ރޭ ޖުމްހޫރީ ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގައި ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް 13 ބޭފުޅަކަށް ދެއްވި އެވެ. އޭގެ ތެރޭގައި ގިނަ ބަޔަކަށް އެންމެ ފާހަގަކުރެވުނު އެއް ފަރާތަކީ ބ. ހިތާދޫ ޑޭޒީމާގެ، އަމަން އަހްމަދު އާތިފް 8އ އެވެ.

ޒުވާނުންނާއި ހަރު އުމުރުފުރައިގެ ބޭފުޅުންގެ ތެރޭގައި ކުޑަކުޑަ އަމަން ހިމެނިގެން ދިއުން ވެފައިވަނީ ގިނަ ބައެއްގެ ތައުރީފާއި ލޯބި އަމަންއަށް ލިބިގެން ދިޔަ ކަމަކަށެވެ.

އަމަންގެ މަންމަ ލުބާނާ މުހައްމަދާއި، ބައްޕަ އަހްމަދު އާތިފް ބުނީ، އަމަންއަކީ ވަރަށް ކުޑައިރުއްސުރެ ކީރިތި ގުރުއާން އަޑުއެހުމަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބަހައްޓަމުން ގެންދިޔަ ކުއްޖެއް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވެސް ވަނީ އަމަން ހޯދި ކާމިޔާބީ ފާހަގަކޮށް އެއީ ޖުމްހޫރީ ދުވަހު ޤައުމަށް ލިބުނު އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

"ބ. ހިތާދޫ ޑޭޒީމާގެ އިން އެ ދެއްކީ ހަގީގަތުގައިވެސް އިންސާނެއްގެ ހިތާދުލުން ކުރެވޭނެ އެންމެ މަތިވެރި މަސައްކަތް. އަމަންގެ މައިންބަފައިންނާއި އާއިލާއާ މުދައްރިސުންނާއި މުޅި ހިތާދޫ ވަނީ މި ޝަރަފްގެ ފަހަތުގައި. އެހުރިހާ ބޭފުޅުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން. ކީރިތި ގުރުއާންގެ މޫރިތި އާޔަތްތަކުން އެބޭފުޅުންގެ ހިތްތަށް ޒީނަތް ކުރެއްވި ހުރިހާ ބޭފުޅުންނަށްޓަކާ އަޅުގަނޑުމެން ފަހްރުވެރިވަން. ސާބަސް ރައްދު ކުރަން،" ރައީސް ވިދާޅުވިއެވެ.

އަމަން އަކީ އެންމެ ކުޑައިރުއްސުރެ ޤުރުއާނަށް އޭނާގެ ހިތުގައި ނުހަނު ބޮޑު ލޯތްބެއް އޮންނަ ކުއްޖަކަށް ވާއިރު، ޤުރުއާން ހިތު ދަސްކުރުމުގެ މަސައްކަތް އޭނާ ފެށީ އުމުރުން އެންމެ ފަސް އަހަރުގައެވެ. ޤުރުއާން ހިތުދަސްކޮށް އަމަން ތައުލީމް ހާސިލްކުރަމުން ދިޔަ އެކްސެލް އިންޓަނޭޝަނަލް ސްކޫލުން އެކަން ޤުރުއާނާ ބެހޭ މަރުކަޒަށް ހުށަހެޅިއެވެ. އެކަމުގެ ޝަރަފުގައި ރައީސްގެ ދެކަނބަލުންވެސް އަމަންއާ ބައްދަލުކުރެއްވިއެވެ.

އެކްސެލް ސްކޫލުން އަމަންގެ ކާމިޔާބީ ފާހަގަކޮށް ދިން ޓްރޮފީވެސް ހަވާލުކޮށްދެއްވީ ރައީސްގެ ދެކަނބަލުންނެވެ.

ކީރިތި ގުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މެޑެލް ހާސިލުކުރެއްވި 13 ޙާފިޡުންނަކީ:

1. އަލްޙާފިޡާ ފާޠިމަތު ފައުޒިއްޔާ، އާވެލި، ސ. ހިތަދޫ
2. އަލްޙާފިޡާ ޝިފާ ބިންތު ޢަބްދުﷲ ޙަމީދު، މަތިމަރަދޫ. މާލަމް، ލ. ގަން
3. އަލްޙާފިޡް ހޫދު މުޙައްމަދު ޢަލީ، ދިގުވާނޑު. އަނޯވާ، ޏ. ފުވައްމުލައް
4. އަލްޙާފިޡް މުޙައްމަދު އަނީސް ޙުސައިން، މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް
5. އަލްޙާފިޡާ ޞަފިއްޔާ ޢަލީދީދީ، މާލެގަން. މާވިނަ، ޏ. ފުވައްމުލައް
6. އަލްޙާފިޡް މުޙައްމަދު ފަލާޙް ޞާލިޙް، އިތާމުތްގެ، ސ. ހިތަދޫ
7. އަލްޙާފިޡް ޢަބްދުﷲ ބިން އިމްޖާދު، ގ. ރައިހާނުގެ
8. އަލްޙާފިޡާ ފާޠިމަތު ޙަސަން، ރޯޒްބޯލް، ސ. ހިތަދޫ
9. އަލްޙާފިޡް މުޙައްމަދު އައިދިން ނަޖުމީ، ކަށިމާގެ، ސ. މަރަދޫ
10. އަލްޙާފިޡް ޢަބްދުލްބާސިޠް ސަލީމް، ދިލްކަޝްވިލާ، ގދ. ހޯނޑެއްދޫ
11. އަލްޙާފިޡް ޢައްމާރު ބިން އިބްރާހީމް، ދަފްތަރު ނަންބަރު 011، ނ. ވެލިދޫ
12. އަލްޙާފިޡާ މަރްޔަމް ނައިސަމް ސަޢީދު، ކުރިބޯށި، ސ. ފޭދޫ
13. އަލްޙާފިޡް އަމަން އަޙްމަދު ޢާޠިފް، ޑޭޒީމާގެ، ބ. ހިތާދޫ މިބޭފުޅުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތަމެންދޯ

