މި ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ،

ރައީސް ސޯލިހު އެހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ކުޑަ ގޮޅީގައި ނުވަތަ ކުޑަ ގޮޅީގެ އަނގަ މަތީގައި ކަމަށެވެ.

އަދު ގޯހުން ހިނގާ ކަންކަން ރަނގަޅުކުރުމުގެ ފުރުސަތު ނިމިގެން ދިޔަ ސަރުކާރުގައު އޮތީ ބަންދުކޮށްފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ރައްޔިތުންގެ ދަލާއި ލޭ އޮހޮރުވައިގެން ލިބިގަތް ގާނޫނު އަސާސީ އޭގެ އާރޯތަނާ ކަމުގައި ވަނިކޮށް ވައްޓާލި ކަމަށާއި އެފަދަ ހާލަތައް ވެއްޓިގެން ދާނެ ކަމަށް ހިތައް ވެސް ނާރާ ކަމަށެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިމާރާތުގެ ދޮރުތައް ތަޅުލައި އެތައް ދުވަހެއް ވަންދެން މަޖިލީހުގެ އިމާރާތް ބަންދުކޮށްފައި ބެހެއްޓި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނަކީ މުލައްދަނޑީގެ ބާރުން ނެރެ ފާރުމަތިން އުކާލެވޭ ބޭކާރު މުދަލެއްގެ ސިފަ ޖެއްސި. އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ މަތީ މަރުހަލާގައި ހިޔާވަހިކަމެއް އެ ދުވަހަކު ނެތް. ރައްޔިތުންނަށް ގޮތް ހުސްވުމަކީ އެ ދުވަހު ހަމައެކަނި ގޮތް ކަމުގައިވެ ނިމުނު. ރާއްޖެ އޮތީ ބައިނަލްއަގުވާމީ ދުނިޔެއާއި ގުޅުން ކެނޑި އެކެހެރިވެ ވަކިވެފައި. ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިންތިހާބު ކުރެއްވި އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ ގަނޑުކޮށް ސަސްޕެންޑްކޮށް އެކެހެރި ކުރެވިފައި. ރަށްތައް އެކެހެރިކޮށް ރައްޔިތުން މަތިން ހަނދާން ނައްތާލައިފައި" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެފަދަ ހާލަތަކަށް ގައުމު ވެއްޓުމުން ދިވެހީން އެ ދުވަހު ބޭނުންވީ އެ އަނިޔާއާއި ދުއްތުރާއިން މިނިވަންވާން ކަމަށެވެ. އަދި އަމާން ކަމަށާއި ސުލްހަ ހޯދަން ކަމަށެވެ،

ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން ބޭނުންވީ ހިޔާލު ތަފާތުވުންތަކުން ކުރިއަށް ގޮސް ރައްޔިތުން އިސްކުރާނެ ވެރިކަމެއް އުފައްދަން ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ބޭނުންވީ ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކަށް ސަރުކާރުން ހުރަސް ނޭޭޅުން ކަމަަށެވެ.

"މި ފާއިތުވި ހަތަރު އަހަރުވެސް އަޅުގަނޑު މަސައްކަތް ކުރީ ރާއްޖޭގެ ރައްޔިތުން އެދުވަހު އަޅުގަނޑާ މަތި ކުރެއްވި ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރުމަށް. ފުރަތަމަ ކަމަކަށް ތަފާތު ނުކޮށް ހަމަހަމަ ކަމާއެކު އެންމެންނާއެކު ކުރިއަށް ދިއުން. ސިޔާސީ ޒުވާބާއި ހަސަދައާއި ޖަދަލާއި ނަފްރަތުން މުޖުތަމައު ސަލާމަތްކުރުން." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ހަވާލުވި މަސްއޫލިއްޔަތު ބިނާވަނީ ވަކި ހާއްސަ ބަދަލުތަކެއްގެ މައްޗަށް ކަމަށެވެ. އަދި މީގެ ކުރިން ރާއްޖެ ހިނގަމުން ދިޔައީ އިޖުތިމާއީ އަދި އިގްތިސާދީ ތަފާތު ވައްޓަފާޅިއަކަށް ކަމަށެވެ. އެހެން ނަމަވެސް އެކަމަށް ޒަމާނާ ގުޅޭ ބަދަލުތައް ކޮންމެހެން ގެނައުމަކީ އެމަނިކުފާނު ވީ ވައުދެއް ކަމަށެވެ.

