ފ. ނިލަންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ގުޅިވަޑައިގެންފިއެވެ. މުހުސިންއަކީ އަމިއްލަ ގޮތުން މަޖިލީހަށް ހޮވިވަޑައިގެންނެވި ބޭފުޅެކެވެ.

މުހުސިން އެމްޑީޕީއާއި ގުޅިވަޑައިގަތްގެންފައިވަނީ ރައީސް މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން މިއަދު ނިލަންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

އެމްޑީޕީއަށް ގުޅިވަޑައިގެން ކަމުގެ ފޯމު މުހުސިން ވަނީ ރައީސް ސޯލިހަށް ހަވާލުކުރައްވާފައެވެ.

މުހިސިން މިއަދު އެމްޑީޕީއަށް ސޮއިކުރައްވާފައިވާރު މަޖިލީހުގެ ނައިބު ރައީސްކަމުން އީވާ އަބްދުﷲ ވަކިކުރުމަށް ސޮއިކުރި މެމްބަރުންގެ ތެރޭގައިވެސް އޭނާ ހިމެނެއެވެ.

ރައީސް މިއަދު ނިލަންދޫގެ ރައްޔިތުންނަށް ކުރެއްވި ބައްދަލުވުމުގައި މުހިސިން ވަނީ މި ސަރުކާރަށް ތައުރީފްކޮށް ވާހަކަދައްކަވާފައެވެ. އާބާދީއަށް ބެލުމެއް ނެތި ނިލަންދޫ ދާއިރާއަށް މި ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށް މުހުސިން ވިދާޅުވި އެވެ. އަދި ސަރުކާރުން ކޮށްދެއްވާފައިވާ ކަންކަމަށް ޝުކުރު އަދާކުރެއްވެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފ. އަތޮޅުގެ ރަށްތަކަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޖޭފޯ.. ޖަނގޔާ

    ރަންރީންދޫކޮޅަށް ސޮއިކުރުމާއި، ޗޯރޭކޮޅަށް ވޯޓު ދިނުމާއި، ބަނދަރު ހެދުމަށް ސޮއި ކުރެއްވުމާއި، ފ އަތޮޅަށް ދަތުރު ފެއްޓެވުމާއި، ފ އަތޮޅުން 2 ރަށެއް ހިއްކައިގެން 2 ރިސޯޓުހެދުމާއި، ޝިޔާގެ މަރުގެ ޤާތިލުގެ ޝަރީއަތް ފެށެން ކައިރިވުމާއި.. މިހުރީ ހައްތްހާވެސް އިއްތިފާގު ދެއްތޯ؟

    23
    2
  2. މޕ

    ތީ އިނގޭ ކުރިންވެސް ސީދާ އެމްޑީޕީގެ މީހެއްކަން އަމަލުތައް ހުރިގޮތުން

    27
    2
  3. އިބްރާހިމްބޭ

    މިގޮތަށް ކަންތައް ކުރުމަކީ ވޯޓްދެއްވި ބޭފުޅުން ނަށް ވެވުނު ޚިޔާނާތެކެވެ.ވޯޓްދެއްވީ ވަކިޕާޓީއަކަށް ނިސްބަތް ނުވާތީއެވެ.އެކަމަކު ބައެއްބޭފުޅުންނަށް އާދަޔާޚިލާފު މަންފާތަކެއް ލިބުމުން ބަދަލުވަނީއެވެ.އެމަކު ރައްޔިތުންނަށް މިކަން ނޯޅެއެވެ.އެކަން މިފަހަރުގެ ވޯޓުން އެނގިކަށަވަރުވާނެއެވެ.

    30
    2
  4. ފާއިޒު

    ޖޭ ފޯ އާއި ގުޅޭ ގޮތުން އިވުނު ޚަބަރުތައް ތެދުކަމަށް ލަފާކުރަން ޖެހިއްޖެ. ނަމަވެސް އެކަންކަން ހުންނާނީ މީހަކަށް ފަސޭހައިން ހާވާ ނުބެލޭނެކަން ޤަބޫލުކުރަން.

