ރާއްޖޭގައި ހުޅުވާ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލް ޓްރީ ޓޮޕް އިން ހޮސްޕިޓަލުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހެއްދުމަށް ޗާޖް ކުރާނީ 750 ރުފިޔާ ކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
މިއަދު ޓްރީ ޓޮޕަށް ގުޅުމުން އެހޮސްޕިޓަލުން ބުނީ ޑޮކްޓަރަށް ދެއްކުމުގެ ފީއަކީ 750 ރުފިޔާ ކަމަށެވެ. ނަމަވެސް ދިވެހިންނަށް 30 އިންސައްތަ ޑިސްކައުންޓެއް ޑޮކްޓަރަށް ދެއްކުމަށް ލިބޭނެއެވެ. އެހެންކަމުން ދިވެހިންނަށް އެޕޮއިންޓްމެންޓް ހެދުމަށް ޗާޖު ކުރާނީ 550 ރުފިޔާ އެވެ.
ރާއްޖޭގައި މިހާރު ހުރި އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމަށް އާސަންދައިގެ ދަށުން ޗާޖު ކުރަނީ 50 ރުފިޔާ އެވެ. ސްޕެޝަލިސްޓުންނަށް ދެއްކުމަށް އާސަންދައިގެ ދަށުން 100 ރުފިޔާ ޗާޖުކުރާއިރު ސުޕަސްޕެޝަލިސްޓުންނަށް ދެއްކުމަށް ޗާޖުކުރަނީ 200 ރުފިޔާ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ރޫމްތަކުގެ އަގު އެނގޭނީ މާދަމާ ހޮސްޕިޓަލް ހުޅުވުމުން ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލް ވެގެން ދާނީ ރާއްޖޭގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުގައި ވެސް ހުރި އެންމެ ފެންވަރު ރަނގަޅު އެއް ހޮސްޕިޓަލަށެވެ. 110 މިލިއަން ޑޮލަރު ހޭދަކޮށްގެން ހުޅުމާލޭގައި މިހޮސްޕިޓަލް ތަރައްޤީ ކޮށްފައި ވަނީ ރާއްޖޭގެ އެންމެ ބޮޑެތި މަހުޖަނުން ހިމެނޭ ކުންފުންޏަކުންނެވެ. އެކުންފުނީގެ ހިއްސާދާރުންގެ ގޮތުައި ހިމެނެނީ ރާއްޖޭގެ މަހުޖަނުން ކަމަށް ވާ ޗަމްޕާ ހުސެން އަފީފާއި، ޗަމްޕާ މުހައްމަދު މޫސާ އާއި އަހުމަދު ނަޒީރާއި އަހުމަދު ސަލީމް (ގަދަގޭ ސަލީމް)، އިބްރާހިމް ނޫރައްދީނާއި އަބްދުލްގަނީ އަދި ސަލީމްގެ ދަރިކަލުން އާދަމް ސަލީމް (އެޑަމް) ގެ އިތުރުން ޑރ. އިބްރާހިމް ވިޝާން އަދި ލާސް ޕީޓާ އެވެ.
މިހޮސްޕިޓަލް ހިންގާނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ގުޅިގެންނެވެ.
ޙީކުރި ވަރައްވުރެ މާ އަގުބޮޑު އިންޑިއާއިން ނަގަނީވެސ އެންމެ 300 ނުވަތަ 400 ރުޕީސް 550 ރުފިޔާ އެއީ ގާތްގަޑަކށް އިންޑިއާ 2000 އެއްހާ ރުޕީސް އެހާ ރަނގަޅެއްނޫން
ކޮއްކޯ އެކަމަކު އިންޑިއާ އަށް ދިއުމުގެ ހަރަދާ ހުރުމުގެ ހަރަދާ ދަތުރު ފަތުރު ކުރުމުގެ ހަރަދާ ކެެއުމުގެ ހަރަދަށް އެދާ ބައިން ވަރަށް ބޮޑު އެއްޗެއް ސޭވް ވާނެ ނޫންތޯ.
ހުޅުމާލޭގައިވެސް އަހަރެމެން ތިބެންޖެހޭނީ ކުއްޔަށް. ދުވާލަކަށް 400 ނޫނީ 500 ދާނެ ކޮޓަރިކުއްޔަށް އެކަނި
ކޮޓަރިއެއްގެ އަގު ދުވާލަކަށް 300 ޑޮލަރު ވިއަސް އޯކޭ ދޯ؟ 750ރުފިޔާ ހަތަރު ކަޅި ހަމަކޮއްލަން ކޮބާ ދެން ޓެސްޓެއް ހަދާލެވޭނެ އަގެއް އަދި سبحان الله
ވައްޟާހު އައުލަމް.
އާސަންދަ އޮވޭތަ؟
ސުބްހާނަﷲ ތިވަރަކުން ނުވާނެ
އާސަންދައިން ދައްކަންޏާމު 150ރުފިޔާ ދައްކަންޖެހޭނެ.
ޢާސައިންދައިން ދެއްކުމަށް ކަނޑަނީ 100ރ.. 300 ދައްކަންޖެހޭ ޑޮކްޓަރުންނަށް 200. ޢެހްނވީމް މިތަނަށް ދައްކަންޖެހޭނި އެންމެ 450ރ. ތިން ދުވަސްވުުމުންވެސް ހަމަ އެވަރު ދައްކާދައްކާ ތިބެންވީ ދެގޮތުން އެއްގޮތް ވަންދެން.
