މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެ ގިނަ ފައިސާ ހުރީ ދައުލަތުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން އެހެން ވިދާޅުވީ، ހުކުމާއި އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

‏އެގޮތުން އަލީ ހުސައިން ކުރެއްވި ޓްވީޓްގައި ވަނީ ދައުލަތުން މީހުން ލައްވާ މަސައްކަތް ކުރުވާފަ ނޫނީ މުދާ ގަނެފަ ދައްކަންޖެހޭ ފައިސާ ނުދައްކާ އަށް މަސް ނުވަތަ ދޮޅު އަހަރު ވީމަ އަދަބު ކަނޑައަޅާ ޖަލައްލާނީ ކާކު ތޯ ސުވާލު ކުރައްވާފައެވެ.

”މީހުންނަށް ދައްކަންޖެހި ނުދައްކާ އެންމެ ގިނަ ފައިސާ ހުރީ ދައުލަތުން.” އަލީ ހުސައިން ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގައި ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި އެ އޮފީހުން އެކަން ކޯޓަށް އަންގަންވާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އެހެންކަމުން، ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދައި, އެފަދަ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޕީޖީ އޮފީހުން ބުނެފައި ވަނީ ހުކުމާއި އެއްގޮތަށް ޖޫރިމަނާގެ ފައިސާ ނުދައްކާމީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް "ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ" 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަބުދުﷲ

    ދައުލަތުން ފައިސާނުދައްކާ މަކަރާ ހީލަތުން މަސައްކަތް ކުރުވާ ވާހަކަ ގައުމުގަ އާއްމުވެއްޖެއްޔާ އެމަގު އެއްމެން އިޚުތިޔާރު ކުރުމަކީ ވަރަށް ކާރިކަމެއް. އެހުސާބުން އެއީ ހަޑިކަމަކައް ނުވާނެ. ވަރައް ހިތާމަހުރި ޚަބަރެއް.!!!!

  2. Anonymous

    އަދި މީހުން ލައްވާ އަގުނުދީ އެންމެ ގިނައިން މަސައްކަތްކުރުވަނީ ވެސް ސަރުކާރުގެ އެކިއެކި މުއައްސަސާތަކުން.

  3. ސަކެން12

    ތެދުފުޅެއް

  4. ހުސޭނުބޭ

    އައްޔާ ކަލޭމެން ގެނައި ސަރުކާރު މިއީ ކުނިފޮޑިއެއްދޯ. އެއްވެސް އެއްޗެއްނޫން. އެކަމަކު މީގެ ނޮހޮރުއްޕާން އެންމެންނަށް

  5. ޑައެލޯގް

    ޢަލީ ހުސެއިން ތިވާހަކަ ދައްކާކަށް އެހާރަގަޅެއްނޫނެވެ. ސަބަބަކީ ކަލޭމެން އެނގިހުރެ ގާސިމުގެ ދަށުވެފައިވާތީވެ ގެނައި ސަރުކާރެކެވެ. އަދި މިހާރުވެސް ކަންދައްކަން ތިހެން ބަސްބުނެލާނެއެވެ. އެކަމަކު ވޯޓުދޭނީ މިޖާހިލުސަރުކާރަށެވެ. އެއީ ގާސިމުގެ ފައިސާއިން ކައިއުޅޭރޮޑުންކަމަށްވާތީއެވެ.