"އޭގެ ފެށުމަކީ މިހާރު އެކަށައެޅި އިދާރީ ގޮތުން މިހާރު ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު. ބޭނުމަކީ އެއްތަނެއްގައި ހިފެހެއްޓި ގަނޑުވެފައިވާ ބާރުތައް އޭގެ ޒާތުން ދިރި މުޅި ރާއްޖެއަށް ފަތުރާލުން. ހިދުމަތްތަކާއި ވަސީލަތްތައް އަތޮޅުތެރެއަށް ފަހަނައަޅައި ރަށްރަށުގެ ހަތަރު ތޮށިން އެތެރެވާނެ ބޮޑު ބަދަލު މި ހަތަރު އަހަރުން ގެނެވިއްޖެ. އާމްދަނީ އާއި ވަޒީފާތައް ރައްޔިތުންނާ ގާތްވާނެ ހަމަހަމަ ހަމަތަކެއް މި ހަތަރު އަހަރުން ހޯދިއްޖެ. ޖީބަށް ލުއި ބާރު ދުވެލީގައި ރަށްތައް އަމުނާ ގަތައި ރައްޔިތުން ދަތުރު ފަތުރުކުރާނެ ނިޒާމެއް ތައާރަފް ކުރެވިއްޖެ. ތިމާވެއްޓާ ރައްޓެހި ރާއްޖެއަކަށް ހިޖުރަކުރެވޭނެ މަގު ހޯދިއްޖެ. ފަހުރުވެރި އާއިލާއެއް ބިނާކުރެވޭނެ އަސާސީ ބަދަލުތައް ގެނެވޭނެ މަގު ކޮށާ އަލިކުރެވިއްޖެ" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މީގެ ހަތަރު އަހަރު ކުރިން އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ޔަޤީންކަން ދެއްވި ފަދައިން، އެ ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދެއްވުމުގައި، އެއްވެސް ރައްޔިތަކު ތަފާތުކުރެއްވުމެއް ނެތި ވަޢުދުވެވަޑައިގެންނެވި ގޮތަށް ކަސިޔާރު ކަމެއް ނެތި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ހަތަރު އަހަރު ހޭދަކުރެވިއްޖެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ނުހާނި

    ތިބުނީ ހަމަ ހެޔޮކޮށް. ޤައުމު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ލާދީނީ ވެއްޖެ!!!!

    75
    • މިސްޕިސް ޕިސް

      މީކާކު ލިޔެފަ ކިޔަންދިން މަޒުމޫނެއްބާ މަހިތަށް އަރާ ލަދެއް ހަޔާތެއްވެސް ނެތޭ މީހަކު ލިޔެފަދޭ އެއްޗެއް ހުށެއެޅުމުގެ ކުރިން އެއާދޭތެރޭ ވިސްނަލާފަ އޭގައޮތީ ހަމބުއްދި ގަބޫލްކުރާ އެއްޗެއްބާއޭ ބަލާލިނަމަދޯ ލަދުންބޯކަހަލާކު އަރާހުރެ މޮޔަގޮވީ މީހަކުދޭ އެއްޗެއް ކިޔާއިރު ލިޔެފަދޭ ސިޓީއެއްގަ ސޮއިކުރާއިރު ވާނުވާނޭގި ހުރެގެން މީ އަޅެފަހެ ބުރާންޗެއްތަ ސަރުތު ހަމަނުވާމަރަމޯލެއް މީ ޕާޓީއަށާ މިގައުމަށް ހުރި ބޮޑު ލަދުވެތުކަމެއް

      13
      1
  2. ހުސޭނުބޭ

    ބަދަލުވީ އެންމެ އެއްޗެއް. އެއީ ދައުލަތުގެ ޚަޒާނާ/ އެޔަކު ނެތް ލޯ ލާރިއެއްވެސް. ދެން ކުރެވުނުހައިވެސް ކަމަކީ ސްކޫލެކޭ ކިޔާފައި 29 މިލިއަން ދިރުވާލާފައި ޓިނު ގުދަނެއް އަޅައިދިނުން

    75
  3. ރަނގަލު

    ރަގަޅު ވާހަކައެއް. މުޅި ގައުމުގަ އިނޑިޔާ ސިފަިންގެބޭސް ތައް. ވަރައް ބަދަލު އެއީ.

