ގެއްލިގެން ހޯދަމުންދިޔަ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 31 އަހަރުގެ ޒުވާނާ ފެނިއްޖެއެވެ.

ފުލުހުން މިއަދު ތަންކޮޅެއް ކުރިން ކުރި ޓްވީޓެއްގައި ބުނީ، އެރަށު ނޫރަންވިލާ ހުސައިން އާލިމް ގެއްލިގެން ރިޕޯޓް ކުރުމާއި، ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެގޮތުން މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭނާ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު ފަހު 14:45 ހާއިރު ކަމަށް ފުލުހުން ކުރި ޓްވީޓްގައި ވެއެވެ.

ފުލުހުން ފަހުން ބުނީ، ގެއްލުުނު ޒުވާނާ މިރޭ 21:35 ހާއިރު މާލެ އިން ފެނިފައިވާ ކަމަށެވެ.

ދިވެހި ޒުވާނަކު ގެއްލިގެން ހޯދަނީ

އަދި އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކަތްދަ

    ކީއްވެތޯ ޢާއިލާއަށް ޚަބަރެއް ނުކުރީ ކޮންތާކު ކީއްކުރަނިކޮށްތޯ ފެނުނީ ބުނއދިން ނަމަތާ