އަމީނީ މަގުގެ މަސައްކަތް ވަނީ މަޑުޖައްސާލާފައި ކަމަށާއި އެ މަގުގައި ތާރުއަޅަން ފަށާނީ ބިލަބޮން ސްކޫލާއި ހަމައަށް މަސައްކަތް ގެންގޮސްފައި ކަމަށް މަގު ހެދުމުގެ މަސައްކަތް ކުރަމުންދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

އަމީނީ މަގުގެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އާރްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ މަގުގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއު އެ ކޯޕަރޭޝަނާއި ހަވާލު ކުރެވުނު ދުވަހުން ފެށިގެން އެ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭން ކޮށްފައިވާ ގޮތަށް ކަމަށެވެ.

އެހެންކަމުން އަމީނީ މަގުގައި ތާރު ނާޅައި އެމަގުގެ މަސައްކަތް ހުއްޓިފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ މަސައްކަތުގެ ޕްލޭން އޮޅޭ ގޮތަށް ހަގީގަތާއި ހިލާފަށް ދެކެވޭ ވާހަތަކެއް ކަމަށާއި ނަމަވެސް އެ މަސައްކަތް މި ވަގުތު ވަނީ މަޑު ޖައްސާލާފައި ކަމަށް އާރްޑީސީއިން ބުނެ އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރިއަށް ދަނީ
ފޮޓީޯ ؛ އަބްދުﷲ އަބީދު

"އާރްޑީސީއިން އަމީނީމަގުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން. އަދި އަމީނީ މަގުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދަން ޖެހުނު ނަމަވެސް އެ މަސައްކަތް ކުރެވޭނެ ގޮތްތައް ވަނީ ރޭވިފައި." އާރްޑީސީއިން ބުނެ އެވެ.

މި ވަގުތު އަމީނީ މަގުގެ މަސައްކަތް މަޑު ޖެހިފައިވަނީ އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދެމުންދާ ހިދުމަތްތައް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދެވިފައިނުވާތީ ކަމަށާއި މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވޭ ވަރަށް ވަސީލަތްތައް ފޯރުކޮށް ދެވެންދެން އަމީނީ މަގުގެ މަސައްކަތް މަޑުޖައްސާލުމަށް ޕްލޭނިން މިނިސްޓްރީއިން އެދިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އަދިވެސް ނުފެށޭ!

އާރްޑީސީއިން ބުނީ އަމީނީ މަގުގެ ސެގްމަންޓް އެއްގައި ތާރު އެޅުންފިޔަވައި އެހެން ހުރިހާ މަސައްކަތެއް ވަނީ ނިމިފައި ކަމަށެވެ. އަމީނީ މަގުގައި ތާރު އެޅުމަށް ނިންމާފައިވަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އެ ކޯޕަރޭޝަނުން ބުނީ ތާރު އަޅަން ނުފެށި ނަމަވެސް އެހެނިހެން މަސައްކަތް ނިމޭވަރަކުން އެ ސަރަހައްދުތަކަށް ވެހިކަލްތަކަށް ވަދެވޭ ގޮތަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑައެލޯގް

    މިސަރުކާރުންކުރާ އެއްވެސް މަސައްކަތެއް ނުހުއްޓެއެވެ. ބްރިޖްގެ މައިތަނބުވެސް އެހުރީ 4 އަހަރުފަހުން ފެނުންމައްޗަށް އަރާފައެވެ. ބްރިޖް ނިމޭނީ 2050 ގައެވެ.

    18
  2. އުގުރި

    ތިއޮތީ ޖަޒީރާ ކޮއްލާފަ...
    ތިޔައީ ވާނެވަރު ސޯލިހުގެ ސަރުކާރު.

    ސެކިއުލާ ފިކުރުގެ ވެރިންނަކައް ތާއީދެއް ނެއް..

    19
    • ސަޓޯ

      އޭ ރައްޔިތުންނޭ ހަމަޖެހޭ!!! މައިތިރިވޭ !!! އަމީނީމަގު ނުހެދުން އެއީ އިބުރޭ ސޯލިހުގެ މައްސަލައެއް ނޫން، އެއީ މަގު ހަދާ ކުންފުނީގެ މައްސަލައެއް. ދެން ބުރިޖު ލަސްވުން އެއީ އިބުރޭ ސޯލިހު ކުރާނެ ކަމެއް ނޫން އެއީ ބުރިޖު ހަދަން ހަވާލުވި ކުންފުނީގެ މައްސަލައެއް... އިބުރޭ އޯކޭ، އިބުރޭ ސޭފް... އޭނަގެ ޒިންމާއެއް ނެތް !!!

      2
      1
  3. ރަން ރީނދޫ

    މާލޭގައި ހިންގާ ތަރައްގީގެ ކަމެއް މުހައްމަދު ފަރީދުގެ ޒަމާނުއްސުރެ މަޑުޖައްސާފައެއް ނެތް. މި ސަރުކާރުގެ ފެންވަރު ވަޒަން ކޮއްލާ ރައްޔިތުނޭ

    15
  4. އަހައްމަދޫ

    ދެން އެކަންތައް ފާހަގަ ކޮށް ބަޔަކު އެއްޗެއް ލިޔެފިތަ. ދެން ނެރޭނެ ޕާޑުޕާޑުގެ ބަޔާންތައް

  5. މަތަރަސް

    ބަލަ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގާފައިސާނެތީމާ ދެންކޮންތާރެއްއެޅޭނީ؟ މިނާގާބިލްއަދި އިސްލާމުދީނައްފުރައްސާރަކުރާމީހުންހިމާޔައްކުރާދޭބަޔަކު ގައުމުގެ ރައްޔަތުންދަރުވާލާ ގައުމުގެފޭރާވީދާ ގައުމުކުޑަ ފައިސާކޮލަކައްއިންޑިޔާއައްވިއްކާލި އަދި ދައުލަތުގެހަޒާނާހުސް ގައުމުގެ ބޮޑުކުންފުނިތަކާ އެސް.ޓީއޯ ދަރަނި އެތައްބިލިއަނަކައް މޯލްޑިވިއަން މުލި ހުރިހާކުންފުންޏެއްބަގުރޫޓް ރައީސްނަޝީދުވެސް މިކާމާއެއބަސް ކާޑާ ބޭސްގެނެވޭނެފަދވެސް ބޭރުފައިސާނެތްވާހަކައެވިދާޅުވަނީ ދެންކޮންތާރެއް މުސާރައެއްބޮޑުވާނީ؟؟

  6. ސޮއްބެ

    ނުހުއްޓާ މަޑު ޖެހުނީޔޯ