    69
  4. ސޯލޭ

    އެންމެ ބޮޑު އެއްބަދަލު ކުރީރޭ ތަނެއް އަނދާ ހުލިވެ އެތައްބައެއްގެ ފުރާނަ ގެއްލިގެން ދިޔައީ ތިޔަ ބައިގަނޑުގެ ސުންޕާކަމުން ނާއި އިހުމާލުން

    51
    1
  5. ހަސަން

    އެއީ ވަށްކަން ކުރުމާއި ފާޚިސް އަމަލުތައް ރާއްޖޭގައި އިންތިހާއަށް ގިނަވުން!ސާބަހޭ އިބުރާހިމާ!

    69
  6. ސްޓާ

    ތެދުފުޅެއް ދީނާ ދެކޮޅު ގިނަ ޖަމްޢިއްޔާ ތަކެއް އުފެދިއްޖެ

    66
  7. ހޯރަ

    ތިޔަބުނުއްވީ ތެދެއް
    1. ކްރަޕްޝަން ނިޒާމީ ގޮތަށް އިންތިޒާމްކުރެވިއްޖެ
    2. ލިވާތުކުރުން އާއްމުކުރެވިއްޖެ
    3. އެހެން ދީތައް ޕްރޮމޯޓް ކުރެވިއްޖެ
    4. ދިވެހިރާއްޖޭގެ އިންތަކާއި މިންތަކަށް ބަދަލުގެނެވިއްޖެ
    ޝުކުރިއްޔާ ރައީސް

    73
    • ބަރޯ

      5. ދީނައް ފުރައްސާރަކުރުން އާންމުވެވެއްޖެ.
      6. ކޮރަޕްޝަން ހައްދުފަހަނަ އަޅައިފި.
      7. ޢިންސާފެއްނުލިބޭ މަރުތަށް އިނތިހާޔަށް އިތުރުވި 4 އަހަރައްވެއްޖެ
      8. ބައިނަލް އަގުވާމީ ޤައުމަކަށް ފެންނަނީ އިންޑިޔ އެކަނިކަމަށް ވެއްޖެ.
      10. ޢައުވާނުންނަށް ބިލިޔަނުން ބަދަލުދިން 4 އަހަރު.
      11. ޢިންޑިޔގެ މިލްޓަރީ މިތަން ރުކުރުވާލައިފި.
      ޜައީސް ސޯލޭ އަދިވެސް ވާހަކަ ދައްކަނީ ޖަޒުބާތުގަ ކަންކަން އޮޅުވާލަން

      11
  8. Anonymous

    އިސްލާމީ އުސޫލުތައް ބޮލާލައި ޖެހުމާއި، ދީނީ ޢިލްމުވެރިން ހިފާ ހައްޔަރުކުމާއި، ޠާޢޫޠީ ޙުކުމްތައް ކުރުމާއި މޯދީގެ ފަސްބައިގައި އެލިގެން އޮތުން ނޫން އިތުރު ކަމެއް ކުރެވުނު ކަމަކަށް ނިކަމެތި އަޅާއަކަށް ޤަބޫލެއް ނުކުރެވުނު.

    60
  9. ރަން ރީނދޫ

    ކަލޯގަޔާ. މި ކަލޭގެ ހަމަތަ.

    35
  10. ޒައާމަތު

    އިންސާނުންތަކެއް ރޮލާ އަނދާ މަރުވެ ދިޔައީ މިކަލޭގެ އިހުމާލުން. މިރޭވެސް ސޯލިހު ހުރީ އޭނަގެ ސެލުފު ޕޮރޮމޯޓުކުރަން ސުޓޭޖުގައި. އޭނާގެ ހުރިހާވެސް ބޭނުމަކީ އިތުރު ވެރިކަމުގެ ދައުރެއް. އަމިއްލަ އެދުމާގެން ދެފާ ކައިރިނުވާ އިންސާނެއް އިބޫއަކި.
    މަމެންގެ ވޯޓު ދެން ހަރާން!!!

