެއީ ވާނުވާ މިނިސްޓަރުންނޭ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ ވާނުވާ

    7
    2
  3. މިތުރާ.

    ހަށިގަޑު ތައްރާއްޖެއިން ބޭރަށްފޮނުވާލީމަ ނިމުނީނޫން .އިންސާނުން އުޅެން ހެޔޮނުވާވަރުގެ ތަނަކަށް އިންސާނުން ވައްދާފަ އެބަޔެއްގެ އަތުން ބޮޑު މުސާރަ ނަގަމުން ދިޔަފަރާތާ، ގަރާަޖު އިންސާފުގެ ކުރިމަށްޗަށް ގެންނަންވީ ، މަރުވެދިޔަމީހުންގެ އާއިލާތަކަށް އަނިޔާލިބުނު މީހުންނަށް އިންސާފު ލިބެންޖެހޭ،

  4. ހުސް ވަގުން

    ކޮންސްޓަކްޝަން ކުންފުނިތަކުގެ ގިން ލޭބަރ ކުއާޓާޒްތަކުގެ ހާލަތަކީ މީ...ސަރުކާރުން މީގެން އެއްވެސް ތަނެއް ބެލުމެއް ނުވަތަ އިންސްޕެކްޝަން ކުރުމުގެ އެއްވެސްކަމެއް ނެތް...ރަގަޅު ހާލަތެއްގަ ލޭބަރުން ނުގެންގުޅޭ ކޮންސްޓަކްޝަން ކުންފުނިތަކުގެ ހުއްދަ ބާތިލްކުރުން ނުވަތަ ބޮޑު އަދަދަކުން ޖޫރިމަނާކުރުން މުހިއްމު...މިކަންވެސް ރިޝްވަތު ފައިސާ ހޯދާނެ އިތުރު ގޮތަކަށް ނުވާނެ އުސޫލެއްގަ ކުރިއަށް ގެންދިއުން މުހިއްމު.