ރ.މީދޫގައި ހޮސްޕިޓަލެއް އަޅަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ. އާރްޑީސީ އަކީ މަގުތައް ހަދަން ސަރުކާރުން އުފައްދާފައި އޮންނަ ކުންފުންޏެކެވެ. ނަމަވެސް ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އެކުންފުންޏާއި ހަވާލު ކުރީ ކީއްވެ ކަމެއް އަދި ސާފެއް ނުވެއެވެ.

އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވަނީ އެކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 135 މިލިއަން ރުފިޔާ އަށެވެ. އެއީ 500 ދުވަސް ތެރޭ މަސައްކަތް ނިންމާ ގޮތަށެވެ.

މީދޫގައި އަޅަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ.

މިހާރު މީދޫގައި ހުންނަނީ ސިއްހީ މަރުކަޒެކެވެ.

ސައުވީސް ގަޑިއިރު އެ ސިއްހީ މަރުކަޒުން ހިދުމަތް ދޭ އިރު ތިން ޑޮކްޓަރުން ތިއްބަވަ އެވެ. އެއީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި މެޑިކަލް އޮފިސަރެކެވެ.

އެ ސިއްހީ މަރުކަޒުން އެމްބިއުލެންސްގެ ހިދުމަތް ވެސް ލިބޭ އިރު އެވްރެޖްކޮށް ދުވާލަކު 30 އަކަށް މީހުން ހިދުމަތް ހޯދަ އެވެ.

މީދޫން ނުލިބޭ ސިއްހީ ފަރުވާތައް ހޯދުމަށް އާންމުކޮށް އެ ރަށުގެ މީހުން ގޮސްއުޅެނީ ރ. އުނގޫފާރުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށެވެެ.

މީދޫގައި އާ ހޮސްޕިޓަލެއް އަޅަން ނިންމި އިރު އެހެން ރަށް ރަށުގައި ވެސް އާ ހޮސްޕިޓަލުތައް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ބައެއް ރަށް ރަށުގައި ޓާޝަރީ ހޮސްޕިޓަލުތައް އެޅުމުގެ މަސައްކަތްތައް ވެސް ދަނީ ކުރަމުން ނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުއިއްޒު 2023

    އާރުޑީސީގެ ތިޖޫރީ އެތައް ފަހަރަކު ފަޅާލާ، އަދި އެތާނގެ ޕެޓީ ކޭޝް އިންވެސް ވައްކަން ކުރި މުކޭ ތި ލާރި ކާލާތަން ފެންނާނީ. ވެރިކަމުގަ އޮތް އެއްދުވާހާ ފަޅިން ތި ހޮސްޕިޓަލެއް ނޭޅޭނެތާ. މިއީ ހުސް ވައްކަން

  2. ޙަސަނު

    ކެމްޕެއިން ދުވަސްވަރު އައު ޕްރޮޖެކްޓުހިންގުމަކީ މަނާކަމެއް. ތިއިީ ރައްޔަތުންނަށް ވެވޭ ބޮޑު ހިޔާނާތެއް. ތިހެޔޮނިޔަތުގައި ކުރާކަންކަމެއްނޫން ވޯޓް ހަމަދޭންވާނީ މުއިއްޒަށް .

  3. ބޯހުދު އާދަންބެ

    ކުދިންނޭ ރިތަ ހޮސްޕިޓަލް ހޯދާ ނުފެންނާނެ.

  4. މުޙައްމަދު

    އާރުޑީސީއާ ތިމަސައްކަތް ހަވަލުކުރުމަކީ ތިކަން ނުވާނެކަމަށް ރައްޔިތުން %100 ގަބޫލުކުރާނެ ކަމެއް. އާރުޑީސީގެ ބޮޑަކަށް ހުރީ ތިޖޫރިފަޅާ ބޮޑުމީހާ

    4
    1
  5. ސަފީ

    އަޅާނެ އަޅާނެ، އާރުޑީސީ އަށް ވާނެ ، މޫކޭއަށް ވާނެ، ޕޭޓީކޭޝް މީގަ މުޙިއްމު އެއްޗަކީ. 30 އެނދު 135 މިލިއަން.

  6. ގާލުތާ

    ކޮންމެ އެއްޗެއް ކިޔަސް ވައުދު ފުއްދާނެ. ބަލަން ތިބޭތި.

  7. މިމީހާ

    މިހާރު ތިޖޫރި ގެއްލޭ ކުންފުނިން ހަދަން ހަވާލުކުރި މަގުތައް ނިމުނީތަ