ޓްރީޓޮޕް ހޮސްޕިޓަލްގައި ބަނޑަށް 26 ހަފްތާގައި ވިހެއި ފިރިހެން ކުއްޖަކު ސަލާމަތްކޮށް، އެ ކުއްޖާއަށް ދެ މަސް ފުރުނު ފަހުން ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ދުވަސް ނުފުރާ އެ ކުއްޖާ ވިހެއިރު، ބަރުދަނުގައި ހުރީ 885 ގްރާމެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ، އެހޮސްޕިޓަލްގައި ދުވަސް ނުފުރާ އުފަންވާ އެހެން އެތައް ކުއްޖަކު ގަވާއިދުން މެނޭޖް ކުރި ނަމަވެސް، މިއީ ދިރިހުރުމުގެ ހިރާސްބޮޑު، މިހާ ބޮޑު މައްސަލަތާކާއެކު އުފަންވި ފުރަތަމަ ކުއްޖާ ކަމަށެވެ.

އެގޮތުން މި ކުއްޖާއަށް ފަރުވާ ދިނުމުގެ ކަންކަން ކުރިއަށް ގެންގޮސްފައި ވަނީ އެ ހޮސްޕިޓަލްގެ ސީނިއާ ކޮންސަލްޓަންޓް ނިއޯނެޓޮލޮޖިސްޓް ޑރ އިންގްރިޑްގެ އިރުޝާދުގެ ދަށުންނެވެ.

"ޕްރޮފެޝަނަލް ކެއާ އާއި ނިއޯނެޓޮލޮޖީ އެންޑް ޕީޑިއަޓްރިކްސް އެންޑް ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) ނަރުހުންގެ މުޅި ޓީމާއި، އެ ކުއްޖާގެ މައިންބަފައިންގެ ލޯތްބާއި އަޅާލުމުގެ ސަބަބުން ބޮޑު ކޮމްޕްލިކޭޝަނަކާ ނުލައި ރަނގަޅު ނަތީޖާއެއް ނެރެވުނު".

އެ ކުއްޖާގެ މައިންބަފައިން ބުނެފައިވާގޮތުގައި މުޅި ކްލިނިކަލް މެނޭޖްމަންޓް ދިޔަ ގޮތާ މެދު ވަރަށް ހިތްހަމަ ޖެހެއެވެ.

"އެ ހޮސްޕިޓަލުން ކެއާ ޓީމުން އަހަރެމެންނަށް ހުރިހާ ކަމެއް ވެސް އޮމާންކަމާ އެކު ކުރިއަށް ގެންދެވޭތޯ ބެލި އެވެ. އެއީ ވަރަށް ލުއި ދަތުރެއް". މައިންބަފައިން ބުނެފައި ވެއެވެ.

އެ ހޮސްޕިޓަލުން ގަބޫލު ކުރާގޮތުގައި، މިއީ އެ ހޮސްޕިޓަލްގެ ހެލްތް ކެއާ ޓީމަށާއި، ރާއްޖެއަށްވެސް ލިބުނު ބޮޑު ކާމިޔާބީއެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ތި ކުރި މަސައްކަތަށް އައްސަރިބަހާއި ސާބަސް

  2. ދިވެހި

    5 މަހުގައި އުފަންވާ ކުދިން އޮސްޓްރޭލިޔާ ، އެމެރިކާ ފަދަ ގައުމުތަކުގައިވެސް ސަވައިވް ރޭޓް ވަރަށް މަދު ، އެހެންކަމުން މި ކުޑަ ވަސީލަތް މަދު ގައުމުގެ ހެލްތު ސެކްޓާރގެ ކާމިޔާބެއް ތީ. މަރުހަބާ ޓްރީޓޮޕް

  3. ވިސްނާ

    މިއީ ވަރަށްބޮޑު ބުރަމަސައްކަތްކުރަންޖެހޭ ރިސްކްބޮޑުކަމެއް ނަމަވެސް މިކަންނިމުނުގޮތުން
    އެގެނީ އިޚުލާސްތެރިކަމާ ، ތެދުވެރިކަމާ،ލޯތްބާކުލުނާއެކު މަސައްކަތްކުރެއްވުމުން މާތަﷲ ގެއްލެނި ނުކުރައްވާކަން ވީމާ،ކޮންމެފަރާތަކާމެދުވެސް މިގޮތަށް މަސައްކަތްކުރެއްވުން ރަގަޅު

  4. އަޒްލީމް

    ﷲ އަށް ހަމްދުހުރި. އެއިލާހު އެއީ އެންމެކުޅަދުވަންތަ އިލާޙް. ކުއްޖާއަށް ހެޔޮދުއާ ސަލާމް