    ދުނިޔޭގެ އެންމެ މަގްބޫލު މަންޒިލަށް ދޭ އެވޯޑު ރާއްޖެއިން މިލްކު ކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މަމެންގެ ސުވާލަކީ ރާއްޖޭގެ އިގްތިސާދު ބިންދައިގެން ގޮސް ރާއްޖެ ބަނގުރޫޓް ވެފައި އޮތްވާ ޓޫރިޒަމް މިނިސްޓްރީން 20 މިލިއަން ޑޮލަރު ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އެވޯރޑެއް ބަލާ ޓޫރިޒަމް މިނިސްޓްރީގައި އުޅޭ މަސައްކަތު މީހާ އަށް ދަންދެން އެމެން ގޮވައިގެން ގޮސް ތިޔާ ޚަރަދު ނުކޮށް ތިޔާ ޔޫރަޕް ގައި ތިބޭ ދިވެހި އެމްބެސެޑަރުން ތިޔާ އެވޯރޑް އާްއި ހަވާލުވާ ގޮތަށް ހެދިނަމަ އެއީ ދިވެހިރާއްޖެ އަށް ހެޔޮ އެދޭ ކެބިނެޓެއް އޮތް ސަރުކާރެއް ކަމަށް ދިވެހިރައްޔިތުންނަށް ގަބޫލުކުރެވޭނީ...

    9
    2
  2. ޅޮސްބެ

    ޢަމަންގެ މުޅިއުމުރު ﷲތައާލާ ބަރަކާތް ލައްވާށި. އާމީން

    31
  3. ޢައމް

    މަރުހަބާ ! އުފާވެރި ޚަބަރެއް ، އިތުރު ކާމިޔާބަކަށް އެދެން

    23
  4. ކިޔާދެމޭ

    ތަމެން ލިޔުން ރަނގަޅަށް ނުކިޔާ ކޮމެންޓުކުރާކަން ފާހަނގަކޮށްލަން..

  5. އުފާވޭ

    މަރުހަބާ ލޯބި ލޯބި ކުޑަކުޑަ ހާފިޡް..މިކުއްޖާގެ އުމުރުގަ ބަރަކާތްލައްވާ ޢިލްމުވެރިކުއްޖެއް ކަމުގަ ލައްވާށި..އަދި އެކުއްޖާއާއި މައިންބަފައިންނަށް ދުނިޔެއާއި އާޚިރަތުގަވެސް ހެޔޮ ރަނގަޅު ދިރިއުޅުމެއް މިންވަރުކޮށްދެއްވާށި..އާމީން..

    20
    • އިސްތިއުފާއޭ

      ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ ތަމެން ޑިޖިޓަލޭ އިސްތިއުފާ

      1
      1
  6. އަހުމަދު

    ماشاء الله

    15
  7. ތަމެންދޯ

    ބުދު ކުރެހުމަކީ އެއީ އިސްލާމް ދީނުގައި ވަރަށް ބޮޑަށް މަނާ ކޮށްފައިވާ ކަންކަމޭ މިހާރު ބުދު ކުރަހަނީ އެއް ނޫނޭ ބުދު ހަދަނީއޭ ބުދުގެ ބައިބައި ހަދައިގެން އެބަދައްކައޭ ޓީވީއެމް އިން އާރޓް އެގްޒިބިޝަން ނަމުގައި އެއީ ސީދާ ޝަރީކު ކުރުން ނޫން ދެން ކޮން ކަމެއްތޭ...

  8. ރަން ރީނދޫ

    ހަތަރު އަހަރު ވެއްޖެ އިސްލާމުންނޭ ކިޔައިގެން އުޅޭ ބައެއްގެ ވެރިޔަކަށް ހުންނަތާ ބޮޑު މުސާރަ އާއި ދައުލަތުގެ ޚަޒާނާ ލޫޓުވައިގެން މަހުޖަނުންނަށް ވެގެން އުޅޭއިރު، ލަދުން ނަމަވެސް ވަރިހަމަ ދޯ އަނބި ގޮއްޔެ އަށް އައުރަ ނިވާކޮއްލަން ބުނެ ލާން. އެވެސް އިސްލާމެކޭ ކިޔައިގެން އުޅޭ މީހެއް ވިއްޔަ.