އެމްޑީޕީގެ ފުރަތަމަ ވެރިކަން ވެއްޓި 2012 ވަނަ އަހަރު ދާރުލް އާސާރަށް ބަޔަކު ދިން ގެއްލުންތައް ބަލަން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ޔުމްނާ އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޝަފީގު ވިދާޅުވީ 2012 ވަނަ އަހަރު ދާރުލް އާސާރުގައި ހުުރި ވަރަށް ގިނަ ތަކެއްޗަށް ގެއްލުން ދިން ކަމަށާއި އެހެންކަމުން އެ ގެއްލުންތަކުގެ ތަފްސީލު މިނިސްޓްރީން، ބެލިތޯ އޭނާ ސުވާލު ކުރެއްވިއެވެ.
އަދި އެ ގެއްލުންތަކުގެ ތަފްސީލާއި އަދި އެ ގެއްލުންތައް ދިން މީހުންނާ މެދު އެޅި ފިޔަވަޅުތަކާ ގުޅޭ ގޮތުން އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަަށް ޖަވާބު ދެއްވައި ޔުމްނާ ވިދާޅުވީ ދާރުލް އާސާރުގައި ހުރި ތަކެއްޗަށް ލިބުނު ގެއްލުންތައް ބަލާފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަަށެވެ.
އަދި ތަކެއްޗަށް ގެއްލުން ދީފައިވާތީ ފިޔަވަޅު އެޅޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަމަވެސް އާސަރީ ތަކެތި ރައްކާތެރި ކުުރުމަށް ގާނޫނޫ ބާރު ލިބިގެން މި ދިޔައީ 2019 ވަނަ އަހަރު ތަސްދީގު ކުރެވުނު ގާނޫނާ ގުޅިގެން. އެހެން ނޫނަސް މުދަލާ ތަކެއްޗަށް ގެއްލުން ދިނީމަ ހމަ ގާނޫނީ ފިޔަވަޅު އެޅޭނެ. މި މައްސަލަ ބަލައި ދިނުމަށް އަޅުގަނޑުމެން ވާނީ އެދިފައި." ޔުމްނާ ވިދާޅުވި އެވެ.
އެމްޑީޕީން ދިންގެއްލުމެއް އެމްޑީޕީން ބަލާނެ ކަމަށް ޔުމްނާ ހީކުރީތީވެސް މަ ހަމަ ހައިރާން ވެއްޖެ.
ޔުމްނާ ގެ ހުރިހާ ކަމެއްވެސް މިހުންނަނީ މިހާ ދޯދިޔާ ގޮތަކަށެވެ. އޮލިސްޕަސް ހުޅުވަން، މުންނާރު ގައި ދަވާދުލާން، ހުކުރު މިސްކިތުގެ ވަޅު ދިޔަހިއްކަން އަހަރުމެންގެ ޖީބުން މަހަކު 58،000 ރުފިޔާ ދީފައި މިނިސްޓަރަކު ބަހައްޓަން ޖެހޭނެ ކަމަށް ޤަބޫލް ކުރާނެ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. ޔުމްނާ ކުރާނެ ކަމެއް ނެތީމާ އިރުއިރުކޮޅާ ސަރުކާރުގެ ސްޕޯކްސްޕާސަން އޭ ޔުމްނާ އަކީ ހީވާގޮތަށް ޓްވީޓް ވެސް ކުރެއެވެ. ކޯޓަކުން ނިންމާ ނިންމުމަކަށް ވެސް ޔުމްނާ ފާޑުކިޔަންވެއެވެ. ފުރަތަމަ ޔުމްނާ މުސާރަ ޙަލާލު ކޮށްބަލާށެވެ.
މަހަކު 62،359 ރުފިޔާ މިނިސްޓަރެއް މުސާރަ އަކީ.
ދާރުލްއާސާރުގައި ހުރި ބުދުކޯލު ދަނޑިވަޅު ބަލާފައި ފުނޑާލީ ހިތްވަރުގަދަ ބަތަލުން. އިސްލާމީ މިގައުމުގައި ކުރީގައި އަޅުކަން ކުރަން ގެންގުޅުނު ބުދު އިހްތިރާމް ލިބޭނެ ގޮތަށް ރީތިކޮށް ބެހެއްޓިގެން ނުވާނެ.
ދާރުލް އާސާރޭ ކިޔަން ލަދު ގަންނަން ޖެހޭނެ ، ރާއްޖެތެރޭ ރައްރަށުގެ އާސާރުތަށް ލޫޓްވާގެން އައިސް ދާރުލް އާސާރޭ ހަވާދޭ ކީމަ ގޯސް ، އައްޕަގެ ވެރިކަމުގައި ރާއްޖެތެރޭ މީހުންގެ އާސާރީ ހަރުމުދާ ލޫޓްވިލެއް ބޮޑު . ދާރުލް ހަވާދުގައި ހުރި ރާއްޖެތެރޭ ރަށްރަށުގެ އާސާރީ މޫދާ އެރަށަކަށް ގެންދިއުމަށް ހަރުއަޑުން ގޮވާލަން،
މަހަކު 62،359 ރުފިޔާ މިނިސްޓަރެއް މުސާރަ އަކީ
ކޮބާތަ ލޮނުޒިޔާރަތްކޮޅުގަ ބަހައްޓާނަމޭ ބުނި ގާ.. ފެނުނު ވާހަކަ ބުނީމެންނު