މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ނުރައްކާތެރި ނިރުބަވެރި ހަމަލާ ދިން ރޭ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހޭން ހުރިތަން ފެނުނު ކަމަށް ވިދާޅުވެ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ހުވާ ކުރައްވައިފިއެވެ.

ރޮޒައިނާ އާއި އިންތި ޓުވިޓާގައި ހުއްޓުމެއް ނެތި ދަނީ އަރާރުން ވަމުންނެވެ. އެކަންތައް ހިނގާތާ މިހާރު ތިން ދުވަސް ވަނީ ފާއިތުވެގެން ގޮސްފައެވެ.

އެގޮތުުން ދެ މީހުން ދެ ދެމީހުންނަށް ބަހުގެ ހަމަލަތާއް ބަދަލު ކުރުމުގެ ތެރެއިން، އިންތި ވަނީ ރައީސް ނަޝީދަށް ބޮމުގެ ހަމަލާ ދިނީވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އޮއްވާ ކަމަށް ވިދާޅުވެފައެވެ.

"އެހެން ސަރުކާރެއް އޮއްވާވެސް ނޫން، ލަދެއް ނުގަނޭތޯ". އިންތި ވިދާޅުވިއެވެ.

އިންތި އެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، ނަޝީދު ވިދާޅުވީ، ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާނަމަ އެފަދަ ފަރާތްތަކާއެކު އެ މަސައްކަތް ކުރާނެ ކަމުގެ ވާހަކަ ކަމަށެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން އިންތި ރޮޒައިނާ ވިދާޅުވީ، ކޮންމެ ސަރުކާރެއް އޮއްވާވެސް ނިރުބަވެރިކަމުގެ ހަމަލާއެއް ހިނގާފާނެ ކަމަށެވެ. އަދި އެކި ސަރުކާރު ތަކުގައި އެކި ކަންކަން ހިނގާފައި ހުރި ކަމަށް ވިދާޅުވިއެވެ.

"ތި ބޮން ގޮއްވާލީ ރައިސް ސޯލިހް އޭ ނުބުނެވިގެން އަބަދު ތިއުޅެނީ، އެހެން ނުބުނާހާ ހިނދަކު އިންސާފު ލިނބުނުކަމަކަށް ނުވާނެ ތި ކަލްޓް މީހުންނަށް". ރޮޒައިނާ ވިދާޅުވިއެެވެ.

ރޮޒައިނާގެ އެ ވާހަކަތަކަށް ރައްދުދެއްވަމުން އިންތި ވިދާޅުވީ، ބޮން ގޮއްވި ރޭ ތި ވަގު ނެޓްވޯކް މަޖިލީސް ސައި ކޮޓަރި ތެރޭގައި "ޕަކަޕަކަ ލާފައި" ހޭން ތިބި ތަން އޭނާގެ ދެލޮލުން ފެނުނު ކަމަށެވެ.

"އަދި ކިތަންމެ ބަޔަކު ހެކިވާނެ، އެތަނުން އަހަރެން ނުކުތީ އެ މަންޒަރު ފެނުމުން، މިއީ މާތްﷲ ގަންދީ ހުވާކޮށްފައި ބުނާ އެއްޗެއް". އިންތި ވިދާޅުވިއެވެ.

އިންތިގެ އެގޮތަށް ވިދާވުމުން އެއަށް އަނެއްކާވެސް ރޮޒައިނާ ވަނީ ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވީ، ﷲ ގަންދީ ހުވާކޮށް އެއްވެސް މީހަކު ހޭން ހުރިތަނެއް އޭނާ އަށް ނުފެންނަ ކަަމަށެވެ.

"ތިވަރަށް ދޮގު ހަދަން ބިރު ނުގަނޭތަ މާތްﷲގެ ނަންފުޅު ބޭނުންކޮށްގެން. ތިހިރޫ މިހާރު ކަލްޓް ޕަޕެޓް ލެވެލް 10 އަށް އަރާފައި"، ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާގެ މިގޮތަށް ވިދާވުމުންވެސް، އިންތި ވަނީ ޖަވާބު ދެއްވާފައެވެ. އަދި ދެ މީހުންގެ ދެމެދުގައި ރައްދުގައި އެތައް ބަހުގެ ހަމަލާތަކެއް ވަނީ ދީފައެވެ.

