ހަތް ރަށެއްގައި 664 މިލިއަނަށް ގިނަ ރުފިޔާ މަޝްރޫއުތަކެއް ހިންގުމަށް އެމްޓީސީސީއާ އަދި އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ޕްލޭނިންގ މިިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޭމެނެންޓް ސެކެރެޓަރީ ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ އަހްމަދު ޝިހާދެވެ.

މީގެ ތެރޭގައި ހިމެނޭ ބ.ތުޅާދޫ އެއްގަމު ތޮށި އަދި ބޭރު ތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީ 22،800،727،69 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއެކެވެ. އަދި މ. ރަތްމަންދޫ ހާބަރ ޑެވެލޮޕްމެންޓް އެންޑް ޝޯ ޕްރޮޓެކްޝަން މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ 68،930،879.04 ރުފިޔާއަށެވެ.

664 މިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހިންގަން ހަވާލު ކުރުން - ފޮޓޯ: ޕްލޭނިންގ

އަދި ށ. ފުނަދޫ ބިންހިއްކަން 139،722،300.00 ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ތ. ކިނބިދޫ ބިން ހިއްކަން 148،207،546.80 ރުފިޔާއަށް ހަވާލުކޮށްފައިވަނީވެސް އެމްޓީސީސީއާއެވެ.

މީގެ އިތުުރުން އިސްދޫ ކަލައިދޫ މަގުތަކުގައި ތާރު އަޅަން 138،382،550.82 ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، ލ، މާވަށު މަގުތަކުގައި ތާރު އަޅަން 51،171،900.28 ރުފިޔާއަށް ހަވާލުކޮށްފައި ވަނީ އާރްޑީސީއާއެވެ. ނައިފަރު މަގުތަކުގައިވެސް ތާރު އަޅަން 95،181،892.84 ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުވިއޭ ފައިބާ

    ކޮންމެ ދުވަހަކު ސޮއިކޮށްކޮށްފަ ކުޅެނީ ޑްރާމާ

    9
    1
  2. ޙާލު

    ދެރަކަންކަން. މިކަންކަމުގައި ދެއްކުންތެރިކަމެއްނެތި އިހްލާސްތެރިކަމާއެކު ކޮށްފިއްޔާ ރަނގަޅު

  3. ހުސޭނުބޭ

    ވަރިހަމަ 664 ބިލިއަނަކަސް. ނުދޭނަން ވޯޓެއް!