މާލޭގައި ދެމުންގެންދާ މިނީ ބަހުގެ ރޫޓްތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ އެ ބަދަލުތައް ގެންނާނީ އަންނާނީ މާދަމާއިން ފެށިގެން ކަމަށެވެ.

އެގޮތުން މާދަމާއިން ފެށިގެން ބޮޑުތަކުރުފާނު މަގުގައި ހުންނަ ވެސްޓް ޕާކު ބަސް ހުއްޓިއާއި މަޖީދީ މަގުގައި ހުންނަ ސޯޝަލް ސެންޓަރު ބަސް ހުއްޓި ރޫޓް އުނިކުރެވިގެންދާނެ ކަމަށް ބުނެފައި ވެއެވެ.

އެ ދެ ރޫޓް އުނިކުރާ އިރު އިތުރު ހަތަރު ރޫޓް މާދަމާއިން ފެށިގެން އިތުރުކުރާނެ އެވެ.

އާ ރޫޓްތަކުގެ ތެރޭގައި

ބޮޑުތަކުރުފާނު މަގު :ދަރުމަވަންތަ ހޮސްޕިޓަލް ބަސް ހުއްޓި

ކަނބާ އައިސާ ރަނި ހިނގުން: ސޯޝަލް ސެންޓަރު ބަސް ހުއްޓި

ކަނބާ އައިސާ ރަނި ހިނގުން: އައިޖީއެމްއެޗް ބަސް ހުއްޓި

އަމީނީ މަގު: މާފަންނު ފެރީ ޓާމިނަލް ބަސް ހުއްޓި

މިނީ ބަހުގެ ހިދުމަތް އެމްޓީސީސީން ދޭން ފެށީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.

މާލޭގައި ހަފްތާގެ ކޮންމެ ދުވަހަކު ހެނދުނު 5:45 އިން މެންދަމު 12:15 އަށް ދަތުރުތައް ކުރާނެއެވެ. ކޮންމެ ބަސް ހުއްޓިއަކަށް 10 މިނެޓަކާއި 15 މިނެޓަކާ ދޭތެރޭ ބަހެއް އަންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނީ ބަހުގެ ހިދުމަތް ދޭން އިލެކްޓްރިކް މިނީ ބަސްތަކެއް ވެސް އެމްޓީސީސީން ދާދި ފަހުން ވަނީ ގެނެސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޢިއްތިހާދު

    ތިމިނީބަސްތައް މާލެތެރޭ އެނބުރެނީ ހުސްބަސް ގިނަފަހަރު 2 މީހުން ތިބެނީ މިނީބަހުގެ ސަބަބުން މަޖީދީމަގު ބޮލޮކުވުމުން އެއްފަހަރާ މާލޭގެ ހުރިހާމަގެއް ބޮލޮކުވެ ހާހެއްހާއުޅަނދު ނުދުއްވި މަގުތައްބުލޮކުވޭ މަދުވެގެން 2ހާސް މީހުން އެންބިއުލާންސްއަދި ބަލިމީހުންވެސް ހިމެނޭގޮތައް މިއީދެމީހަކައް ހިދުމައްދިނުމުން އެތައްބައެއްގެ ދަތުރުތަކުގެ ވަގުތުގެއްލިގެންދަނީ ކޮހަކުކުރިކޮސްސާވޭއެއްއިންވެސްޓެއް މީނީބަސް މާލެތެރޭ ބުމަރެއްހެންއެނބުރުން ހުޅުމާލެ މާލެދަތުރުކުރާބަސްތައްއޯކޭ އެކުރާގޮތައްކުރަން 2012 ގަވެސް ފެނުނުމިމަންޒަރުޗޭނުކެޑިގެން ހުސްފުޜޮޅުތަކެއްމާލެތޭރޭ ދުވާތަން އަރާނެ ބަޔަކުނެތި ރައްޔިތުން ގޮހޮރާ ޖީބުދޮވެލީމާ ތިއިންދަތުރުކުރުންމަޖުބޫރުވާނެ މިހާރުއާމް ދަނީއެއްނުލިބޭ މުޅިންވެސް ދަރަނިބޮލުގަ

    21
    11
    • Anonymous

      ޓެކްސީދުއްވާ މީހެއްދޯ! ހިތުގަ ޖެހުނީތަ. ލޮލް

      15
      13
  2. ދަރަނި ދަންތުރަ

    ސޯލިބޭ ހަމައެކަނި ވައުދުވީ މިނީ ބަސް ދުއްވަންތަ ، ކޮބައިތޯ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ، އަލަން އުފަންވާ ކުދިންގެ ހަދިޔާ ފޮށި ، ހިންނަވަރު ޗޯރު އިބުރާހިމް ގައުމު ދަވާލައިފި

    27
    2
  3. ެސަންބޯ

    ތިޔަށް އަރާނެ މީހަކުނެތް ރޫޓު ބަދަލުކުރިޔަސް ޗުއްޓީ ދުވަސްވަރު ރާއްޖޭގެކަންކޮޅުތަކުން މީހުން މާލެއައިސް ކާރެއް ނުލިބިގެން ތިޔަށް އަރާފާނެ އެހެންނޫނީ ތިޔަކަށް އަރާނެ މީހަކުނުވާނެ ހުސްބަސް ދުއްވަދުއްވަތިބޭ.

    15
    6
    • މުހައްމަދު

      ޓެކްސީ ބޭފުޅެއްގެ ކޮމެންޓެއް ކަމައް ބެލެވޭ. 😂

      12
      13
  4. ކޮކަންޑީ

    ތަންކޮޅެއްކުޑަ އިލެކްޓްރިކް މިނީ ބަސްތަކެއް ނަމަވެސް އޯކޭ. މިހާރު ތިޔާ ދުއްވަނީ އަޑުގޮއްވާލާފަ ބޮޑެތި ޑީސަލް ބޯޓް ތައް. ތިޔައީ ކަމުދައެއްޗެއްނޫން....

    11
    4
  5. އަހްމަދު

    ރޫޓެއްނޫން ބަދަލު ކުރަންވީ. ރޭޓް ބަދަލުކުރަންވީ 5ރުފިޔާއަށް.

  6. ޢަލީ

    އަމީނީ ރޫތުން އެކަތި އޯކިޑު ރޫޓަށް ލުން މާ މުހިންމު، މިހާރު އަމީނީ މަގު ހިސާބު އުޅޭ މީހަކު 2 ރޫޓަށް (އަމީނީ ރޫޓުން އޯކިޑު ރޫޓަށް) އަރަންޖެހޭ. 15 މިނިޓަކުން ނާދޭ ބަހެއް ބަހެއްފަހަރު ފުލުފުލުގަ އޮވެދާނެ އެހެން ނުވާނެގޮތަކަށް ރޭވުން މުހިއްމު،