މަސްވެރިކަމުގައި ސިނާއަތުގައި އުޅޭ ފަރާތްތަކަށް ކޮރަޕްޝަނަށް ނޫނެކޭ ބުނާ ބަޔަކަށް ވާންޖެހޭނެ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ބުނެފި އެވެ

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި އޭސީސީއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެހާރާއި މިހާރުވެސް އެތަކެއް ދިވެހިންނަށް މާލީ މަންފާ ލިބެމުންދާ މަސްވެރިކަމުގެ މުހިއްމު ސިނާއަތުގައި އުޅޭ ހުރިހާ ފަރާތްތަކަކީވެސް ނަޒާހަތްތެރިކަން އިސްކުރާ އަދި ކޮރަޕްޝަންގެ ނޭދެވޭ އަމަލުތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

އޭސީސީއިން ވަނީ މަސްވެރިނަށާއި އެ ސިނާއަތުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފަ އެވެ.

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މިއަދު ވިދާޅުވެފަ އެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަރެސްމާތޮޑާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރަމުންނެވެ.

މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރުގައެވެ.

މަސްވެރިންގެ ދުވަސް ކޮންމެ ފަހަރަކުވެސް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ސަރުކާރަށް ހައްލު ކޮށްދީފައިނުވާ ކަމުގެ ޝަކުވާ މަސްވެރިން އަބަދުވެސް ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަން ރީނދޫ

    އެންމެ ފަހުން ،ކޮރަޕްޝަން ހުއްޓުވަންވެސް މިޖެހުނީ މަސްވެރިންނަށް. މިއިރު،ހުރިހާ ވައްކަމެއް މިކުރަނީ ސިޔާސީން.

  2. ޢަޒްރާ

    މަސްވެރިންނުން ދެންތިބި ހުރިހާ މީހުނަށް ކޮރަޕްޝަން އޯކޭ ވީތަ؟

  3. ހުސޭނުބޭ

    ތި އޭސީސީ ތިއީ ކަރަޕްޝަނުގެ ހާއްޔެއް. ފުރަތަމަ ރަގަޅުކުރަންވީ އޭސީސީ

  4. ލުޓޭރުންގެ ސަރުކާރު

    މި ހާރު ކޮރަޕްޝަން ހުއްޓުވަން ނުކުންނަން މިޖެ ހުނީ މަސްވެރިންނަ...މިވަރުގެ ކޮރަޕްރަޝަނެ ކޮބާ..ރައީސްއޮފީ ހާ މުލިއާގޭގަ އުޅޭ މީ ހާއަށް އަންގަބަލަ ކޮރަޕްޝަން ހުއްޓުވަން..އެއީ ކޮރަޕްރަޝަން ހިންގާ އައްޕަ.

  5. ކުރަނޑި

    މަސްވެރިން ދުވާލާއި ރޭގަނޑު އަދި އަތްވާވާރޭގަ ބުރަމަސައްކަުން ހޯދާ ފައިސާކޮޅުވެސް ފޭރިގަންނަން ސަރުކާރުން މަސައްކަތް ނުކުރުމަށް ގޮވާލަން މަސްވެރިންނަކީ މޭޒުދަށުން ދަމާކަނޑާބައެއްނޫން އެމީހުންނަކީ ކަނޑުފަޅުފީނާބައެއް.

  6. ހާލަތު

    އެންމެފަހުން މަސައްކަތް ހުއްޓާފަ ސޯލިހުގެ ކެމްޕޭނަށް ނުކުންނެވީތޯ

  7. އަހާލީ

    އެނޫން ފަރާތްތަކޯ؟ ޔާމީނާ ގުޅުން ހުރި މައްސަލަތަކުގެ އިތުރުން މިސަރުކާރާ ގުޅުންހުރި އެއްވެސް މައްސަލައެއް ބެލުމުގެ މަސައްކަތް ހަވާލުވެފަ ވޭތޯ

  8. ފެެންވަރުދައް

    ހެހެހެހެހެ މޮޅު އެއްޗެއް ބުނެލިދޯ ހިތުން. ތިމާގެ ފެންވަރެއް ނެތްކަން އިގޭނީ ކޮސް ގޮވަން ފެށީމަ