ބ. ތުޅާދޫގައި ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.

ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް ޑިސެމްބަރު ދެ ވަނަ ދުވަހު ފުލުހުންނަށް ހުށަޅިއިރު، އެ މައްސަލައިގައި މީހަކު ހައްޔަރު ކުރީ އިއްޔެ ރޭގައެވެ.

ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން މީހަކު ބްލެކްމެއިލް ކުރި ދިވެއްސަކު ހައްޔަރުކޮށްފި

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަގުތު" އަށް ވިދާޅުވިގޮތުގައި، އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާގެ ބަންދަށް އެރަށު ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ބްލެއިކްމެއިލްކޮށްގެން ފައިސާ ހޯދާ މައްސަލަތައް ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ.