ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން މުދާ އުފުލާ ކޮޅުވެއްޓި ބަންޑުން ޖަހާލީ ދިޔަވެގެން ކަމަށާއި އޭގެއިން ގެއްލިގެން ހޯދަމުން އަންނަނީ ބޭރު މީހެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއް ދިޔަވުމުގެ ސަބަބުން އެ ލޭންޑިންގކްރާފްޓް ބައްޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ހަރާކާތްތެރިވާންފަށައިފާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު މެންދުރު 12:50 ހާއިރު ކަމަށާއި އެއާއި އެކީ އެހާދިސާ ހިނގި ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުން ކަމަށާއި އެވަގުތު އޭގައި ތިބީ ދެ ދިވެހިންނާއި ބޭރު ދެމީހުން ކަމަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގަިއ ގެއްލިގެން ހޯދަމުން އަންނަނީ ބޭރު މީހެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާގައި ދެން އޭގައި ތިބި މީހުން ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން މިއަދު 16:10 ހާއިރު ގދ.ވާދޫއަށް ގެންދެވިފައިވާއިރު، ހަތަރު ވަނަ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސޫއޫދު

    މިހަތަރު އަހަރުތެރޭ ދުވާލަކައް އެތައްމަރު ނޫނީ އެތައްނުރައްކާތެރި އެކްސިޑެންޓްތައްއެބަހިނގާ ތިމަރުކޮމިޝިން އުވާލާފާ ހެލްތްއެންޑް ސޭފްޓީ ކޮމިޝަނެއް އެކުލަވާލާ ތިހެދިކޮމިޝަނުގެ ބޭނުމެއް ނުހިފޭ ދައުލަތުގެ ހަޒާނާހުސްވަނީ ތިސިޔާސީ ކޮމިޝަންތަކުގެ ސަބަބުން މަރުވީމަ ބެލުމައްވުރެ އޭގެކުރިން ރައްޔިތުންނައް ރައްކާތެރިކަން ސިއްހަތު ކަޝަވަރުކުރުން މުހިއްމު އިމްރާންވެސް ހެދީ ދޮގު މިހިރީކިތާބީ ހެކިކިޔާފަ ފޮޓޯދައްކާ ޔާމިން ތިކޮމިށަން ހުއްޓަސް ނެތަސް އުޅޭނެ ރާއްޖެ އެކަންސާބިތުކޮއްދީފި އިބޫ އިމްރާން އައް ދައުރުނިމެންމިދަނީ