    29
  11. އހ

    އެންމެ ބޮޑެތި ބަދަލުގެ ތެރޭގައި ލާދީނީވުން ގައުމު ވިއްކާލާ އަޅުވެތި ކުރުމާއި ގަައުމު 100 ބިލިއަން ރުފިޔާއިން ދަރުވާލުން

    37
  12. ދަރަނި ދަންތުރަ

    މަނިކުފާނޫ ވެރިކަމުގައި 100 ދުވަސް ހަމަނުވެ ކިހެނެއްތޯ 4 އަހަރު ހަމަވީ ، ފުރަތަމަ 100 ދުވަސްތެރޭ ކުރަންބުނި ކަން ކަން ހަނދާނުން ކައްސާލައިގެން ގާދޫކޮޅުން ބޭރުވީތޯ ، މިވެރިކަމުގައި އެއްމެ ބޮޑު ބަދަލެއް އައީ ރައްޔިތުންގެ ހަޒާނާ ޔަށް ، ހަކުރު ކިލޯއެއް ގަންނަން 16 ރުފިޔާ ވެސް ހަޒާނާގައި ނެތް ސާބަސް ޗޯރު އިބޫ

    36
  13. ކަޅު ހުއްތު

    4 އަހަރު ތެރޭ ތިގެނައިބަދަލުން ރައްޔިތުން ބިކަވެއްޖެ، މީގެ 4 އަހަރު ކުރިންއޮތް ސަރުކާރު އަނބުރާ ވެރިކަމައް ގެންނަން މަށައްވެސް ކުރެވެންއޮތް ކަމެއްކުރަން މަޖުބޫރުވެއްޖެ.

    30
  14. Anonymous

    މިއަދު މާލެ މަގުމަތިން ފެންނަނީ ރާއޖޭގެ ބޯޑާ ކޮންޓުރޯލް އަވައްޓެރި ވަކި ޤައުމަކަށް ހުޅުވާލެވިފައިވާތަން އެއްވެސް ހިފެހެއްޓުމެއްނެތި ހަމައެއް ލަމައެއްނެތި އެޤައުމުން މީހުން ހިޖުރަކުރާތަން މާލެޔަށް، އެއީވެސް ބަދަލެއްތޯ ؟

    29
  15. Anonymous

    4 އަހަރު ތެރޭ ދިވެހި ގައުމު ދުވަހަކު ނުދެކޭވަރުގެ ދަރަނިވެރިކަމާއި ނިކަމެތިކަމާއި ވއްކަމާއި ފޭރުމާއި އަޅުވެތިކަމާއި ކޮރަޕްށަނާއި ތަނެއްދޮރއްނޭގެ ގަމަާރު ރައިސަކާއި އަދިވެސް ބައިވަރު ގެއްލުނ ލިބއްޖެ

    28
  16. އަލީ

    ކަލޯ މިއިބުރާހިމު ސޮރައްނޭގޭ ލަދުގައްނަންވެސް މިސޮރުގެ ލަދުހަޔާތްވަނީ މާތްﷲ ސުބުހާނަހޫވަތައާލާ ގެންދަވާފަހެންހީވަނީ. އެހެންތާވާނީ ހަތަރުގަނޑު ފޮޓޯވަނީލީކުވެފަ.

    28
  17. މަރީ

    4 އަހަރުތެރޭ ކޮރަޕްޝަން އިންތިހާއަށް ބޮޑުވެއްޖެ. އިންޑިޔާ އަށް ރާއްޖެ ވިކިއްޖެ. ކުޑަކުދިންނާ ބެހެފަތިބި މީހުން ނަށް މާފުކޮށް ދޫކޮށްލެވިއްޖެ. ދީނަށް ފުރައްސާރަކުރުން ގިނަވެއްޖެ. އާދެ، ބޮޑެތި ބަދަލުތަކެއް ފެނިންޖެ.

