ފ. ނިލަންދޫގައި ކަރަންޓާއި ނަރުދަމާގެ މައްސަލަ ވަރަށް ބޮޑުވެއްޖެއެވެ.

ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު :ވަގުތު" އަށް ވިދާޅުވީ، އެ ރަށުގައި ކަރަންޓު ކެނޑެމުންދާތާ ދެ މަސް ވަރުވެދާނެ ކަމަށެވެ.

އެގޮތުން ދުވާލަކު ދެއިރު އާންމުކޮށް ކަރަންޓު ކެނޑޭ ކަމަށާއި އަދި ކެނޑޭ ކޮންމެ ފަހަރަކު ދުވާލަކު ދެ ގަޑިއިރު ވަރު ކަރަންޓު ނުލިބިދާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަލީ ވިދާޅުވީ، އެރަށުގައި ހަތަރު ޖެނެރޭޓަރު ސެޓު ހުންނައިރު މަސައްކަތް ކުރަނީ އެންމެ ޖެނެރޭޓަރެއް ކަމަށެވެ. އަދި ކަރަންޓުގެ މައްސަލަ ބޮޑުވާތީ އެކަން ފެނަކައަށް އެންގި ކަމަށާއި އަދި އޭރު ބުނީ ރޯދަމަސް ފެށުމުގެ ކުރިން އެ މައްސަލަ ހައްލު ކުރާނެ ކަމަށެވެ.

"ކުރީ ދުވަހު ވެސް ރޯދަ ވީއްލާ ގަޑީގަ އުޅުނީ ކަރަންޓު ގޮސްގެން. ދެން ކަރަންޓު ދާތީ އިލެކްޓްރޯނިކް އެއްޗެހި ހަލާކުވާތީ ވެސް ރައްޔިތުންގެ ޝަކުވާ އާދޭ" އަލި ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކަރަންޓުގެ މައްސަލަ ހައްލުކުރަން ފެނަކައިން އާ ޖަނެރޭޓަރެއް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވާ ކަމަށެވެ.

ކަރަންޓުގެ އިތުރުން ނަރުދަމާގެ މައްސަލަ ބޮޑެވެ ރަށުތެރޭގައި ނަޖިސް އުފެދޭ މައްސަލަ ވެސް އަލީ ފާހަގަ ކުރެއްވިއެވެ.

ނިލަންދޫގެ ގެއެއްގެ ޖަންކްޝަނަކަށް ނަޖިސްތައް މައްޗަށް އަރާފައި--

އެ މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަކަށް ގޮސް ވެސް ވާހަކަ ދައްކާފައިވާ ކަމަށާއި އަދި އެކަން ހައްލު ކުރެވޭނީ މުޅި ސިސްޓަމް އަޕްގްރޭޑްކޮށްގެން ކަމަށް ފެނަކައިން ބުނެފައިވާ ކަމަށް އަލީ ވިދާޅުވިއެވެ.

"ނަރުދަމާގެ މައްސަލަ ހައްލުކުރަން 40 މިލިއަނަށް ބަޔަކާވެސް ހަވާލުކޮށްފި. އެކަމަކު އަދިވެސް މަސައްކަތެއް ނުފެށޭ" އަލީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވވ

    ތިއީ ހަަމަ ހުސް ތަރައްގީ އިނގޭތޯ.. އަދިވެސް ސޯލިހުއަށާއި އެމްޑީޕީއަށް ފިސާރި ގަދަޔަށް ވޯޓު ދީފަ ބަހައްޓާތި. ގަލޯހާޖާ ނުކުރެވުނަސް ވޯޓު އަމުނާދޭތި.

    • ީއިބޫ

      ސައްހަނޫން

  2. ޝޗ

    ބާކީ ހުރި ޖެނެރޭޓަރަށް އެމްޑީޕީ ވޯޓު ކަރުދާސް އަޅައިގެން ހިންގާށެވެ.

  3. ދަރަނި ދަންތުރަ

    ފެނަކައިގެ މަހާޗޯރު ސައީދު ދުއްވަން ދެ މިލިޔަން ރުފިޔާގެ އަގުބޮޑު ކާރު ގަނެފައި ރައްޔިތުން އަނދިރީގައި ، ކޮރަޕުސަނާ ލޫޓުވުމުގައި ފެނަކަ މަހާޗޯރު ސައީދަށް އޮސްކާ އެވޯޑް ހައްގުވޭ ، ސޯލިބޭ ސައީދަށް އެވޯޑުދީ

  4. ޙަހަ

    ކަރަންޓު ދާ ވަގުތު ސާމާނު ހަލާކެއް ނުވާނެ. ހަލާކު ވާނީ ކަރަންޓު އަންނަ ވަގުތު ކަރަންޓު ދީފައި ހުރިއްޔާ. ތަންކޮޅެއް ތަންދުރު އެނގެންވެއްޖެ ކައުންސިލަރުންވެސް.

    7
    4
  5. ކޮތަރު

    ތަންދޮރު ދަންނަ ކަލޭގެ އަށް އެނގޭބާ މިބުނެވުނީ ކީކޭ ކަން. އިރު އިރު ކޮޅުން ކަރަންޓް ގޮސް ގޮއްސަ އަންނަ އިރު ކޮންމެ ވަގުތަކަށް އިލެކްޓްރޯނިކް ސާމާނު އޮން އޮފް ކުރަން ހަމަ ކޮންމެ ގެއަކު މީހަކަށް ހުރެވޭނެބާ. ރާއްޖެ ތެރޭގެ ރަށް ރަށުގެ ގިނަ ގޭގޭގައި ތިބޭނީ އަންހެނުންނާ ކުޑަކުދިން. ފިރިހެން ވެރިން އުޅޭނީ އާމްދަނީ ހޯދުމަށް ގެއިން ބޭރުގައި ނޫނީ ރަށުން ބޭރުގައި. ދެން ހަމަ ކަރަންޓް ދާއިރަށް ނޭވާއަކު ދެކޮޅު ދުވެފަ ގޭގެ ހުރިހާ އިލެކްޓްރޯނިކް ސާމާނުގެ ވާތައް އުފުރަން ދުވެވޭނީ ކާކަށްބާ.