ބ. ތުޅާދޫގައި ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ، ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް ޑިސެމްބަރު ދެ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ބްލެއިކްމެއިލްކޮށްގެން ފައިސާ ހޯދާ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޅަހުއްތު

    ހަމަ މިމޭރުމުން އެބުނާ "ކޮންޕްރޮމައިޒް" ވެސް އެބަޖެހޭ ދޯ ހައްޔަރު ކުރަން..

    އޭނާ ވެސް ގައުމުގެ އިސްވެރިޔާ ބްލެކް މެއިލް ނޫންތޯ އެކުރަނީ މާސް މީޑިޔާގަ

    ކޮބައިތޯ ގާނޫނު އަސާސީގައި އެބުނާ ހަމަ ހަމަ ކަން؟

  2. މުހަމްމަދު ބޮރިސް

    ހިސާނު ތިމާގެ ސޮރެއްތަ؟ ދޫކޮށްލާނެ.