ރާއްޖޭގައި ހިމާޔަތްކޮށްފައި އޮތް ސަރަހައްދެއްގައި ފަޅާލާފައި އޮތް ވެލައެއް ފެނިއްޖެއެވެ.

އެ ވެލާ ފެނުނީ އއ. ރަސްދޫގެ ކައިރީގައި އޮންނަ މަޑިވަރު ފިނޮޅު ކައިރިން ނެވެ.

އެ ވެލާ ފެނުނީ ސްކޫބާ އިންސްޓްރަކްޓަރެއް ކަމަށްވާ ހަމްނާ ހުސެއިން އޭނާގެ ދަރިވަރުންތަކެއް ގޮވައިގެން އެ ފިނޮޅަށް ގޮސް އުޅެނިކޮށެވެ.

 

View this post on Instagram

 

A post shared by Sanfagedhiya (@divewithhamty)


ހަމްނާއަށް ފެނުނު މަންޒަރުތައް ވީޑިއޯކޮށް ވަނީ އޭނާގެ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައެވެ.

ހަމްނާ ބުނީ ހިމާޔަތްކޮށްފައިވާ ސަަރަހައްދުން އެފަދަ މަންޒަރެއް ފެނުމަނީ ވަރަށް ހިތްދަތިވާ ކަމެއް ކަމަށެވެ.

އެ ވީޑިއޯއިން ފެންނަ ގްރީސް ސީ ޓާޓަލްގެ ހަށިގަނޑުގެ ހުރިހާ ބައެއް އޮތީ ނަގައިފައެވެ.

"އަހަރެން މިތަނަށް އައިއިރު ވެލާގެ ލޯ ހަަރަކާތް ކުރޭ އަދި ވިންދުވެސް ޖަހާ" ހަމްނާ ބުނެފައި ވެއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައި އޮތް ސަރަހައްދެއްގައި ފަޅާލާފައި އޮތް ވެލާ - ފޮޓޯ: ހަމްނާ އިންސްޓަގްރާމް

އެކަން ކުރީ ކޮން ބައެއް ކަމެއް ނޭނގެ އެވެ. ނަމަވެސް ވެލާގެ ވިންދު ހުރުމުން އެކަން ކޮށްފައި ވަނީ ހަމްނާމެން އެ ފިނޮޅަށް ދިއުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް ބެލެވެއެވެ.

ރާއްޖޭގައި ހިމާޔަތްކޮށްފައި އޮތް ސަރަހައްދެއްގައި ފަޅާލާފައި އޮތް ވެލާ - ފޮޓޯ: ހަމްނާ އިންސްޓަގްރާމް

ތިމާވެށީގެ ގާނުނުގެ ދަށުން ރާއްޖޭގައި ވެލައާއި ކަހަނބުގެ ހުރިހާ ބާވަތަކީ ވެސް ހިމާޔަތްކޮށްފައިވާ ބާވަތްތަކެކެވެ. އެހެންކަމުން އެ ތަކެތި ހިފުމާއި އަދި ގޯނާކުރުމަކީ ވެސް ގާނޫނީ ގޮތުން އަދަބު ލިބޭ ކުށެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ވެލާ ފަޅާއިރު ކަތިލައިގެން ފަޅަން އޮންނަނީ. ނޫނީ ވެލަޔަށް އަނިޔާވާނެ. ވެލާ މަހަކީ ހުއްދަ މަހެއް. މީރު މަހެއް.

    26
    2
    • ފަހީމްބެ

      ފޮޓޯގަ ފެންނަ ވެލާގެ ބޯ އެބައިން. ކަތިލާފައިންހެނެއް ހިޔެއް ނުވޭ. ކޮންމެދިރޭ ސޫފާސޫއްޕަކީ ވޭން އިހުސާސްުކުރެވޭ ތަކެތި. އެޔަށް އަނިޔާވެރިވާމީހާ ދަންނަންވާނެ އާޚިރަތްދުވަހު ތިމާކުރާ އަނިޔާއަށް ޒިންމާނަގަންޖެހޭނެކަން އަދި ތިމާއަށް އެކަމުގެ ނުބައި ޖަޒާނުލިބި ނުދާނެކަން. ކެއުމުގެ ބޭމުނަށް ދިރޭއެއްޗެހީގެ މަސް ބޭނުންކުރުމަށް ހިފާ އިރުވެސް އެތަކެއްޗައް ރަހުމްކޮއް ވޭނާއި އަނިޔާ ނުދީ ކަތިލުން ރަނގަޅުކުރަންޖެހޭނެ. އަދި ހިމާޔަތްކޮއްފައިވާ އެއްވެސް އެއްޗަކަށް ގޯނާކޮއްގެން ނުވާނެ.

      8
      2
  2. އާދަނާ

    ރާއްޖޭގައި ހިމާޔަތްނުކުަނީ ހަމައެކަނި އިންސާނުން!

    19
    2
  3. ކާމިނީ

    ރާއްޖެތެރޭ މީހުން ކުރާނެ ތިކަހަލަ ހުރިހާ ކަމެއް…

    7
    12
    • ހަހަ

      ކަލޭ ތީ ވަކި ރާއްޖޭގަ އޮންނަ ރަށެއްގަ އުޅޭ މީހެއް ނޫން ދޯ. ހަމަ ކަލޭ ވެސް ތީ ރާއްޖެތެރޭ އުޅޭ ގަމާރެއް. ގަމާރުން ދައްކާނެ ގަމާރު ވާހަކަ. ހަމަ ބައެއް ދިވެހިންގެ ގޮތް.

      9
      1
    • އާދަނާ

      ކަލޭތީ ކޮންތާކުންފާވެފަ އިންގަމާރެއްބާ!

      2
      1
  4. އަލިމުތް

    ތިރަށްދަނީ ރަސްދޫ މީހުން. އެހެންވީމަ އެމީހުނާ ނުލާ ނުދާނެ ތި ކަމެއް.

    1
    2