    24
  18. Anonymous

    4 އަހަރުތެރޭ ދިވެހި ތާރީހު ދުއް އެންމެ ގަމާރު ރޢިސުލްޖުމުހޫރިއްޔާގެ ގޮޑކޮޅުގަތިއިނީ

    27
  19. ބަރޯ

    5. ދީނައް ފުރައްސާރަކުރުން އާންމުވެވެއްޖެ.
    6. ކޮރަޕްޝަން ހައްދުފަހަނަ އަޅައިފި.
    7. ޢިންސާފެއްނުލިބޭ މަރުތަށް އިނތިހާޔަށް އިތުރުވި 4 އަހަރައްވެއްޖެ
    8. ބައިނަލް އަގުވާމީ ޤައުމަކަށް ފެންނަނީ އިންޑިޔ އެކަނިކަމަށް ވެއްޖެ.
    10. ޢައުވާނުންނަށް ބިލިޔަނުން ބަދަލުދިން 4 އަހަރު.
    11. ޢިންޑިޔގެ މިލްޓަރީ މިތަން ރުކުރުވާލައިފި.
    ޜައީސް ސޯލޭ އަދިވެސް ވާހަކަ ދައްކަނީ ޖަޒުބާތުގަ ކަންކަން އޮޅުވާލަން

  20. ހުސެންބ

    ލިވާތު އާންމު ވެއްޖެ.އިންޑިއާ މީހުންގެ ކުރިމަތީގައި މިގައުމު ޤާނޫނެއް ނުހިނގާ،ރޭޕިސްޓުން ދޫވެއްޖެ.ފިރިހެން ކުޅި އާންމު ކުރަން އިސްލާމީ ޟަރީއަތަށް ގޮންޖެހުމަށްފަު ލުއި އަދަބު ނާޒިމަޤ 3 މަހު ގޭ ބަންދު ޕެކޭޖެ.އަލިފާނުން 11 މަރު ސަރުކާރުގެ ލަސް ދޯދިޔާ އިހުމާލުން ،ކޮވިޑް ވައަކަން ފައިލް އެމްޑީއެން ރިޕޯޓް ލިޔުނު މީހުން ހައްޔަރެއް ނުކުރޭ.ލާދަ މަތި .ރައްޔިތުން ފެލަނީ.އަބުދުﷲ ރަޟިދު އިހުމާލީ މަރަށް ފަހު އާއިލާ ގެ ނުރުހުމަގަ ކޮށާފި.އެކި މީހުންނަށް އެކި ވަރު ވަރުން އަދަބު ތިމާގެ މީހުންނާއި ތިމާގެ ޕާޓީ މީހުންނަށް ލުއި އަދަބު .ދަތުރު ތަކާއި ބޭކާރު ސިޔާސީ 1000 މަޤާމުން ދައުލަތ ްއިތުރަށް ދަރުވާ ދަރިން ރޭޓުން މީޓަރުން ނެއްޓިއްޖެ.ލާދީނީ މީހުން އާންމު ވެ ފާޅުގަ ދީނަށް ފުރަސްދާތަ ކުރުން އާންމު ވެއްޖެ.މިހެން ގޮސް ލިސްޓް ކިތަންމެ ދިގު......

  21. ބުހތހެޔޮ

    4 އަހަރުތެރޭ ކޮރަޕްޝަން އިންތިހާއަށް ބޮޑުވެއްޖެ

  22. ކާފަ.

    މޮޔައެއްގެ އަތަށް ކަނޑިއެއްދިނީމާ ވާގޮތް މިދަނީ ފެންނަމުންނެވެ.

  23. ނެތީމޭނެތީމޭ

    ސަރުކާރު ހާމަކަން ބޮޑު ނަމަ ދެން ކިއެއްވެތޭ ތިލަފުށި އެއްބަސްވުން ހާމަ ނުކޮށްގެން އުޅެނީ އަދި މާލެ އާއި ވިލިގިލީގެ ދެމެދު އަޅާ ބްރިޖް އެއްބަސްވުން ހާމަ ނުކޮށްގެން އުޅެނީ އަދި އިންޑިއާ ހެލި ކޮޕްޓަރު ތަކަށް ދިވެހިސަރުކާރުގެ ބަޖެޓުން މަހަކު ޚަރަދު ކުރަމުންދާ 25 މިލިއަން ޑޮލަރުގެ ވާހަކަ ހާމަ ނުކޮށްގެން އުޅެނީ ރައީސް އިބޫ އުޅެނީ ދެން އާންމު ރައްޔިތުން ނަށް މަކަރާއި ހީލަތުގެ ދަށުން ދެން ހެދޭނީ ކޮން މަކަރެއް ތޯ ބަލަންއޭ މަމެންނަށް ހީވެއޭ ބުނަން މަމެން ނެތީމޭ ނެތީމޭ ނެތީމޭ...