އިންޑިއާ އަގުހެޔޮ ވީއިރު ދެކޮޅު ޓިކެޓާ ތިބުމުގެ ޚަރަދު ހިމެނީމާ އަގު މާ މައްޗަށް ދާނެ.
ޙަމައެކަނި ޑރ އަށްދެއްކުމުން ބަލި ފަސޭހަވޭތޯއެވެ. ކޮބަިތޯ ޓެސްޓް ތަކާއި ރޫމް ޗާޖަސް އަދިވެސް އިތުރުން ތިއޭޓަރ ފީ ނާރސިންގެ ފީ.. މިހެނ ހުރިހައި ފީއެއް އެއްކޮށް ބަލަިފިނަމަ ޓިކެޓް ނުވާނެ ހުވަނދަކަށްވެސް
ދެން ބާރަށް އަތްޖަހާ.....ވ.ވާހަކަ
ދެނެއް ނޫން ބާރަށް އަތްޖަހަންވީކީއެއް. ތިތަން ބިނާކުރަން ފެށީއްސުރެ އައްޖަހަމުން މިދަނީ. އަގު މުޅިއަކުން ގޯހެކޭ ނުދެންންވޭނެ. ވަކިއެއްޗެއް ބުނަންއެނގޭނީ ފެންވަރު އެނގުނީމަ
ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ނަމުގައި ބޮޑު ވިޔަފާރި އިންވެސްޓްމެންޓެއް. ތީ ރައްޔިތުން ފޭރެނީ ނު ފާޅުގަ. ތިތަނަށް ޑޮކްޓަރަށް ދައްކާ ނިމޭ އިރުއަތުން ހުންނާނީ މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފަ.
ތިކަމެއް އެނގޭނީ މާދަމާ އެތަނަށް ވަދެލީމާ،، އަހަރެމެން އަތުގަ މިލިޔަނުން ހަރަދުކުރަން ފައިސާ ނެތަކަސް ޑޮކްޓަރުންނައް ނުކަތާ ވަރައް މީހުން އޮންނާނެ ދައްކަން ގޮސް...
ގޯހެއްނޫން، ފެންވަރު ރަނގަޅީއްޔާ އޯކެ، ބޭރަށް ދިޔުމަށްވުރެ ހާސްބައި ރަނގަޅު.
މޮޅުޑޮކްޓަރުން ތިބެފަ ހުރިހާ ބައްޔަކަށް ފަރުވާ ލިބޭކަމަށްވާނަމަ ތިޔަ އަގު ބޮޑެއްނޫން.
ތިިޔައީ ހަމަ ރަނގަޅަށްވެސް ޓްރީ ޓޮޕް ހޮސްޕިޓަލް. އަގުތަށްވެސް ތިހުރީ ޓްރީ ޓޮޕް ގައި. އަހަރުމެން ނިކަމެތިންގެ އަތްފޯރާ ވަރުގެ ޓްރީ އެއްނޫންތީ
ޢާސައްދަ ލިބެޔޭނެ 750 އަކީ ނޯމަލް ޗާޖެސް... އިން ޕޭޝަންޓްސް އަށް އަދި ޢާސައްދަ ލިބޭ ގޮތަ އިނީ...އިންޑިއާ އަންގޮސް ޓޮކްޓަރ ދެކިޔަސް މިޔަން ވުރެ ގިނައި ހަރަދު ވާނެ.. ކޮންމެ ކަމެންވެސް ނެގެޓިވް ކޮށް ވިނީމަ ކަޑަ ދޯ..މި ތާގެ ފެންވަރަށް ބަލާފަ އަގު ރަނގަޅު... ސުކުރު ކުރަށް ދަސްކުރަށް ދަސް ކުރީމަ ރަނގަޅު ވާނެ..
އަހުން އަބަދުވެސް އަތްޖަހަން. މިހާރުވެސް އަތްޖަހަމުން މިގެންދަނީ. ސަބަބަކީ 3 އަހަރުގެ ވެރިކަމަކު މިކަހަލަ ދިވެހިންނަށް ފައިދާވާނެ އެއްކަމެއް ނުކުރެ. ބަދަލުގައި ވިއްކާލި އެއާޕޯރޓުން ދިވެހިންނަށް ވަމުންދިޔައީ ގެއްލުމުގެ އިންތިހާ.
ޓުއަރިސްޓުންނަށާއި މަހުޖަނުންނަށް ޙާއްސަ، ތިޔަބޭފުޅުން ވަޑައިގަނޭ އައިޖީއެމްއެޗަށް
އަގުތައް ވެސް ޓްރީ ޓޮޕްގަ.
އަގު ބްޑު ބޮޑު ކަން ފާހަގަ ކުރެވޭ/ މިހާރު ލިބޭ އާމްދަނީ އަށް ބަލާ އިރުގަ އާއި އަނެއް ކޮޅުން އާސަންދަވެސް ނުލިބޭ؟/
ބަލަ ފެންވަރަކީ އަވަހަށް ބަލިން ރަގަޅުވުމެއްނޫންތައް ތިތަނައް ނުދާނަން މަރައްތެޅެން ޖެހުނަސް ރައްޔިތުން ބަޑައްޖައް ސާނެ ގޮތެއް ނެތިގެންތަ ޗަންޕާ އެއުޅެނީ
މިގައުމުގެ ކުރިމަގު ކއުޖާލާކުރަން ބޭނުންވާނަމަ ރައިސް ޔާމިނު 2018 ހޮވާދެއްވުން އެދެމެވެ