މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ކުރަން ތިއްބާ ހައްޔަރު ކުރި މީހުންގެ ތެރޭގައި ފުލުހަކު ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ފުލުހުން މިމަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ގެންގުޅުނު މައްސަލައިގައި 12 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން އެމީހުން ހައްޔަރު ކޮށްފައިވަނީ މާލެއާއި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް 12 މީހަކު ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ހުނޭޝާ އާދަމް ނަސީރު އާއި ރާއްޖޭގެ މަޝްހޫރު ބަތަލާ އައިމިނަތު ރިޝްފާގެ އިތުރުން ފުލުހަކު ވެސް ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވާ ފުލުސް މީހާއަކީ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓުމެންޓު (ޑީއީޑީ)ގެ ޑުރަގް ސްޓޮކް ބަލަހައްޓާ އޮފިސަރެކެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ވިދާޅުވީ، އެކަން ބެލުމަށްފަހު، އަޕްޑޭޓެއް ދެއްވާނެ ކަމަށެވެ.

ޕާޓީ ކުރި މައްސަލައިގައި ހައްޔަރު ކުރި މީހުންނާއި ގުޅުން އޮންނަ މާލޭގެ ގެއެއްގެ އެޕާޓްމަންޓަކުންނާއި ހުޅުމާލޭގެ ހިޔާ ފްލެޓަކުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ. އެގޮތުން ގާތްގަނޑަކަށް ކިލޯއެއްގެ ޕާޓީ ޑްރަގްސް ފުލުހުންނަށް ފެނުނު ކަމަށް ވެއެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ކެނަބިސް އާއި މެތު އަދި ވީޑް ވެސް ދެއެޕާޓްމަންޓުން ފެނުނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އިރުކޮޅަކުން ނޫހުގަ ޖަހާލާނެ އެއީ ފުލުހެއްނޫނޭ އެހެންކޮއްމެވެސް އާއްމު މީހެކޭ، އިއީ މިސަރުކާރުގެ ކަން ހިންގަކުންދާ ތެދުވެރިކަން !!

    21
    1
  2. ޙަނދުކޭތަ

    ތިޔަ ފުލުހުންނާ ސިފައިންގެ ތެރޭގަ ގިނައީ ތިޒާތުގެ މީހުން ދެންކިހިނެއްތޯ ތިތަން ސަހަލަ ވާނީ މޯލްޑިވްސް ޕާރޓޭ ސްޓޭޝަން ތިޔަ އިދާރާ ތަކައް ކިޔަންވީ ވައްކަމެއް ކޮއްފިއްޔާ ތީގެ މީހަކު ހިމެނޭ މީހުންގެ އަނބިން ކައިރިއައް ވަދެފިއްޔާ ތީގެ މީހަކު ހިމެނޭނެ ހަކުރުބިއެގެންނާ ޕާރޓީ ކޮއްގެން ބަޔަކު ހައްޔަރު ކޮއްފިއްޔާ ތީގެ މީހުން އެބަހިމެނޭ ލިވާތި ކޮއްގެން ބަޔަކު ހައްޔަރު ކޮއްފިއްޔާ ތީގެ މީހުން އެބަހިމެނޭ ދެން ވިސްނަބަލަ ގައުމު ކުރިއައްދާނެ ގޮތް ބޯހަލާކު

    27
    1
  3. އެންސީއައި

    ތި ޕޮލިސް އޮފިސަރުގެ އިންޓަރގްރިޓީ ތިހިރީ ގެއްލިފައި. ވަގުތުން ކަނޑާލަންޖެހޭ. ތިކަހަލަ ކިތައް މީހުން އެތާގައި އުޅޭނެ. ގްރަގްސް ސޮކް ކޮށްފައި ނުބަހައްޓާ އެންމެން ކުރިމަތީ ނައްތާލާ ނަމަ.

    14
  4. ހުސާމް

    އެއީ ފުލުސްމީހަކާ ވައްތަރު މީހަކަށްވާނީ އެއްވައްތަރު މީހުން އުޅޭނެނު

    11
  5. ޢައި

    ރަގަޅަށް ސްޓޮކް ބަލަހައްޓާދީފައި ތިވަނީ

    12
  6. ތުންބުރި ކާޅު

    ޅޮލް ގައުމީ ވާޖިބު އަދާކުރަނީ..އަސްލު ހުރިހާ ފުލުހުންގެ ބްލަޑް ސާމްޕަލް ނަގައިގެން ޓެސްޓް ކުރަންވީ އޭރުން އިނގޭނެ ކުރިން ވިޔަސް މަސްތުވާ އެއްވެސް އެއްޗެއް އެއްވެސް ޒަމާނަކު ބޭނުން ކޮށްފަ ހުރިއްޔާ އެފަދަ އާލާތްތައް މިހާރު ކުރިއަރާފައިވާ ގައުމުތަކުގަ ބޭނުން ކުރޭ ދެން އެފަދަ ފުލުހުން ވަޒީފާއިން ދުރުކުރަންވީ އެހެން ގޮތަކަށް ތިކަމެއް ނުހުއްޓުވޭނެ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ

  7. ރިސާރޗް

    އިންޓެލިޖެންސް ގޮތުގައި ބޭނުންކުރި ފުލުހެއް އެއީ.. ކިހިނެއް ވެގެންތަ ތިއުޅެނީ... އެމީހުންގެތެރެއަށް ބޮޓެއް ދޫކޮށްލައިގެން ފާޅާއަރުވާލީ ތިވާނީ..

    1
    1
  8. ހުސްއަތާ

    .ދެންވިސްނާ މިގައު އޮތް ހާލަތު..ޑުރަގު ހުއްޓުވަން ތިބިމީހުންގެ ހާލު..