    29
    2
  5. ދަހިވެތިކަން

    ލިބުނު މަންފާ ހަމަބޮޑީ

    28
    2
  6. އައްދުބެ

    އެހެންވިއްޔާ އެމްޑީޕީ އަށް ސޮއި ކުރީމަ ދޭންބުނި ލަގްޒަރީ ފްލެޓް ލިބޭނެތާ. މަރުހަބާ ލަގްޒަރީ ފުލެޓަށް.

    27
    2
  7. ދަރަނި ދަންތުރަ

    މިގައުމުގެ ހާއިނުންގެ ލިސްޓަށް ޖޭފޯ ވެސް ތިޔައެރީ ، މިހާރު ޖޭފޯ ތިއީ ހާއިނެއް ، ކޮރަޕުސަންގެ ވަގު ފައިސާގައި ޖެހި އެމްޑީޕީއަށް ތިޔަ ވިކުނީ ، ދާއިރާގެ ރައްޔިތުންގެ މޫނުމަތީ ކޮޅުފައިން ތިޔަޖެހީ ، ލާދީނީ ބައިގަނޑާ ތިޔަގުޅުނީ

    28
    2
  8. ދަވާލާ

    އަޅުގަނޑާ ބެހޭ ގޮތުން ދައްކަނީ ހަގީގަތެއްނެއް ދޮގުވާހަކަތަކެއް އެމްޑީޕީއަށް ސޮއިނުކުރަން ، މިއަދު ޖޭފޯ ބުނަނީ ކީކޭބާ ؟ މިކަހަލަ ގައްދާރުން ސަތޭކަ ތެދު ހެދެން އޮށްވައި ވެސް ހަދާނީ މިލިޔަން ދޮގު ، ޖޭފޯ އަކީ ދޮގުހަދައިގެން ހައްޖަށް ދެވޭތޯ އުޅޭ މީހެއް ، ހަލާކު ހުރި

    27
    2
  9. ކޮވިޑް

    ކަންޑައެޅިގެން ތި އެރުނީ ފެތެމުންދާ އޮޑިއަކަށް. މާދަމާ އެހެން ބަޔަކު ވެރިކަމަށް އަންނައިރަށް ވާނެ އެ ބަޔަކާ ގުޅެން. ތިކަހަލަ މީހުނަށް ސިޔާސީ ރަންޑިންނޭ ކިޔާ އުޅޭ.

    27
    2
  10. މާމީ

    ވަގުތު ނޫހަކީ ވަރައް ކަމެއްގަ ތާށިވެފަތިބޭ ބަޔަކު އުޅޭތަނެއް

    17
    2
  11. ޗަކޮއި

    ތިޔައީ ވެސް އޭރަކު ވައިޖެހޭކޮޅަކަށް ދުއްވާ މަންޒިލެއް ނެތް ބައްތެއްޔެއް.. ވަޔާއި އޮޔާ ދެކޮޅަށް ދުއްވާލަން ހިތްވަރުކޮށްލަން ނުކެރޭ ފަންވަރެއްނެތް އޮޑިއެއް. ކޮޅިގަނޑުގައި ކެތްކޮށްލަން ނުކެރޭ ބޮއްކުރައެއް. ހިތްނުފުރޭ ދިޔަވާ ޑިންގީއެއް.

    24
    1
  12. އަހްމަދު

    މިހާރު މީނާއަށް އެއްވެސް ލާރިއެއް، ޕްރޮޖެކެޓެއް ދީގެންނުންކަން ސޮއިކުރުވީ މަށަށް ހަމަޔަޤީނާ ގާތަށް ޤަބޫލުކުރެވޭ!

  13. އަހަންމަދު

    އެމްޑީޕީ އަށް ގުޅިވަޑައިގެން.....
    ރައްޔިތުންނަށް ކުރެއްވި ބައްދަލުވުމުގައި...
    މިކިޔަނީ ކީކޭ؟
    މިއީ ކޮންތާކުން ދިވެހި ކިޔެވި މީހެއްތަ؟
    ލަދެއް ހަޔާތެއް ހުރިނަމަ ނޫސްވެރިއެކޭ ކިޔައިގެން އުޅެން ނުވެސް ކެރޭނެ!

    16
  14. ޢަޒީމާ

    ހަށިވިއްކުމަކީ މި އެއް ނޫންތަ؟

  15. ހުސޭނުބޭ

    ވަރަށް ބޮޑު ލާރިގަނޑަކަށް ތި ސޮއެއް ތި ލިބުނީ