ރާއްޖޭގައި އެންމެ ފުރަތަމަ ބިނާ ކުރި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތް ކަމަށްވާ ފ.ނިލަންދޫ އާސާރީ މިސްކިތުގައި ހުރި ޒަމާންވީ މަހާނަ ގާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ފޮޓޯތަކެއް އާއްމުވެއްޖެއެވެ.

މީސްމީޑިޔާގައި ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުގައި އެ މިސްކިތުގެ ގޯތި ތެރޭގައި ހުރި މަހާނަ ގާތަކަށް ބޮޑެތި ގެއްލުންތަކެއް ދީ ހަލާކު ކޮށްފައިވާ ތަނެވެ.

ނިލަންދޫ ކައުންސިލުން "ވަގުތު" އަށް މައުލޫމާތުދިން ގޮތުގައި އެރަށު އާސާރީ މިސްކިތުގައި ހުރި މަހާނަ ގާތަކެއް ބިންދައިގެން ގޮސް ވެއްޓިފައިވާކަމުގެ ރިޕޯޓް މިއަދު މެންދުރު ވަނީ ލިބިފައެވެ. އެހެންނަމަވެސް އެއީ ބަޔަކު ދީފައި ހުރި ގެއްލުމެއް ކަމެއް ނުވަތަ އެހެންގޮތަކުން ލިބިފައި ހުރި ގެއްލުންތަކެއް ކަމަށް ސީދާ ބުނަން ނޭނގޭ ކަމަށް ކައުންސިލުން މައުލޫމާތު ދިނެވެ.

އެމިސްކިތުގައި މަސައްކަތްކުރާ މީހަކާއި ހަވާލާދީ ކައުންސިލް އިން ބުނި ގޮތުގައި އޭނާ ހެދުނު އެތަން ސާފު ކުރަން ދިޔައިރު އެމަހާނަ ގާތަށް ހުރީ ރަނގަޅަށް ކަމަށާއި އެހެންނަމަވެސް މެންދުރު ނަމާދަށް ދިޔައިރު 11 މަހާނަ ގާ ވެއްޓިފައިވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިމިސްކިތަކީ މީގެ 800 އަހަރު ކުރިން ހިރިގަލުން ބިނާކުރެވުނު މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޢަހުމަދުވަގާރު

    100 ޕަރސެންޓް މީ އަނެއް ގުރޫޕް މީހުންގެ ކަމެއް

    7
    1
    • އަނެއްބެ

      އަނެއް ރައީސްމެން ގުރޫޕޫ ދޯ! އާނ ވަރަށް ވައްތަރު ތީ އެގުރޫޕު ކަމަކާ.

      1
      1
  2. މައުމޫން އަބްދުލް ގައްޔޫމް

    ތީ ޕީޕީއެމްކުދިން ފޫހިވެގެން ކޮއްލިކަމެއް

    2
    9
  3. Anonymous

    ތިރަށުގައި ހާބީން އުޅޭތަ؟ ހާބީން ނޫޅެންޏާ ލާދީނީމީހުން އުޅޭތަ؟ ތިކަހަލަ ކަންތައް ކުރާނީ ހާބީންނާއި ލާދީނީ މީހުން.

    4
    2
    • Anonymous

      ކަލެޔަކީ ލާދީނީ މީހެއްކަން ޔަގީން

  4. ސަތޯ

    ތީ އިލެކްޝަނަށް ތައްޔާރުވާން މޑޕ އިން އޮޅުވަލައިގެން ކުރާކަމެއް. ބޭރުގެ ތާއީދު ހޯދާ، ރައްޔިތުން މެދުގަ ފިތުނަވެރިކަން އުފައްދަން. އަދި މިބައިގަނޑު ބޮންވެސް ގޮއްވާނެ އެއްދުވަހަކުން. ހަމަ އެޖެންޑާގެ ބައެއް

  5. Anonymous

    އެހެން ނޫނަސް މި މަހާނަ ގާތައް ޖެހޭނީ ތަޅާ ސުންނާފަތި ކުރަން. އެ އެއްޗިއްސައް ޚަރަދުކޮއް ޖާހިލިއްޔަތުގައި މުޝްރިކުން އުޅޭހެން އުޅުމަކީ ޖާހިލުކަން. ކޮން އާސާރީ ގާތަކެއް ބަހައްޓާކައް؟

    • ޢަހުމަދުވަގާރު

      އެހެންވީމާ ޔަގީން ވީތަ ދޯ

  6. މުޙައްމަދު

    ހަމަ ހުރެފަ އެގާތަކެއް ނުވެއްޓޭނެ. ގަސަތުގަ ގެއްލުން ދީފަހުރީ. ހިތާމައަކީ އަންނަން އޮތް ޖީލުތަކަށް މި ނުފެނިދާނެތީ. ބޮއެގެން ވެސް ބާރުކުރަނީ ކަށްގަލަށް. ކިހާ ދެރަކަމެއް.

    • ޢަހުމަދުވަގާރު

      ކޮއްކަޯ މީ ބޮއެގެނެއްނޫން.މީ ފައިކުރި ކުރުކޮއްގެން ގޮސް ކުރި ކަމެއް