  24. ތައުފީޤް

    ތެދުފުޅެއް. ބޮޑެތި ބިރުން ފިއްކަނޑައިގެންދާ ވަރުގެ ބަދަލު ތަކެއް ގެންނަށް މަސައްކަތް ކުރެއްވި. ދީން ނީލަމަށް ލެއްވި. ޤައުމުގެ މިނިވަންކަން އަޅުވެތި ކަމަށް ބަދަލު ކުރެއްވި. ޢަދުލު އިންސާފު ފުރަގަހަށް ބިޑި އެޅުވި. އިޤްތިޞޫދު އިނދަ ޖައްސާލި. އަދި މި ކޮމެނެޓް ޖަހަން ތިޔަބޭފުޅުން ނުކެރޭވަރު ކޮށްލެއްވި=ތައުފީޤް=

  25. Anonymous

    ކޮވިޑު ބަލިތެރޭގައި 100ބިލިއަން ޑޮލަރއަށް ވެންޓިލޭޓަރތައްވެސް ގަނެފަ ގައުމަށް ވައްދާފައިވަނީވެސް ހަމަ މިސަރުކާރުން، މިއީ އެއްވެސް ރައީސަކަށް މިގައުމަށް ކޮށްދެވިފައިވާފަދަ ފައިދާއެއްނޫން ތިޔަރައީސު އިބޫސުލޯ ފިޔަވައި، 😁🤣

  26. ހަސަނު

    ކުދުރައީސްވެސް ްަބޫލުކުރައްވާނެ . ތިތަދެއްކީ ތާކުންތަކުނުޖެހޭ ވާހަކަތަކެއްކަން. ރައީސް ގެ ސްޕީޗް ލިޔަން ރާއްޖޭގެ ފުންނާބު އުސްލިޔުންތެރިއަކު ރައީސްއޮފީހުގެ ފަރުދަގެ ފރަގަހުގައި ބޮޑުމުސާރަދީ ފޮރުވައިގެން އޭނަލިޔެފަ ތިޔަދޭ އެއްޗެއް ބަލައިގެން ރައްޔިތުންނަށް ތިޔަކިޔާދެނީ. މުޅިންވެސް ތިޔަލޔުމުގަތިހުންނަނީ އޭނަގެ ވަށްޓަފާޅި .
    މަނިކުފަނުގެ އޯގާތެރިކަމުން ކޮށްދެވުނުކަމެއްގެވާހަކަ ގަނޑުބަލައިގެން ހުރެކިޔަކަށްނުޖެހޭނޫންތޯ؟؟

  27. ބޭރުކުރޭ

    އެމްއެމްޕީއާރުސީ އަކީ އެއީ އޮންނަން ޖެހޭނެ ތަނެއް ނޫނޭ ރިސޯރޓްްސް ތަކުން ކުރާ މަސައްކަތުން ރިސޯރޓްްސް ތަކަށް ލިބޭ އެވޯރޑް ސަރުކާރުން މިކުރާ ކަމަކީ އެއީ އެމެން ކުރި މަސައްކަތުން އެމެންނަށް ލިބޭ އެވޯރޑް ކަމުގައި ހަދަނީއޭ އަދި އެމްއެމްޕީއާރުސީން އެވޯރޑް ގަންނަން ވެސް ގަނެއޭ އެމްއެމްޕީއާރުސީ އެއީ ވައްކަން ކުރަން ހުންނަ ތަނެކޭ އެތަނަށް މަހަކު 140 މިިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގަން ނުޖެހޭނެއޭ އެމްއެމްޕީއާރުސީ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ ތޮއްޔިބު ބޭރުކުރޭ