މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްއެމްސީގެ ގާނޫނޫގެ ދަށުން އެކުލަވާލާފައިވާ އެމްއެމްސީގެ މި ދައުރުގެ 15 މެމްބަރުންގެ ތެރެއިން 13 މެމްބަރުންގެ މުއްދަތު އަންނަ މަހުގެ 14 ގެ ނިޔަލަށް ހަމަވާނެ ކަމަށެވެ.

އެހެންކަމުން އެމްއެމްސީއަށް އަލުން މެމްބަރުން އިންތިހާބުކުރުމަށް ބާއްވާ ވޯޓުލުމުގައި، ވޯޓުލާ ފަރާތްތައް ރަޖިސްޓްރީކުރުމަށް ހުޅުވާލާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ރަޖިސްޓްރީކުރުމަށް ހުށަހަޅަން ޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ފޯމް ބަލައިގަންނާނީ މި މަހުގެ 15،16،17، 20 އަދި 21 ވަނަ ދުވަހުގެ ހެނދުނު 9:00 އިން މެންދުރު ފަހު 1:30 އަށް ހޯމް މިނިސްޓްރީން ކަމަށެވެ.