ނ.ވެލިދޫން ފުރައިގެން ށ.ގޮއިދޫއަށް ދަތުރުކުރަމުންދިޔަ "ހައިޝަމް" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފިއެވެ.

މި ދޯނި ދިޔަވެ އަޑިޔަށް ދިއުމާއި ގުޅިގެން އެހީވުމަށް ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ކުޅުދުއްފުއްޓަށް ނިސްބަތްވާ އެ ދިޔަވެ އަޑިއަށް ގޮސްފައިވަނީ ނ. ބޮޑުޅައިމަންދޫ ކައިރިއަށް ކަމަށެވެ.

އަދި މި ހާދިސާގެ މައުލޫމާތު މިއަދު 11:13 ހާއިރު ލިބުމާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗާއި ށ.ފޮނަދޫގައި އޮންނަ ސީ އެމްބިއުލާންސް އެ ސަރަހަށްދަށް ގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން މައުލޫމާތުދިންގޮތުގައި 70 ފޫޓްގެ މި ދޯނި ދިޔަވެ އަޑިއަށްދާން ފެށުމުން ދޯނި ވަނީ ށ. ބޮޑުޅައިމަންދޫ ފަރާ ކައިރިކޮށްފައެވެ.

މި ހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާކަން ފާހަގަކޮށްލެވެއެވެ.

އަދި ގިނަ އަދަދެއްގެ މުދާހުރި މި ދޯނިން އޮޔާ ދިޔަ ގޭސް ފުޅިތައް ނޮދަން އޭރިއާ ފަސްޓް ސްކޮޑްރަންގެ ހާބަރ ކްރާފްޓް ލޯންޗުން ވަނީ ހޮވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލުތްފީ

    މިހާރު ވަރައްގިނަ ކަނޑުއުޅަނދުތައް އަޑިއައް އެބަދޭ މީއީ ވަރައްކުޑަ ހަރަދެއް ކޮއްގެން ހައްލުވެދާނެ ކަމެއް ކޫރޫން ތަކައް ތަމްރީން ދީގެންވެސް ވަސީލައްތައްގާއިމުކުރީމަ ކުޑަކޮއް ދިޔަވަނީ ފުރަތަމަ އެވަގުތު އެލާމް އަޅާގޮތައް ހަދާލީމަ ޕަމްތަކައްވެސް ކޮންޓްރޯލްކުރެވޭނެ އެހީތެރިކަމެއްލިބެންދެން ޕަންފުވެސް އެބަޖެހޭ އެދޯންޏެއްގެ ސައިޒާދިމާވާން އެދިޔަވާ ވަރައް ވުރެސްޕީޑްގަބެރުކުރެވޭ ރާއްޖޭގަދުވް ބޭރު މީހުންގެ ސަފާރީ ބޯޓްތަކުގަ ހުރޭ މިނިޓަކް 5000 ގިލަނައްވުރެ މަތިން ދިޔަނަގާލެވޭ ވަރުގު 2 ޕަންޕުއަޅުވާފަ އަޑިއްނުދާގޮތައް ވަގުތުންބޭނުން ކުރެވޭގޮތައް ސައިޒްކުޑަ