މިދިޔަ އަހަރުގެ މޭ މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ދިރިއުޅުއްވާ އާއިލީ ގެކޮޅު ގ. ކެނެރީގެއިން ނުކުމެވަޑައިގެން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެތަނުގައި ޕާކުކޮށްފައިހުރި ސައިކަލެއްގައި ބާރުގަދަ ބޮމެއް ހަރުކޮށްގެން ވަނީ ގޮއްވާލާފައެވެ.

އެ ނިރުބަވެރި ހަމަލާއާއި ގުޅިގެން ނަޝީދުގެ ހަށިކޮޅަށް ވަނީ އެކިވަރުގެ ޒަހަމްތައް ލިބިވަޑައިގެންފައެވެ. އަވަހާރަނުވެ ހުރީ ހަމަ ކިރިޔާއެވެ

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ހުސޭނުބޭ

    އިންތި މި ދެއްކި ވާހަކައަކުން ތި ބޮމުގެ ކުޅިވަރު ތިއީ ސީދާ އެމްޑީޕީގެ ތެރެއިން ރޭވިގެން ކުޅުނު ޑްރާމާއެއްކަން ކަށަވަރުވެއްޖެ. ރޮޒޭނާ ހޭން ހުރިއްޔާ އަހަރެމެން ތިކަމުގައި ކަލޭމެންނަށް ކުރާނީ މަލާމާތް.

    23
  2. Anonymous

    އިންތި ހުވާކޮށްފާނެ ކޮއްމެ ކަމަކަށްވެސް ދީނެއް މިއްލަތެއް ނެތްބަޔަކަށް ހުވާ ކުރުން މާބޮޑުކަމަކަށްވާނެތޯ؟؟؟

    17
  3. ޒުރާރު

    މިއީ އެމްޑީޕީގެ ދެއަށްހެނަކު ކުރާ ޒުވާބެއް

    22
  4. ބަލަންހުރި މެމްބަރު

    އިންތި މާބޮޑަށްރޮޒޭދެކެ ލޯބިވަނީކަންނޭގެ..ހީވަނީ ބުނިކަމެއް ނުކޮށޤދިނީމަ ރުޅިގަނޑު ބާލަނީހެން...

  5. އައްލާގެ އަފީފު

    ރޮޒޭއާއި އިންތިއާއި އާއިލީ ގުޅުން.
    ރޮޒޭއަކީ ސ. ފޭދު އިސްމެހެލަބިޔާގެ ދޮންރަހާގެ އާފިޔާގެ ދަރިއެއް..
    އިންތިގެ އަންހެނުންނަކީ އިސްމެހެލަބިޔާގެ ހަބީބުގެ ދަރިއެއް..
    އެމްޑީޕީއަކީ ޑްރާމާގެ ބޮޑުބައެއް..
    ސަރުކާރުގެ ދޯހަޅި ކަމުގެ ވާހަކަ މީހުން ދައްކާތީ އެމީހުންގެ ވިސްނުން ބަދަލު ކުރުމަށް މިދެމީހުން ކުޅޭ ޑްރާމާއެއް މިއީ..
    ފަހު ވަގުތުގަ ރޮޒޭވެސް ބުނާނެ އެއީ މަގޭ މަންމަގެ ބޮޑުބޭގެ ޅީ ދަރިކަމަށް. އާއިލީ ގުޅުން ވަރުގަދަ ކަމަށް... ބޯހަލާކު

  6. ނަމަ

    ރޮޒައިނާ ހޭން ހުރިތަން ފެނުނީ އިންތި އަށް ރޭ ފެނުނު ހުވަފެނުގަބާ؟

  7. ޅަހުއްތު

    މީނާ އައްޑޫ މީހުންނާއި ވިއްދާގެން އުޅޭ ކަހަލަ

  8. ހަންނާނުބޭ

    އެރޭ ހަތަރުދަމު އިންތި އޮތީ ރޯންތޯ؟ ހުވާކޮށްފަ ބުނެބަލަ ތިމަންނަ އޮތީ ރޯށޭ އެރޭ ހަތަރުދަމު. ނުކެރޭނެ ބުނާކަށް.

  9. ހޭހޭ

    ހީސްލާން ހުއްޓާ ނުފެނުނުކަން ނަސީބު!