ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު 3 ކިލޯ ބަނޑު ހަނޑުލަށް ވިކޭނެކަމަށް ބުނާ ވާހަކައަކީ ބުއްދި އަރައިރުންވާ ވާހަކައެއްކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިފަދައިން ވިދާޅުވެފައިވަނީ މަހާޒަށް ޖޭއެސްސީން ތުހުމަތު ކޮށްފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

ޖޭއެސްސީ އިން މައްސަލައަކަށް ހަދައިގެން އުޅެނީ މަހާޒް ފަރިއްކޮޅު ގެނައި ދުވަހަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި ދުވަހަށްވެފައި، އެދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ފަރިއްކޮޅަކީ ރައީސް ޔާމީން މިނިވަންވުމުން އުފާފާޅުކުރުމުގެ ގޮތުން ބޭއްވި ފަރިއްކޮޅެއް ކަމަށް ތުހުމަތު ކޮށެވެ.

އެކަމާއި ގުޅިގެން މަހާޒް އޭރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެ މައްސަލަ" އޮންނަ ކޮންމެ ދުވަހަކު އަޑުއެހުންތައް ދިގުލައިގެންދާތީ މެންދުރުގެ ކެއުމެއް ފަނޑިޔާރުން އަމިއްލަ ޚަރަދުގައި ބާއްވަމުންދިޔަ ކަމަށެވެ. ޔާމީންގެ މައްސަލަ ނިންމި ދުވަހަކީ ސުޕްރީމް ކޯޓުގެ ރިސެސްގެ ކުރިން އަންނަ ރަސްމީ ފަހު ދުވަސް ކަމަށްވާތީ، އެދުވަހުގެ ކެއުން ހުރިހާ ފަނޑިޔާރުންނަށް ދިނީ އޭނާގެ އަމިއްލަ ޚަރަދުގައި ކަމަށް އޭނާ ޓްވީޓްގައިވެއެވެ.

މަހާޒްގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމި ނިންމުމާއި ގުޅިގެން ދިޔާނާ ވިދާޅުވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖޭއެސްސީއަށް ނަންފުޅު ފޮނުއްވައި، ޖޭއެސްސީން އެއްރޭ މަތިން 2 ބަޔާން ނެރެގެން، ތުރީ ލައިން ވިޕެއް ނެރެ ޕާލިމަންޓަރީ ގުރޫޕު ދަނޑިމާރުއަޅުވައިގެން ފަނޑިޔާރުކަމަށް އައްޔަންކުރި ފަނޑިޔާރު މަހާޒު 3 ކިލޯ ބަނޑު ހަނޑުލަށް ވިކޭނެކަން އެއީ ބުއްދި އަރައިރުންވާ ވާހަކައެއް ކަމަށެވެ.

ދިޔާނާ ވިދާޅުވީ، މަހާޒް ފަރިއްކުޅުވި މައްސަލަ ނުބަލައި ޖޭއެސްސީން ބަލަންވީ އެތަން "ސިޔާސީ ވެގެން އުޅޭ މައްސަލަ" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    މަހާޒު މައްސަލަނުބަލާ 1 ދުވަހު ހުސް ޓައީ އެކަނި އަޅާފަ އިބިރިހިމާ އޮފީހައްދިއުން ބުއްދިވެރި

  2. ހަނޑޫކަނޑި

    ތިންކިލޯ ބަނޑުހަނޑުލަކަށް މިހާރަކު ނުވިކޭނެ. ވިކޭނެ ވަރެއް އަހަރެމެންނަކަށް ނޭނގެ. އަދި ގަންނަން ބޭނުންވާއިރު ނުވިކޭ މީހަކު ހުރިހެނެއްވެސް ހިޔެއްނުވޭ. ވަލިއްޔުލްއަމުރުގެ އެކައުންޓަށް މިލިޔަނުން ޑޮލަރު ޖަމާވުމުން އެއީ މައްސަލައެއްކަމަށް ނުވީމަ ހިބަރުވަދު ދޫކުރާމީހުންނާއި ހިބަރު ވަދުގަ ޖެހޭމީހުން ތިބީ ބިރުކެނޑިފަ.

  3. ދައުވަތުދެއްވާތި

    ފަނޑިޔާރު މަހާޒުގެ ސުލޫކީ މައްސަލައަކައްވީ އެހާމީރު ފަރިއްކޮޅެއްގެނެސްގެން ފަރިއްކުޅުވިއިރު ޖޭއެސްސީއައް ނާންގާ ދައުވަތުނުދީ ފަރިއްކުޅުވުން ކަމައް ވަނީ

  4. ހިސާނުގެ ކުރީގެ ބިޓް

    އެބްސުލޫޓްލީ ރައިޓް!

    1
    1
  5. ޑައެލޯގް

    ދިޔާނާގެ ވާހަކަ ބަރާބަރެވެ. ބަލަންވީ ޖޭއެސްސި ސިޔާސީވެގެން އުޅޭމައްސަލައެވެ. އަދި ހިސާނުގެ ކޮށްކޮއަށް އެމެރިކާގަހުންނަ އެންބަސީގެ ފަޒީފާދިން މައްސަލައެވެ. އެމައްސަލަ ބަލަން މާއައުލާކަންބޮޑެވެ.

    5
    1
    • މުބީނު މާރނީ

      ސޫޒަން އަށް އެސް.ޓީ.އޯ ގެ ކޮންސަލްޓަންޓް ކަން ދިން މައްސަލަ ވެސް ބަލަންޖެހޭ. ސޫޒަން ކޮންސަލްޓަންޓް ކަން ކިޔެވީ ކުވާ އަރިހުން ބާ؟ ނޫނީ ޖަރީ...ގެ އިން ބާ؟

  6. ކިނބޫ

    ފަނޑިޔާރުން އެބަޖެހި ވަޑާންނަވާ ބިރު ފަހަނަޅާދާން، ބަޔެއްދެކެ ބިރުން ވިރިގެން ތިބޭކަށް ނުޖެހޭ ރިޒްޤު ދެއްވަނީ ﷲ